ފަޔާގެ ތަޖުރިބާއިން 2023 ކާމިޔާބުކުރުމަށް ރަނގަޅު މިސްރާބަކަށް ދެވޭނެ: ރައީސް
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމަށް އިންތިޚާބުވެވަޑައިގެންފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފަޔާ)ގެ ތަޖުރިބާއިން 2023 ކާމިޔާބުކުރުމަށް ޕާޓީއާއިއެކު ރަނގަޅު މިސްރާބަކަށް ދެވޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ވާދަވެރި އިންތިޚާބަކަށްފަހު އެމްޑީޕީގެ ޗެއާޕާސަން މަގާމު ކާމިޔާބު ކުރެއްވި ފަޔާ އާއި، ރައީސް އޮފީހުގައި ޗެއާޕާސަންގެ ހައިސިއްޔަތުން ފުރަތަމަ ފަހަރ...