2024 ވަނަ އަހަރުގެ ބަޖެޓާއި، މިއަހަރުގެ ސަޕްލިމަންޓްރީ ބަޖެޓު މަޖިލީހަށް ހުށަހަޅައިފި
2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި، މިއަހަރުގެ ސަޕްލިމަންޓްރީ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ. މި ދެ ބަޖެޓު ހުށަހެޅުމުގެ ޖަލްސާ އެޖެންޑާކޮށްފައި އޮތީ މިއަދު ހެނދުނު 9:00 އަށެވެ. ރިޔާސަތުން މަޖިލީހުގެ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ޖަލްސާ ފެއްޓެވުމަށްފަހު ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރަށް ފުރަތަމަ ފުރުސަތު އެރުވީ މިއަހަރުގެ ސަޕްލިމަންޓްރީ ބަޖެޓު މަޖިލީހަށް ހުށަހަޅާށެވެ. މި ފުރުސަތާއެކު މަޖިލީހުގެ ޑިމޮކްރެޓިކްސްގެ މެންބަރުން ކަމަށްވާ މެދު ހެ...