އެފްޑީސީ ފްލެޓްތަކުގެ ކުޑަދޮރުތަކުގައި ސްޓޮޕާ ހަރުކުރަން ފަށައިފި: ދެން ހުޅުވޭނީ 4 އިންޗިއަށް
‘އަމާން އުދަރެސް’ އަދި ‘އަމާން ދޯދި’ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، އެ އިމާރާތްތަކުގެ ކުޑަދޮރުތައް ހުޅުވޭ މިންވަރު ކޮންޓްރޯލް ކުރެވޭނެ ގޮތަށް ސްޓޮޕާ ހަރުކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ފަށައިފިއެވެ. މި ފިޔަވަޅު އަޅަން ފަށާފައިވަނީ ވޭތުވެދިޔަ މަހު ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިމާރާތްތަކުން ދެ ކުޑަކުދިން ވެއްޓުމުގެ ހާދިސާތަކެއް ހިނގުމާ ގުޅިގެންނެވެ. އެއާއެކު މީހުން ދިރިއުޅޭ އިމާރާތްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް...