19 އަހަރަށް ފަހު ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަންނަވަނީ
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މި މަހު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވަން ހަމަޖެހިފައިވާކަން ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ބުނެފިއެވެ. މިކަން ޢިއުލާންކުރަށްވަމުން އެފްއޭއެމްގެ ރައީސް، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވި ގޮތުގައި މި ތާރީޚީ ދަތުރަކީ ދިވެހި ފުޓްބޯޅައަށް ވަރަށް މުހިންމު ދުވަހެކެވެ. އަދި މިއީ މުޅި ގައުމުގައި ފުޓްބޯޅަ އިތުރަށް ކުރިއެރުވުމަށް […]