Skip to main content
Topic Archive

#މިޢުވާން މުހައްމަދު

29 Stories filed
ރައީސްގެ އަމިއްލަ ދަތުރުފުޅުތަކުގައި ސަރުކާރުގެ ވަސީލަތްތައް ބޭނުމެއް ނުކުރައްވާނެ: މިޢުވާން
Raajje

ރައީސްގެ އަމިއްލަ ދަތުރުފުޅުތަކުގައި ސަރުކާރުގެ ވަސީލަތްތައް ބޭނުމެއް ނުކުރައްވާނެ: މިޢުވާން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ސަރުކާރުގެ ވަސީލަތްތައް ބޭނުންފުޅު ނުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިޢުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، ސަރުކާރުގެ ވަސީލަތްތައް ބޭނުންފުޅު ކުރައްވާނީ ހަމައެކަނި ރަސްމީ ދަތުރުފުޅުތަކުގައި ކަމަށެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަކީ ސަރުކާރާ ގުޅުންހުރ...

ޝިމާޒު ޔޫތް މިނިސްޓްރީއަށް، ރިޔާޒު ޓްރާންސްޕޯޓު މިނިސްޓްރީއަށް
Raajje

ޝިމާޒު ޔޫތް މިނިސްޓްރީއަށް، ރިޔާޒު ޓްރާންސްޕޯޓު މިނިސްޓްރީއަށް

އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ރިޔާޒް ޓްރާންސްޕޯޓު މިނިސްޓްރީއަށް އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރގެ މަގާމުގައި ހުންނެވި ޝިމާޒު އަލީ ޔޫތް މިނިސްޓްރީއަށް ބަދަލުކުރައްވައިފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާން މިޢުވާން މުހައްމަދު ‘ތިލަދުން’ އަށް ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒު ޓްރާންސްޕޯޓު މިނިސްޓްރީއަށް އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ޔޫތް މިނިސްޓްރީއަށް ބަދަލު ކުރައްވާފައިވާ ކަމަށެވެ. އެހެންނަމަވ...

ރިޟްވާނުގެ މަރުގެ ރިޕޯޓުގައި ގައުމީ ސަލާމަތާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ހިމެނޭ: ތަރުޖަމާން
Raajje

ރިޟްވާނުގެ މަރުގެ ރިޕޯޓުގައި ގައުމީ ސަލާމަތާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ހިމެނޭ: ތަރުޖަމާން

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާނުގެ މަރުގެ ރިޕޯޓުގައި ގައުމީ ސަލާމަތާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ހިމެނޭ ކަމަށާއި އެހެންވެ، އެ ރިޕޯޓުގައި ހިމަނާފައިވާ ރިކޮމެންޑޭޝަންތައް އާންމު ނުކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ކޮންމެ ހަފުތާއެއްގައި ބާއްވާ ބައްދަލުކުރެއްވުމުގައި އޭނާ ވިދާޅުވީ އެ މައްސަލައަކީ ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ވަރަށް ގާތުން ބައްލަވާ މައްސަލައެއް ކަމަށާއި އެ ރެކޮމެންޑޭޝަނ...

ރައީސް ޞާލިޙް، ގއ. އަތޮޅަށް ދަތުރުފުޅެއް ކުރައްވަނީ
Raajje

ރައީސް ޞާލިޙް، ގއ. އަތޮޅަށް ދަތުރުފުޅެއް ކުރައްވަނީ

ރައީސް އިބްރާހީމް މުހައްމަދު ސާލިހު، ގއ އަތޮޅަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ. މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު “ތިލަދުން” އަށް ވިދާޅުވީ ރައީސްގެ ދަތުރުފުޅުތައް ހަމަޖެހެމުންދާ މިންވަރަކުން ތަފްސީލު ހާމަކުރައްވާނެ ކަމަށެވެ. “ރައީސްގެ ދަތުރުފުޅުތަކުގެ ޑިޓެއިލްސް އިއުލާން ކުރާނަން ދަތުރުފުޅުތައް ހަމަޖެހެމުންދާ މިންވަރަކުން.” މިއުވާން ވިދާޅުވި އެވެ. ބައެއް މަސްދަރުތަކުން ވިދާޅުވެފައިވާ ގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ ދާންދ...

ރައީސް، އަންނަ ހަފުތާގައި ދެ ދަތުރުފުޅެއް ކުރައްވަނީ
Raajje

ރައީސް، އަންނަ ހަފުތާގައި ދެ ދަތުރުފުޅެއް ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަންނަ ހަފުތާގައި ދެ ދަތުރުފުޅެއް ކުރެއްވުމަށް ތާވަލުކުރައްވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ރައީސް ވަޑައިގަންނަވާނީ ގދ. ފަރެސްމާތޮޑާއަށާއި ގަތަރަށް ކަމަށެވެ. އޭގެތެރެއިން ފަރެސްމާތޮޑާއަށް ވަޑައިގަންނަވަނީ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކަމަށާއި އެރަށަށް ވަޑައިގަންނަވާނީ މި މަހުގެ 11 ވާ އާދިއްތަ ދުވަހު ކަމަށެ...

ރައީސްގެ އިކޮނޮމިކް ޕޮލިސީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް ބަލައިގަނޭ: މިޢުވާން
Raajje

ރައީސްގެ އިކޮނޮމިކް ޕޮލިސީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް ބަލައިގަނޭ: މިޢުވާން

ރައީސް ސާލިހުގެ އިކޮނޮމިކް ޕޮލިސީގެ ތެރެއިން ރާއްޖޭގެ އިގްތިސާދު މެނޭޖު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށާއި އެކަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް ފާހަގަކުރައްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އިގްތިސާދަށް އަންނަ ގޮންޖެހުންތަކާއެކު، އޭގެ ނޭދެވޭ އަސަރު ރައްޔިތުންގެ ޖީބަށް ނުކުރާނެ ކަމުގެ ޔަގީންކަން ދިނުމަށްޓަކައިި އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުން ދާނެ ކަ...

ވޯލްޑް ކަޕް މެޗެއް ބައްލަވައިލައްވަން ރައީސް ގަތަރަށް
Raajje

ވޯލްޑް ކަޕް މެޗެއް ބައްލަވައިލައްވަން ރައީސް ގަތަރަށް

ރައީސް އިބްރާހީމް މުހައްމަދު ސާލިހު، މި މަހު ގަތަރަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. ކޮންމެ ހަފުތާއެއްގެ ބްރާސްފަތި ދުވަހު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ރައީސް ގަތަރަށް ވަޑައިގަންނަވަނީ އެގައުމުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ މެޗެއް ބައްލަވައިލެއްވުމަށް ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނި ގަތަރަށް ވަޑައިގަންނަވާ ވަކި ތާރީހެއް މިއުވާން ވިދާޅެއް ނުވެއެވެ. އެކަމަކު ފައިނަލް މެޗު ނުވަތަ ސެ...

ޓެކްސް ބޮޑުކުރުމަކުން ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އެއްވެސް އަސަރެއް ނުކުރާނެ: މިޢުވާން
Raajje

ޓެކްސް ބޮޑުކުރުމަކުން ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އެއްވެސް އަސަރެއް ނުކުރާނެ: މިޢުވާން

ޓެކްސް ބޮޑުކުރުމަކުން ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. ކޮންމެ ހަފުތާއެއްގެ ބްރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރީ ސަރުކާރުން މި ހިންގަމުން ދާ މަޝްރޫއުތަކާއި ރައްޔިތުންނަށްދޭ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އިގްތިސޯދު މެނޭޖުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުން މި ނ...

އދ. ގެ އާންމު މަޖިލީހުގައި ނަގާ ވޯޓާމެދު ގޮތް ނިންމާނީ ރައްޔިތުންގެ މަޖިލީހަކުން ނޫން: ތަރުޖަމާން
Raajje

އދ. ގެ އާންމު މަޖިލީހުގައި ނަގާ ވޯޓާމެދު ގޮތް ނިންމާނީ ރައްޔިތުންގެ މަޖިލީހަކުން ނޫން: ތަރުޖަމާން

އެކުވެރި ދައުލަތްތައް (އދ) ގެ އާންމު މަޖިލީހުގައި ނަގާ ވޯޓުތަކާއި ގުޅޭގޮތުން ގޮތް ނިންމާނީ ރައްޔިތުންގެ މަޖިލީހަކުން ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާތު ދެއްވުމަށް ބާއްވަވަމުން ގެންދަވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި “ތިލަދުން” އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. އޭނާ ވިދާޅުވީ ހާރިޖީ ސިޔާސަތު ކަނޑައެޅުމުގެ ބާރު ގާނޫނު އަސާސީނ...

އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި ހިދުމަތް ކުރުމުގައި ރައީސް ދެމިހުންނަވާނެ: މިއުވާން
Raajje

އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި ހިދުމަތް ކުރުމުގައި ރައީސް ދެމިހުންނަވާނެ: މިއުވާން

ހުރިހާ ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި ހިދުމަތްކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެއްވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ވެރިކަމުގެ ހުވާކުރެއްވި ދުވަހު ދިވެހި ރައްޔިތުންނަށް...

އަރަބިއްޔާގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ މި ސަރުކާރަށް: މިއުވާން
Raajje

އަރަބިއްޔާގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ މި ސަރުކާރަށް: މިއުވާން

އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ މި ސަރުކާރަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. އޭނާ މިފަދައިން ވިދާޅުވީ ސަރުކާރުން، ރާއްޖޭގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް ކޮންމެ ހަފުތާއަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެވެ. މިއުވާން ވިދާޅުވީ އެ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތަށް އެއްވެސް ދަތިކަމެއް ނެތް ކަމަށާއި އައު އ...

ސަރުކާރުން ގެންދަނީ ރާއްޖޭގެ އިގުތިސާދު މެނޭޖުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން: މިޢުވާން
Raajje

ސަރުކާރުން ގެންދަނީ ރާއްޖޭގެ އިގުތިސާދު މެނޭޖުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން: މިޢުވާން

ސަރުކާރުން ގެންދަނީ ރާއްޖޭގެ އިގުތިސާދު މެނޭޖުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ ޓެކްސް ބޮޑުކުރުމަކީ ވެސް އޭގެތެރެއިން ފިޔަވަޅެއް ކަމަށާއި ރާއްޖޭގެ އިގުތިސާދު މެނޭޖުނުކުރެވިއްޖެ ނަމަ އޭގެ ސަބަބުން ރައްޔިތުންނަށް ލިބޭ ގެއްލުން އަދި މާ ބޮޑުވާނެ ކަމަށެވެ. މިއުވާން ވިދާޅުވީ ޓެކްސްއާ އެއްކޮޅަށް ވާހަކަދެއްކުމަކީ ކޮންމެ ކޮންމެ މީހަކަށް ފަސޭހަ ކަމަކަށް ނު...

އިގްތިސާދީ ސަރަހައްދުގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑު ބަދަލެއް ނުވޭ: ސަރުކާރު
Raajje

އިގްތިސާދީ ސަރަހައްދުގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑު ބަދަލެއް ނުވޭ: ސަރުކާރު

ރާއްޖޭގެ ދެކުނުން އިގްތިސާދީ ސަރަހައްދުން ބައެއް، ފޯޅަވަހީގެ ސަރަހައްދުގެ ތެރޭގައި ހިމެނޭކަމަށް މޮރިޝަސް އިން ބުނާ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑު ބަދަލު ނުވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. މިއުވާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަމަށް އިންޓެނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމި ނިންމުމާއި، މޮރިޝަސްއިން ފޯޅަވަހީގެ އިގްތިސާދީ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ހިސާބު، ރާއްޖޭގެ އިގްތިސާދީ ސަ...

''ބޮޑު ތިލަދުންމައްޗަށް މިސަރުކާރުން މިގެންނަނީ ބޮޑު ބަދަލެއް''
Raajje

''ބޮޑު ތިލަދުންމައްޗަށް މިސަރުކާރުން މިގެންނަނީ ބޮޑު ބަދަލެއް''

ބޮޑު ތިލަދުންްމައްޗަށް މިސަރުކާރުން ގެންނަމުން ދަނީ ބޮޑު ބަދަލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިޢްވާން މުޙައްމަދު ވިދާޅުވެއްޖެއެވެ. މިޢްވާން މިހެން ވިދާޅުވީ، ސަރުކާރުންކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ސަރުކާރުން ބޮޑުތިލަދުންމަތީގެ ތަރައްޤީއަށް ބޮޑެތި މަޝްރޫޢުތަކެއް ޕްލޭންކޮށްފައިވާއިރު އޭގެ ތެރޭގައި ކުޅުދުއ...