އިސްރާއީލު ޖަވާބުދާރީކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ރައީސް ގޮވާލައްވައިފި
އިސްރާއީލު ޖަވާބުދާރީކުރުވައި، ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. ރައީސް މިގޮތަށް ގޮވައިލެއްވީ ޣައްޒާގެ އުތުރުގައި ހުންނަ ދަރާޖު ނެއިބާހުޑްގެ އަލް ތާބިއީން ސްކޫލަށް އިސްރާއީލުން ދިން ހަަމަލާ ކުށްވެރިކުރަށްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައި ވަނީ ވަނީ، މިހަމަލާގެ ސަބަބުން އަނިޔާވި އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުންގެ ހިތްދަތި އަދި ބ...