ފަލަސްޠީނު ރައްޔިތުން އެމީހުންގެ ބިމުން ބޭރުކޮށްލުމަށް ޖާގައެއް ނުދޭނަން: ސައޫދީ
ފަލަސްޠީނު ރައްޔިތުން އެބައިމީހުންގެ ބިމުން ބޭރުކޮށްލުމަށް ރޭވޭ އެއްވެސް ރޭވުމަކަށް ތާއީދެއް ނުކުރާނެކަމަށް ސައޫދީން ބުނެފިއެވެ. ސައޫދީ އަރަބިއްޔާއިން މިކަން ހާމަކޮށްފައިވަނީ އެގައުމުގެ ބޭރުގެ ކަންތައްތަކާބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ. އެބަޔާނުގައި ބުނެފައިވަނީ ފަލަސްޠީނު ރައްޔިތުން އެބައިމީހުންގެ ބިމުން ބޭރުކޮށްލުމަށް ރޭވޭ އެއްވެސް ރޭވުމަކަށް އެ ޤައުމުން ތާއީދު ނުކުރާނެކަމަށެވެ. އަދި 1967 ގެ ބޯޑަރުތަކުގެ ތެރޭގައި، އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ބަލައިގެން ފަލަސްޠީނުގެ މ...