Skip to main content
Topic Archive

#މަޖިލިސް

912 Stories filed
ނޫސްވެރިން އިހުތިޖާޖުގައި، ހަންނާނުގެ ބިލު ކޮމިޓީން ފާސްކޮށްފި
Raajje

ނޫސްވެރިން އިހުތިޖާޖުގައި، ހަންނާނުގެ ބިލު ކޮމިޓީން ފާސްކޮށްފި

ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު” މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. ކޮމެޓީން މި ބިލު ފާސްކުރީ، މި ބިލު ހުށަހެޅީއްސުރެ ކަންބޮޑުވުން ފާޅުކުރަމުންދާ ނޫސްވެރިންގެ ތެރެއިން ނޫސްވެރިންތަކެއް އިހުތިޖާޖުގައި ތިއްބައެވެ. އަދި އެމީހުންނާއެކު ބައެއް އާންމުން ވެސް އިހުތިޖާޖުކުރަމުން ދަނިކޮށެވެ. މި ބިލުގެ މަސައްކަތް ނިންމަންހިފައި، ކޮމެޓީން ވ...

ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ބިލު މަޖިލީހުން ފާސްކޮށްފި
Raajje

ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ބިލު މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ދައުރުން މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ. މި ބިލަކީ ސަރުކާރުގެ ފަރާތުން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ސްޕޮންސަރ ކުރައްވާފައިވާ ބިލެކެވެ. މި ބިލު ފާސްވެފައިވަނީ މަޖިލީހުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 76 މެންބަރުންގެ ތެރެއިން 64 މެންބަރުންގެ ތާއީދާއެކުގައެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ 12 މެންބަރުންނެވެ. މި ބިލު ދިރ...

ޚިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ބިލުގައި ރިޔާސީ ދައުރު ދަންމާލައި ރަސްކަމަކަށް ބަދަލުކުރާ ވާހަކައެއް ނެތް: ފަލާހް
Parliament

ޚިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ބިލުގައި ރިޔާސީ ދައުރު ދަންމާލައި ރަސްކަމަކަށް ބަދަލުކުރާ ވާހަކައެއް ނެތް: ފަލާހް

ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލުގައި ރިޔާސީ ދައުރު ދަންމާލައި ރަސްކަމަކަށް ބަދަލުކުރާ ވާހަކައެއް ނެތްކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މެޖޯރިޓީ ލިޑަރުގެ ގޮތުގައި ވެސް ހުންނެވި ފަލާހް މިފަދައިން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރަށ...

ހަންނާނުގެ ބިލު ފާސްވިޔަސް ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުވާގޮތަކަށް ބިލުގައެއް ނެތް: ފަލާހް
Raajje

ހަންނާނުގެ ބިލު ފާސްވިޔަސް ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުވާގޮތަކަށް ބިލުގައެއް ނެތް: ފަލާހް

ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު” މަޖިލީހުން ފާސްވިނަމަވެސް ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުވާގޮތަކަށް ބިލުގައެއް ނެތްކަމަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ ގޮތުގައި ވެސް ހުންނެވި ފަލާހް މިފަދައިން ވިދާޅުވެފައިވަ...

ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް އަންނަ ހޯމަ ދުވަހު
Raajje

ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް އަންނަ ހޯމަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް މި މަހުގެ 15 ވަނަަވާ ހޯމަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. މަޖިލީހުގެ އިދާރާއިން ބުނިގޮތުގައި މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ ދަށުން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ހުށަހެޅުމެއް ލިބުމާ ގުޅިގެން އަންނަ ހޯމަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ޖަލްސާގެ އެޖެންޑާ އަދި މަޖިލީހުގެ ވެބްސައިޓަށް އަޕްލޯޑެއް ނުކުރެއެވެ. މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް، މިވަގުތު ވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބައެއް ބިލުތަކުގެ […]

ވަކިވަކި ނޫސްވެެރިންނަށް ފިޔަވަޅު އެޅޭ މާއްދާ އުނިކުރުން ހިމެނޭހެން ހަންނާނުގެ ބިލަށް އޭޖީގެ އިސްލާހްތަކެއް
Raajje

ވަކިވަކި ނޫސްވެެރިންނަށް ފިޔަވަޅު އެޅޭ މާއްދާ އުނިކުރުން ހިމެނޭހެން ހަންނާނުގެ ބިލަށް އޭޖީގެ އިސްލާހްތަކެއް

ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު” އަށް ބަންޑާރަނައިބުގެ އޮފީހުން އިސްލާހުތަކެއް ހުށަހަޅުއްވައިފިއެވެ. މީގެ ތެރޭގައި ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމާއި، ވަގުތީ ގޮތުން ރަޖިސްޓަރީ ބާތިލްކުރެވޭ މާއްދާ އުނިކުރުން ހިމެނެއެވެ. މި ބިލު މިހާރު އޮތީ ކޮމެޓީ މަރުހަލާގައެވެ. ބަންޑާރަނައިބު ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި...

މީހުންގެ އަބުރު ނަގައިލަމުން ދަނީ ހުދޫދެއްނެތި، ނުހުއްޓުވިއްޖެނަމަ މުޖުތަމައު ހަލާކުވެދާނެ: ލަތީފް
Raajje

މީހުންގެ އަބުރު ނަގައިލަމުން ދަނީ ހުދޫދެއްނެތި، ނުހުއްޓުވިއްޖެނަމަ މުޖުތަމައު ހަލާކުވެދާނެ: ލަތީފް

މީހުންގެ އިއްޒަތު ނަފްސަށް އަރައިގަނެ އަބުރު ނަގައިލަމުން މިއަދު ދަނީ ހުދޫދެއްނެތި ކަމަށާއި، މިކަން ނުހުއްޓުވިއްޖެނަމަ މުޖުތަމަޢު ހަލާކުވެދާނެކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، މެންދުރު ޓީވީން ބުރާސްފަތި ދުވަހުގެ ރޭ ގެނެސްދިން “ބޮޑުސައްލާ” ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ލަތީފް ވިދާޅުވީ، މީޑިއާ ބިލުގައި (މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި، ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖ...

ނޫސްވެރިންނަށް އިންޒާރު ދޭތީ މައްސަލަ ބަލަން ފާސްކޮށްފި
Raajje

ނޫސްވެރިންނަށް އިންޒާރު ދޭތީ މައްސަލަ ބަލަން ފާސްކޮށްފި

ނޫސްވެރިންނަށް މަރުގެ އިންޒާރު ދެމުންދާކަމަށް ފާހަގަކުރެވިފައިވާތީ، އެ މައްސަލަ ތަހުގީގުކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލާ ގުޅިގެން، ކޮމިޓީއަށް ނޫސްވެރިން ހާޒިރުކޮށް އެފަރާތްތަކުގެ ހިޔާލު މިއަދު ވަނީ އަޑުއަހާފައެވެ. މި ބައްދަލުވުމުގައި ބައެއް ނޫސްވެރިން ވަނީ އެމީހުންނަށް މަރުގެ އިންޒާރު ލިބެމުންދާ ވާހަކައާއި، ސޯޝަލް މީޑިއާގައި އެމީހު...

މަޖިލީހުގައި ބައުވެ ގިނަދުވަސްވެފައިވާ ގޮނޑިތައް ގަތުމަށް ދެވަނަ ފުރުސަތެއް
Parliament

މަޖިލީހުގައި ބައުވެ ގިނަދުވަސްވެފައިވާ ގޮނޑިތައް ގަތުމަށް ދެވަނަ ފުރުސަތެއް

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބައުވެ ގިނަދުވަސްވެފައިވާ ބައެއް ހަރުމުދާ ނީލަމުގައި ވިއްކާލަން ދެވަނަ ފަހަރަށް ޢިއުލާންކޮށްފިއެވެ. މަޖިލީހުގެ އިދާރާއިން ވަނީ އެ އިދާރާގައި ހުރި ބައުވެފައިވާ ތަކެތި ނީލަން ކިއުމަށް 27 އޯގަސްޓް 2025 ގައި ޢިއުލާންކޮށްފައެވެ. ނަމަވެސް އެ އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާކަމަށް މަޖިލީހުގެ އިދާރާއިން އެކަމަށް އަލުންކުރި ޢިއުލާންގައި ބުނެފަވެއެވެ. އެހެންވެ އެ ތަކެތި ނީލަމުގައި ވިއްކާލުމަށް އަލުން އިޢުލާންކޮށް، މަޖިލީހުން ބުނީ ނީލަން ކިޔުމަށް ހަ...

ހަންނާނުގެ މީޑިއާ ބިލު އަނބުރާ ގެންދިޔުމަށް އެމްޖޭއޭއިން ގޮވާލައިފި
Parliament

ހަންނާނުގެ މީޑިއާ ބިލު އަނބުރާ ގެންދިޔުމަށް އެމްޖޭއޭއިން ގޮވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި  މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލައި، “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން” ގެ ނަމުގައި އައު ކޮމިޝަނެއް އުފެއްދުމަށް ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލު އަނބުރާ ގެންދިޔުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފިއެވެ. ހަންނާން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ވެސް ބްރޯޑްކޮމްއާއި މީޑިއާ ކައުންސިލް އެއްކޮށްލުމަށް...

ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލް އުވާލައި އައު ކޮމިޝަނެއް އުފެއްދުމުގެ ބިލެއް ހުށަހަޅައިފި
Raajje

ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލް އުވާލައި އައު ކޮމިޝަނެއް އުފެއްދުމުގެ ބިލެއް ހުށަހަޅައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި  މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލައި، “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން” ގެ ނަމުގައި އައު ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ. މި ބަދަލު ގެންނަން  ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު” މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. ހަންނާނު ހުށަހެޅުއްވި މި ބިލުގެ ދަށުން މޯލްޑިވްސް މީޑިއާ ކައުންސިލް އާއި ބްރޯޑްކާސްޓ...

ވެރިކަން ބަދަލުވިއިރު އާސަންދައިން 1.1 ބިލިއަން، އެންސްޕާއިން 491 މިލިއަން ރުފިޔާ ހޮސްޕިޓަލްތަކަށް ނުދައްކާއޮތް: މަމްދޫޙް
Parliament

ވެރިކަން ބަދަލުވިއިރު އާސަންދައިން 1.1 ބިލިއަން، އެންސްޕާއިން 491 މިލިއަން ރުފިޔާ ހޮސްޕިޓަލްތަކަށް ނުދައްކާއޮތް: މަމްދޫޙް

ވެރިކަން ބަދަލުވިއިރު އާސަންދައިން 1.1 ބިލިއަނަށްވުރެ ގިނަ ރުފިޔާ އަދި އެންސްޕާއިން 491 މިލިއަނަށްވުރެ ގިނަ ރުފިޔާ ޕްރައިވެޓް ހޮސްޕިޓަލްތަކަށް ދައްކަން ޖެހި ނުދެއްކި އޮތްކަން އިނގިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙް މިއަދު ވިދާޅުވެއްޖެއެވެ. މަމްދޫޙްއަކީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މެމްބަރެކެވެ. އެ ކޮމެޓީގެ 33 ވަނަ ބައްދަލުވުން މިއަދު ވަނީ ބާއްވާފައެވެ. މި ބައްދަލުވުމަށް އިޝާރާތް ކުރަށްވައި މެމްބަރު މަމްދޫޙް މީސްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގ...

އިތުރު ހަފުތާއަކަށް މަޖިލީހުގެ ދައުރު ދަންމައިލައިފި
Raajje

އިތުރު ހަފުތާއަކަށް މަޖިލީހުގެ ދައުރު ދަންމައިލައިފި

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރުމަށް ފާސްކޮށްފި އެވެ. މި ގޮތުން މަޖިލީހުގެ ދައުރު އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި ހުށަހެޅުއްވުން ވަނީ ފާސްވެފައެވެ. މަޖިލީހުގެ ދައުރު އިތުރުކުރުމަށް ނެގުނު ވޯޓުގައި ފެންނަ ކަމަށް 59 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ނުފެންނަ ކަމަށް 10 މެންބަރުން ވޯޓު ދެއްވިއެވެ. ދައުރުގެ މުއްދަތު އިތުރުކުރަން ޖެހުނު ސަބަބާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް […]

އުއްތަމަފަނޑިޔާރަކަށް ޣަނީ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި
Parliament

އުއްތަމަފަނޑިޔާރަކަށް ޣަނީ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

ހުސްވެފައިވާ އުއްތަމަފަނޑިޔާރުގެ މަގާމަށް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ޢައްޔަނުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ. މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާ ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 147 ވަނަ މާއްދާގެ ދަށުން އުއްތަމަފަނޑިޔާރުގެ މަޤާމަށް ޣަނީ ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީނ...

ލާމަރުކަޒީ ގާނޫނަށް އިސްލާހް ހުށަހެޅީ އިންތިޚާބަކާއި ގުޅިގެންނެއްނޫން: ފަލާހް
Parliament

ލާމަރުކަޒީ ގާނޫނަށް އިސްލާހް ހުށަހެޅީ އިންތިޚާބަކާއި ގުޅިގެންނެއްނޫން: ފަލާހް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ އެއްވެސް އިންތިޚާބަކާއި ގުޅުވައިގެންނޫންކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ. ފަލާހް މިފަދައިން ވިދާޅުވީ، ސަރުކާރުގެ ފަރާތުން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން މަޖިލީހަށް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރ...