މަނަދޫ ބަލިކޮށް ހަނިމާދޫ ނޯތު ރީޖަން ލީގު ފެށީ ބޮޑު މޮޅަކުން
ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ފުރަތަމަ މެޗު ޒޯން1ގެ ޗެމްޕިއަން ހަނިމާދޫ ކާމިޔާބުކޮށްފިއެވެ. މިއަދު ހަނިމާދޫގައި ކުޅުނު މި މެޗު އެރަށު ޓީމު ކާމިޔާބުކުރީ ޒޯން 2ގެ ޗެމްޕިއަން މަނަދޫގެ މައްޗަށް 5-0 އިން ކުރި ހޯދައިގެންނެވެ. މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ހަމަހަމަކުޅުމެއް ދެއްކިއިރު މި ހާފުގައި ދެ ޓީމުން […]