Skip to main content
Topic Archive

#ފަލަސްތީނު

441 Stories filed
ދިވެހިން ފަލަސްތީނާއެކު ތިބިކަން އަނެއްކާވެސް ދައްކާލައިފި
Thiladhunmathi News

ދިވެހިން ފަލަސްތީނާއެކު ތިބިކަން އަނެއްކާވެސް ދައްކާލައިފި

ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް ޖައްބާރު އިސްރާޢީލުން ދެމުންދާ އަނިޔާތަކާއި ދެކޮޅުހަދައި، އެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ރާއްޖޭ އެކި ކަންކޮޅުތަކުގައި މިއަދު ދިވެހިންގެ ޝުޢޫރުތައް ބަންޑުންކޮށްލައިފިއެވެ. ދިވެހިންނަކީ ފެށުނީއްސުރެ އިސްރާއީލްގެ އަނިޔާވެރިކަމާއި ދެކޮޅަށް އަޑު އުފުލައި ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނާއެކު ތިބިކަން ސާބިތުކޮށްދެމުން އަންނަ ބަޔެކެވެ. މީގެ ކުރީން ވެސް އިސްރާއީލުން ދެމުންދާ އަނިޔާއާއި ދެކޮޅަށް ފަލަސްތީނަށް އިންސާފު ހޯދައިދީ، ނަސްލު ނައްތާލުމާއި،...

ޣައްޒާގެ 14،800 ބަލިމީހުން ފުރާނަ ސަލާމަތްކުރުމަށް އެތަނުން ލިބެންނެތް އަވަސް ފަރުވާ ބޭނުންވޭ: ޑަބްލިޔުއެޗްއޯ
International

ޣައްޒާގެ 14،800 ބަލިމީހުން ފުރާނަ ސަލާމަތްކުރުމަށް އެތަނުން ލިބެންނެތް އަވަސް ފަރުވާ ބޭނުންވޭ: ޑަބްލިޔުއެޗްއޯ

އިސްރާއީލްގެ އަނިޔާވެރިކަމުގެ ދަށުގައިވާ ޣައްޒާގެ 14،800 އަށްވުރެ ގިނަ ބަލިމީހުން ފުރާނަ ސަލާމަތްކުރުމަށް އެތަނުން ލިބެންނެތް އަވަސް ފަރުވާ ބޭނުންވާކަމަށް ދުނިޔޭގެ ސިއްޙީ ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ. ޑަބްލިޔުއެޗްއޯ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރެޔެސަސް ބުދަ ދުވަހު ވިދާޅުވެފައި ވަނީ ޣާއްޒާ ސަރަޙައްދުގައި 14،800 އަށްވުރެ ގިނަ ބަލިމީހުންނަށް ފުރާނަ ސަލާމަތްކުރުމުގެ ސިއްހީ ފަރުވާ ވަރަށް އަވަހަށް ބޭނުންވާ ކަމަށެވެ. ނަމަވެސް އެ ފަރުވާ މިހާރު ޣައްޒާއިން ލިބެންނެތްކަމަށް އޭނާ...

"ގްރޭޓަރ އިސްރާއީލް" ތަސައްވުރަށް ރާއްޖެއިން ދެކޮޅުހަދައި ކުށްވެރިކޮށްފި
Raajje

"ގްރޭޓަރ އިސްރާއީލް" ތަސައްވުރަށް ރާއްޖެއިން ދެކޮޅުހަދައި ކުށްވެރިކޮށްފި

އިސްރާއީލްގެ އިސްތިއުމާރީ ސަރުކާރުން “ވިޜަން އޮފް ގްރޭޓަރ އިޒްރޭލް” ގެ ނަމުގައި އިޢުލާނުކުރި އިސްރާއީލްގެ ވަޒަންވެރިކަމުގެ އަދި އާބާދީ އިތުރުކުރުމުގެ ތަސައްވުރަށް އިންކާރުކޮށް، އެ އެޖެންޑާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ހާމަކުރަށްވައިފިއެވެ. ފަލަސްތީނުގެ ބިންތައް ފޭރިގަނެގެންތިބެ، އިންސާނިއްޔަތުކަމާއި މުޅިން ޚިލާފް، އަނިޔާވެރިކަމާއި ހައްދުފަހަނައަޅައިދިއުމުގެ މިސާލެއްކަމަށްވާ އިސްރާއީލުން އިތުރު ޢަރަބި ޤައުމުތަކުގެ ބިންތައް ފޭރިގަނެ އެމީހުންގެ ގ...

ސުޕަރ ކަޕްގައި އިސްރާއީލަށް ދިން މެސެޖު: ''ކުޑަކުދިންނާއި އާންމުން ޝަހީދުކުރުން ހުއްޓާލާ!''
Sports

ސުޕަރ ކަޕްގައި އިސްރާއީލަށް ދިން މެސެޖު: ''ކުޑަކުދިންނާއި އާންމުން ޝަހީދުކުރުން ހުއްޓާލާ!''

ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޔުއެފާ ސްޕަ ކަޕްގައި އަނިޔާވެރި އިސްރާއީލަށް މެސެޖެއް ދީފިއެވެ. މިގޮތުން މި ސީޒަން ހުޅުވުމަށް ފްރާންސްގެ ޕެރިސް ސެއިންޓް-ޖަރމަން (ޕީއެސްޖީ) އާއި އިނގިރޭސިވިލާތުގެ ޓޮޓެންހަމް އާ ދެމެދު ކުޅެވުނު ޔޫއެފާ ސުޕަރ ކަޕް މެޗުގެ ކުރިން އިސްރާއީލަށް މެސެޖެއްދީ ޣައްޒާއާ ގުޅޭގޮތުން “ކުޑަކުދިން ޝަހީދުކުރުން ހުއްޓާލާ! އާންމު ރައްޔިތުން ޝަހީދުކުރުން ހުއްޓާލާ!” މި ލިޔުން ހިމެނޭ ބެނަރެއް ދައްކާފައިވެއެވެ. “މެސެޖް ވަރަށް ސާފު، ބެނަރެއް. ގޮވާލުމެއް” ބުދަ ދުވަހު އެކްސްގ...

އިސްރާއީލްގެ މީޑިއާއިން ހަގީގަތް އޮޅުވާލައި ފަތުރަނީ ޕްރޮޕެގެންޑާ: އިސްރާއީލްގެ ނޫސްވެރިޔާ ލެވީ
International

އިސްރާއީލްގެ މީޑިއާއިން ހަގީގަތް އޮޅުވާލައި ފަތުރަނީ ޕްރޮޕެގެންޑާ: އިސްރާއީލްގެ ނޫސްވެރިޔާ ލެވީ

އިސްރާއީލްގެ މީޑިއާއިން ވަނީ އެ ޤައުމުގެ ރައްޔިތުންނަށް ޣައްޒާ ހަނގުރާމައިގެ ހަގީގަތް ވަރަށް ބޮޑަށް އޮޅުވާލާފައި ކަމަށް އިސްރާއީލްގެ ނޫސްވެރިޔާ އަދި ކޮލަމިސްޓް ގިޑިއަން ލެވީ ބުނެފިއެވެ. 2021 ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއިން އިސްރާއީލުގެ އެންމެ މަތީ އެވޯޑް ކަމަށްވާ ސޮކޮލޮވް އެވޯޑް ހޯދާފައިވާ ލެވީ އަލްޖަޒީ އަަށް ވާހަކަދައްކަމުން އޭނާ ބުނެފައި ވަނީ ޣައްޒާ ހަނގުރާމައިގެ މީޑިއާގެ ކަވަރޭޖު އިސްރާއީލްގެ މީޑިއާ އިން ވަރަށް ބޮޑަށް ރައްޔިތުންނަށް ހަގީގަތް ފޮރުވާފައިވާ ކަމަށެވެ. އަދި އިސްރާއީލް މީޑިއާ...

އަހަރެމެންގެ ފިރިން މެރުން ހުއްޓުވައިދީ، މި ވޭން ބަޔާންކުރަން ވަރަށް އުނދަގޫ: ނޫސްވެރިޔާ މުހައްމަދުގެ އަންހެނުން
International

އަހަރެމެންގެ ފިރިން މެރުން ހުއްޓުވައިދީ، މި ވޭން ބަޔާންކުރަން ވަރަށް އުނދަގޫ: ނޫސްވެރިޔާ މުހައްމަދުގެ އަންހެނުން

އަލްޖަޒީރާގެ ފަލަސްތީނު ނޫސްވެރިޔާ މުޙައްމަދު ޤުރައިޤާ އަކީ ވަރަށް ރީތި ފިރިއެއް އަދި ދަރިންދެކެ ލޯބިވާ ބައްޕައެއް ކަމަށާއި އޭނާ ވަކިވުމުން ތަހައްމަލުކުރަން ޖެހިފައިވާ ވޭން ބަޔާންކުރަން ވަރަށް އުނދަގޫކަމަށް އޭނާގެ އަންހެނުން ހާލާ ޤުރައިޤާ ބުނެފިއެވެ. އުމުރުން 33 އަހަރުގެ މުހައްމަދު ޝަހީދުވީ އަލް ޖަޒީރާގެ ނޫސްވެރިޔާ ފަލަސްތީންގެ އަނަސް އައް-ޝަރީފް އާއި މުހައްމަދު ހިމެނޭހެން އެމީހުންގެ އެކުވެރި އިތުރު ތިން ނޫސްވެރިން ޣައްޒާ ސިޓީގައި ތިބި ޓެންޓަކަށް އިސްރާއީލުން އަމާޒުކޮށް ދިން ހަމަލާއެއްގައި އާދީއ...

ފަލަސްތީނުގެ ނޫސްވެރިޔާ އަނަސް ޝަހީދުކޮށްލުމުގެ ކުރިން ކުރި އަސަރުގަދަ ވަސިއްޔަތް
International

ފަލަސްތީނުގެ ނޫސްވެރިޔާ އަނަސް ޝަހީދުކޮށްލުމުގެ ކުރިން ކުރި އަސަރުގަދަ ވަސިއްޔަތް

އަލް ޖަޒީރާގެ ނޫސްވެރިޔާ ފަލަސްތީންގެ އަނަސް އައް-ޝަރީފް އާއި އޭނާގެ އެކުވެރި ހަތަރު ނޫސްވެރިން ޣައްޒާ ސިޓީގައި ތިބި ޓެންޓަކަށް އިސްރާއީލުން އަމާޒުކޮށް ދިން ހަމަލާއެއްގައި އާދީއްތަ ދުވަހުގެ ރޭ ވަނީ ޝަހީދުވެފައެވެ. އާދީއްތަ ދުވަހުގެ ރޭގަނޑު ޣައްޒާ ސިޓީގެ އަލް-ޝިފާ ހޮސްޕިޓަލުގެ މައި ދޮރާށި ކައިރީގައި ހުރި ޓެންޓަށް ދިން ހަމަލާގައި 7 މީހުން ޝަހީދުވިއެވެ. މީގެ ތެރޭގައި އަލް ޖަޒީރާގެ ރިޕޯޓަރު މުޙައްމަދު ޤުރެއިޤާ އަދި ކެމެރާމަނުން ކަމުގައިވާ އިބްރާހީމް ޒާހިރު، މުޙައްމަދު ނޯފަލް […]

ޣައްޒާގެ މަންޒަރުތައް ބަލަން ކުޅަދާނައެއްނޫން، އިސްރާއީލްގެ ޕްލޭން ގެންގޮސް ހަނގުރާމަ ހުއްޓާލަންޖެހޭ: ފްރާންސް
International

ޣައްޒާގެ މަންޒަރުތައް ބަލަން ކުޅަދާނައެއްނޫން، އިސްރާއީލްގެ ޕްލޭން ގެންގޮސް ހަނގުރާމަ ހުއްޓާލަންޖެހޭ: ފްރާންސް

ޣައްޒާ ސިޓީ އަދި މުޅި ޣައްޒާ ސަރަޙައްދު ކޮންޓްރޯލް ކުރުމަށް އިސްރާއީލުން ހިންގަން ރާވާފައިވާ ހަނގުރާމަވެރި އޮޕަރޭޝަން ފުޅާކުރުމުގެ ޕްލޭން ކުށްވެރިކޮށް އެ ޕްލޭން ވަގުތުން އަނބުރާ ގެންދިޔުމަށް ފްރާންސުން ގޮވާލައިފިއެވެ. ޣައްޒާގެ މަންޒަރުތައް ބަލަން ކުޅަދާނައެއްނޫން، އިސްރާއީލްގެ ޕްލޭން ގެންގޮސް ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލަންޖެހޭ: ފްރާންސް ޣައްޒާ އަތްދަށުލުމަށް އިސްރާއީލުން ނިންމުމުން މިއަދު ބޭއްވި އެކުވެރި ދައުލަތްތައް (އދ)ގެ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ޖަލްސާގައި ވާހަކަދައްކަވަމުން ފްރ...

ޣައްޒާއަކީ ފަލަސްތީނު ސަރަޙައްދުން ވަކިނުކުރެވޭނެ، ފަލަސްތީނު ރައްޔިތުންގެ ތަނެއް: ޗައިނާ
International

ޣައްޒާއަކީ ފަލަސްތީނު ސަރަޙައްދުން ވަކިނުކުރެވޭނެ، ފަލަސްތީނު ރައްޔިތުންގެ ތަނެއް: ޗައިނާ

ޣައްޒާއަކީ ފަލަސްތީނު ރައްޔިތުންގެ ތަނެއްކަމަށާއި، ޣައްޒާ އަތްދަށުލުމަށް އިސްރާއީލުން ކުރާ މަސައްކަތަށް ހަރުކަށިކަމާއެކު ދެކޮޅުހަދާކަމަށް ޗައިނާއިން މިއަދު ބުނެފިއެވެ. ޣައްޒާ އަތްދަށުލުމަށް އިސްރާއީލުން ނިންމުމުން މިއަދު ވަނީ އެކުވެރި ދައުލަތްތައް (އދ)ގެ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން ޗައިނާއިން އދ. ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ފޫ ކޮންގް ދެއްކެވި ވާހަކާގައި ވިދާޅުވީ، އިސްރާއީލުން ޣައްޒާ “އޮކިއުޕައި” ކުރުމަށް ކުރާ އެއްވެސް މަސައްކަ...

އެހީގެ ޕެކޭޖަކުން ޖެހި ފަލަސްތީނުގެ ކުއްޖަކު ނިޔާވެއްޖެ
International

އެހީގެ ޕެކޭޖަކުން ޖެހި ފަލަސްތީނުގެ ކުއްޖަކު ނިޔާވެއްޖެ

ޣައްޒާއަށް ވައިގެ މަގުން ވައްޓާލި އެހީގެ ޕޭކޭޖަކުން ޖެހި ކުއްޖަކު ނިޔާވެއްޖެއެވެ. ބަނޑުހައިހޫނުކަމުގައި ކާނެ އެއްޗަކަށް ނުލިބި ގޮތް ހުސްވެފައި ޣައްޒާގެ އެތައް ހާސް ރައްޔިތުންނެއް އެހީއެއްގެ އިންތިޒާރުގައި ތިބޭއިރު، ވައިގެ މަގުން ޣައްޒާގެ ތެރެއަށް ދޫކޮށްލާ އެހީގެ ޕެކޭޖުން ކާނާއެއް ލިބޭތޯ އެތައް ސަތޭކަ ކުދިންނަކާއި މީހުންނެއް އެ ފަދަ ޕެކޭޖްތައް ދޫކޮށްލާވަގުތު ޕެކޭޖްތަކާ ދިމާއަށް ދުއްވައިގަނެއެވެ. މިފަދަ ޕެކޭޖަކުން ޖެހި ކުއްޖަކު ނިޔާވެފައިވާއިރު، މި ހާދިސާގެ ވީޑިއޯތައް މީސްމީޑިއާގައި ވަނީ ވައިރަލްވ...

އިސްރާއީލްގެ ޣައްޒާ ހިފުމުގެ ޕްލޭނާ ދެކޮޅަށް މުސްލިމް ޤައުމުތައް އެއްބައިވާންޖެހޭ: ތުރުކީ
Raajje

އިސްރާއީލްގެ ޣައްޒާ ހިފުމުގެ ޕްލޭނާ ދެކޮޅަށް މުސްލިމް ޤައުމުތައް އެއްބައިވާންޖެހޭ: ތުރުކީ

އިސްރާއީލުން ޣައްޒާ ސިޓީ ހިފުމުގެ ޕްލޭނާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢު އެއްބައިކުރުމަށް މުސްލިމް ޤައުމުތަކުން އެކުގައި މަސައްކަތްކުރަންޖެހޭ ކަމަށް މިސުރުގައި ބޭއްވުނު މަޝްވަރާތަކަކަށްފަހު ތުރުކީގެ ފޮރިން މިނިސްޓަރ ހަކަން ފިދާން ވިދާޅުވެއްޖެއެވެ. މިސުރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީއާ ބައްދަލުކުރެއްވުމަށްފަހު އެލް އަލަމެއިންގައި މިސުރުގެ ފޮރިން މިނިސްޓަރާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އިސްލާމިކް ކޯޕަރޭޝަންގެ ކުއްލި ބައްދަލުވުމަކަށް ގޮވާލާފައިވާ ކަ...

އިސްރާއީލުގެ ނިންމުމަކީ އިތުރު ލޭއޮހޮރުވުމަކަށް މަގުފަހިވާނެ ގޯސް ނިންމުމެއް: އިނގިރޭސި ބޮޑުވަޒީރު
International

އިސްރާއީލުގެ ނިންމުމަކީ އިތުރު ލޭއޮހޮރުވުމަކަށް މަގުފަހިވާނެ ގޯސް ނިންމުމެއް: އިނގިރޭސި ބޮޑުވަޒީރު

އިސްރާއީލުން ޣައްޒާ ފޭރިގަންނަން ނިންމިނިންމުމަކީ އިތުރު ލޭއޮހޮރުވުމަކަށް މަގުފަހިވާނެ ގޯސް ނިންމުމެއްކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ސްޓާމަރ ވިދާޅުވެއްޖެއެވެ. މުޅި ޣައްޒާ އިސްރާއީލްގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސް، ޣައްޒާގެ ބިންތައް ފޭރިގަނެ، އެތަނުގައި ވަކި ވެރިކަމެއް ގާއިމުކުރަން އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ހުށަހަޅާފައިވާ ޕްލޭން އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން އިއްޔެ ވަނީ ފާސްކޮށްފައެވެ. މި ނިންމުމާއި ގުޅިގެން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ސްޓާމަރ ނެރުއްވި ބަޔާ...

ޣައްޒާއަކީ ފަލަސްތީނުގެ ބައެއް، އެތަން އޮންނަންވާނީ ވެސް އެގޮތުގައި: އދ.ގެ ވެރިޔާ
News

ޣައްޒާއަކީ ފަލަސްތީނުގެ ބައެއް، އެތަން އޮންނަންވާނީ ވެސް އެގޮތުގައި: އދ.ގެ ވެރިޔާ

ޣައްޒާއަކީ ފަލަސްތީނުގެ ދައުލަތުގެ މުހިންމު ބައެއް ކަމަށާއި އެތަން ދެމި އޮންނަންވާނީ ވެސް އެގޮތުގައިކަމަށް އެކުވެރި ދައުލަތްތައް (އދ.)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވިދާޅުވެއްޖެއެވެ. ގުޓެރެސް މިފަދައިން ވިދާޅުވެފައި ވަނީ އިސްރާއީލުން ޣައްޒާ ފޭރިގަންނަން ނިންމުމުން އެކަމާއިމެދު ކަންބޮޑުވުންފާޅުކޮށް ނެރުއްވި ބަޔާން އާންމުކުރަށްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ”އިސްރާއީލް ސަރުކާރުން “ޣައްޒާ ސިޓީގެ ބާރު އަތުލުމަށް” ނިންމި ނިންމުމާމެދު އަހަރެން ވަރަށް ބޮޑަށް ކަންބޮޑުވޭ. މިއީ ނުރ...

ޣައްޒާ ފޭރިގަންނަން އިސްރާއީލުން ނިންމި މައްސަލާގައި އދ.ގެ ސެކިއުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް
International

ޣައްޒާ ފޭރިގަންނަން އިސްރާއީލުން ނިންމި މައްސަލާގައި އދ.ގެ ސެކިއުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް

ޣައްޒާ ފޭރިގަންނަން އިސްރާއީލުން ނިންމި މައްސަލާގައި އދ.ގެ ސެކިއުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް މިއަދު ބާއްވަން ނިންމައިފިއެވެ. ރިޕޯޓްތައް ބުނާގޮތުގައި އިސްރާއީލުން “ޣައްޒާ ސިޓީ ކޮންޓްރޯލް ކުރުމަށް” ނިންމި ނިންމުމާ ގުޅިގެން ހޮނިހިރު ދުވަހު (މިއަދު) މެންދުރުފަހު އދ. ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިސްރާއީލްގެ މި ނިންމުން ފުޅާދާއިރާއެއްގައި ކުށްވެރިކުރުމާއެކު މި ކުއްލި ބައްދަލުވުން ބާއްވަން އެދިފައިވަނީ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޑެން...

އިސްރާއީލް ސިފައިން ފަލަސްތީނުގެ ރައްޔިތުންގެ މުދާ ލޫޓްވައި ވައްކަންކުރުން އިންތިހާގައި
International

އިސްރާއީލް ސިފައިން ފަލަސްތީނުގެ ރައްޔިތުންގެ މުދާ ލޫޓްވައި ވައްކަންކުރުން އިންތިހާގައި

އިސްރާއީލުން އަތްގަދަކޮށްފައިވާ ފަލަސްތީނުގެ ހުޅަނގުއައްސޭރީގެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ގޭތަކަށް އިސްރާއީލް ސިފައިން ރޭގަނޑު ވަދެ އެރަށްޔިތުންގެ މުދަލާއި ފައިސާ ފޭރުން އިތުރުވެފައިވާކަމަށް ހާރެޒް ނޫހުގެ ރިޕޯޓެއްގައި ބުނެފިއެވެ. މި ރިޕޯޓްގައިވާ ގޮތުގައި ފާއިތުވި މަސްތަކުގައި އިސްރާއީލު ސިފައިން އޮކިއުޕައިޑް ވެސްޓް ބޭންކުގައި ރޭގަނޑު ރެއިޑްތައް ކުރުމުގައި ފަލަސްތީނުގެ ގޭގެއިން ވައްކަންކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގ...