Skip to main content
Topic Archive

#މަޖިލިސް

912 Stories filed
"ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލު ބަލައިގަނެ ކޮމެޓީއަށް ފޮނުވައިފި
Parliament

"ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލު ބަލައިގަނެ ކޮމެޓީއަށް ފޮނުވައިފި

އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމަކީ ކުށެއްކަމަށް ހިމަނައި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ހުށަހަޅާފައިވާ ބިލު މަޖިލީހަށް ބަލައިގެންފިއެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލު ސްޕޮންސާ ކުރަށްވާފައި ވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންއެވެ. މިއަދު ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި މި ބިލުގެ އިބުތިދާއީ ބަހުސްގެ މަރުހަލާ ވަނީ ކުރިއަށް ގެންގޮސް، ބިލު ބަލައިގަތުމާއި މެދު ތަޅުމުގައި […]

އިސްލާމީ މުހިންމު ވާޖިބުތަކަށް ހުރަސް އެޅޭ ގޮތަކަށް ޤާނޫނެއް ވޫޖޫދުވުމަކަށް ނޭދެން: ކެލާ ކައުންސިލް
Thiladhunmathi News

އިސްލާމީ މުހިންމު ވާޖިބުތަކަށް ހުރަސް އެޅޭ ގޮތަކަށް ޤާނޫނެއް ވޫޖޫދުވުމަކަށް ނޭދެން: ކެލާ ކައުންސިލް

އިސްލާމީ މުހިންމު ވާޖިބުތަކަށް ހުރަސް އެޅޭފަދަ ގޮތަކަށް ޤާނޫނެއް ވޫޖޫދަށް ގެނައުމަކީ ކެލާ ރައްޔިތުން އެދޭނެ ކަމެއް ނޫންކަމަށް ހއ. ކެލާ ކައުންސިލުން ބުނެފިއެވެ. ކެލާ ކައުންސިލުން މިހެން ބުނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ “ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ނޫސް ބަޔާނެއްގައެވެ. ކެލާ ކައުންސިލްގެ 5 މެންބަރުން ސޮއި ކުރަށްވާ ނެރެފައިވާ އެ ނޫސް ބަޔާނުގައި ބުނީ، ދިވެހި ރާއްޖޭގެ ޤާނޫނުލްއުޤޫބާތު އިސްލާޙު ގެނައުމު...

ބިލު އޮތީ އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންނަށް ހިތްވަރު ލިބޭގޮތަށް: ނައިވާދޫ ކައުންސިލް
Thiladhunmathi News

ބިލު އޮތީ އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންނަށް ހިތްވަރު ލިބޭގޮތަށް: ނައިވާދޫ ކައުންސިލް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ “ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލުއޮތީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ހިތްވަރު ލިބޭގޮތަށް ކަމަށް ހދ. ނައިވާދޫ ކައުންސިލުން ބުނެފިއެވެ. ނައިވާދޫ ކައުންސިލުން މިހެން ބުނެފައި ވަނީ، އެކައުންސިލްގެ ނައިބު ރައީސް އަހްމަދު ފާއިޒު ފިޔަވާ އަނެއް 4 މެންބަރުން ސޮއި ކުރަށްވާ ނެރެފައިވާ ނޫސް ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ޤާނޫނުލްޢުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި އަކު...

އިސްލާހީ މަސައްކަތުގެ ތެރެއިން 9 އަހަރު އަނިޔާ ތަހައްމަލުކުރިން، ދެން ވެސް މިހިރީ ސާބިތުކަމާއެކު: ބިގޭ
Parliament

އިސްލާހީ މަސައްކަތުގެ ތެރެއިން 9 އަހަރު އަނިޔާ ތަހައްމަލުކުރިން، ދެން ވެސް މިހިރީ ސާބިތުކަމާއެކު: ބިގޭ

އިސްލާހީ މަސައްކަތުގެ ތެރެއިން އެތައް އަނިޔާއެއް ތަހައްމަލުކުރަން ޖެހުނު ކަމަށާއި، އަދި ވެސް ހުރީ ސާބިތުކަމާއެކު ކަމަށް އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ. މިއަދު ހެނދުނު ރާއްޖެ ޓީވީގެ “ފަށާއިރު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބިގޭ ވިދާޅުވީ، ކިޔަވާވިދާޅުވެ، 1985 ވަނަ އަހަރު ސްކޫލް ނިންމާލީ ވެސް މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދަދު ޞާލިޙާއެކު އެއްބެޗެއްގައި ކަމަށެވެ. އަދި އޭނާ އަކީ ރައީސް ނަޝީދާއެކު ސިޔާސީ މަސައްކަތް ކުރަމުންއައި މީހ...

އެއްއާއިލާއެއް ގޮތަށްއުޅޭ ބަޔަކު އެއްޗެހިކީމަ ދެރަވި، ދަރިފުޅު އެވާހަކަ ބުނުމުން އަސަރުވެސް ކުރި: ބިގޭ
Parliament

އެއްއާއިލާއެއް ގޮތަށްއުޅޭ ބަޔަކު އެއްޗެހިކީމަ ދެރަވި، ދަރިފުޅު އެވާހަކަ ބުނުމުން އަސަރުވެސް ކުރި: ބިގޭ

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ހަސަން ޒަމީލް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދިނުމަށް މަޖިލީހުގެ އިމްތިޔާޒު އަދި ސްލޫކު ކޮމިޓީ އަށް ހުށަހެޅި މައްސަލަ އެ ކޮމެޓީން ބޭރުކޮށްލުމުން، އެމައްސަލައާއި ގުޅުވައި އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) އަށް އަމާޒުކުރި ބަހުގެ ހަމަލާތަކުގެ ސަބަބުން އަސަރުކުރާ ހިސާބަށް ކަންކަން ދިޔަ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މަޖިލީހުގެ އިމްތިޔާޒް އަދި ސްލޫކ...

ނަޝީދު ހުށަހެޅި މައްސަލަ ބޭރުކޮށްލަން ނާޒިމް ހުށަހެޅީ ސަރުކާރުން ބުނެގެން ކަމަށް ވައްޑޭ ތުހުމަތުކޮށްފި
Parliament

ނަޝީދު ހުށަހެޅި މައްސަލަ ބޭރުކޮށްލަން ނާޒިމް ހުށަހެޅީ ސަރުކާރުން ބުނެގެން ކަމަށް ވައްޑޭ ތުހުމަތުކޮށްފި

މަޖިލިސް ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒު އަދި ސްލޫކް ކޮމެޓީއަށް ހުށަހެޅި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ އިމްތިޔާޒުގެ މައްސަލަ ކޮމެޓީން ބޭރުކޮށްލަން ދަނގެތީ ދާއިރާގެ މެންބަރުން މުހައްމަދު ނާޒިމް ހުށަހެޅުއްވީ އެކަމުގެ ފަހަތުގައި ސަރުކާރު އޮވެގެން ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ތުހުމަތު ކުރަށްވައިފިއެވެ. ވައްޑޭ ކުރެއްވި ޓްވީޓެއްގައި ވަނީ، ބަލި އެނދުގައި އޮތް ރައީސް ނަޝީދު ހުށައެޅުއްވި އެ މައްސަލަ “ބޭރުކޮށްލަން” މެންބަރު ނާޒިމް...

ހޮވުނީ ނަޝީދުގެ ފޮޓޯ ވިއްކައިގެން، ކަރަށް ފައިން އަރަން ދިމާކުރާނީ ގޮތެއްފޮތެއް ނެތީމައި: މީކާއިލް
Parliament

ހޮވުނީ ނަޝީދުގެ ފޮޓޯ ވިއްކައިގެން، ކަރަށް ފައިން އަރަން ދިމާކުރާނީ ގޮތެއްފޮތެއް ނެތީމައި: މީކާއިލް

ކުރީގެ ރައީސް އަދި މިހާރުގެ މަޖިލިސް ރައީސް މުޙައްމަދު ނަޝީދުގެ “ފޮޓޯ ވިއްކައިގެން” މަޖިލީހަށް ހޮވުނު ބޭފުޅުން، މިއަދު އެމަނިކުފާނުގެ ހާލުގައި އޮންނެވި ދުވަހު ކަރަށް ފައިން އަރަން ދިމާކުރާނީ ވަރަށް ގޮތެއް ނެތީމައި ކަމަށް ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއީލު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މީކާއީލު މިހެން ވިދާޅުވީ، “އެމްޑީޕީ މެންބަރުންގެ ވޯޓާއެކު ޒަމީލްގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި” މި ސުރުޚީގެ ދަށުން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ހިމަނުއްވައި ކުރެއްވި ޓްވީޓެއްގައެވެ. ރައްޔިތުންގެ...

އެމްޑީޕީގެ މެންބަރުންގެ ތާއީދާއެކު ޒަމީލުގެ މައްސަލަ ކޮމެޓީން ބޭރުކޮށްލައިފި
Parliament

އެމްޑީޕީގެ މެންބަރުންގެ ތާއީދާއެކު ޒަމީލުގެ މައްސަލަ ކޮމެޓީން ބޭރުކޮށްލައިފި

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ހަސަން ޒަމީލް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދިނުމަށް މަޖިލީހުގެ އިމްތިޔާޒު އަދި ސްލޫކު ކޮމިޓީ އަށް ހުށަހެޅި މައްސަލަ ރޭ ބޭރުކޮއްލައިފި އެވެ. މަޖިލީހުގެ އިމްތިޔާޒް އަދި ސްލޫކް ކޮމެޓީއަށް އެ މައްސަލަ ހުށަހެޅުއްވީ ވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދު އެ މައްސަލަ ހުށަހެޅުއްވީ، އެމަނިކުފާނު އަވަހާރަ ކޮށްލަން މޭމަހުގެ 6 ވަނަ ދުވަހުގެރޭ ނުރައްކާތެރި […]

ވަކިވަކި ސިފައިން ޖަވާބު ދާރީ ނުކުރެވޭނެ، އެކަން ކުރާނީ މުއައްސަސާއިން: ސިފައިން
Raajje

ވަކިވަކި ސިފައިން ޖަވާބު ދާރީ ނުކުރެވޭނެ، އެކަން ކުރާނީ މުއައްސަސާއިން: ސިފައިން

ކުރީގެ ރައީސް، މިހާރުގެ މަޖިލިސް ރައީސް މުހައްމަަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)އިން ކުރިއަށް ގެންދާ ތަހުގީގަށް ޖަވާބުދާރީ ވާނީ ވަކިވަކި ސިފައިން ނޫން ކަމަށާއި އެ ކޮމިޓީއަށް ޖަވާބުދާރީ ވާނީ މުޅި ސިފައިން ކަމަށް ރާއްޖޭގެ ދިފާޢީ ބާރުން ވިދާޅުވެއްޖެއެވެ، ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން 241 ކޮމިޓީއިން މިހާރު ގެންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުކޮށް މައުލޫމާތު އޮޅުން ފިލުވުމަށް […]

ތުއްތު ފުރާނައެއް ވަކިވިގޮތް ވަރަށް ކައިރިން ބަލަންޖެހޭ، މިކަން ތަކުރާރު ނުވާނެހެން ބައްޓަންކުރަން ޖެހޭ
Thiladhunmathi News

ތުއްތު ފުރާނައެއް ވަކިވިގޮތް ވަރަށް ކައިރިން ބަލަންޖެހޭ، މިކަން ތަކުރާރު ނުވާނެހެން ބައްޓަންކުރަން ޖެހޭ

ތުއްތު ފުރާނައެއް ވަކިވިގޮތް ވަރަށް ކައިރިން ބަލަންޖެހޭ ކަމަށާއި، އެފަދަ ކަންކަން ތަކުރާރު ނުވާނެހެން ނިޒާމް ބައްޓަންކުރަން ޖެހޭ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި ސަރުކާރުގެ ފަރާތުން، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު ހުށަހަޅުއްވާފައިވާ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާޢީ ބަހުސްގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކައިގައެވެ. ޔާސިރުގެ...

ދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް ގާނޫނަށް އިސްލާހް ގެންނަނީ
Raajje

ދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް ގާނޫނަށް އިސްލާހް ގެންނަނީ

އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ޢަމަލުތައް ވަކިން ހިމަނައި، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން ނިންމައިފި އެވެ. އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ނަފްރަތުގެ ޢަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކަމާބެހޭ ބިލެއް ހުށަހަޅާފައިވާ ކަމ...

މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ޖިނާއީ ކުށަކަށް ހަދާ އިސްލާހާ ޤާސިމް ދެކޮޅު
Parliament

މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ޖިނާއީ ކުށަކަށް ހަދާ އިސްލާހާ ޤާސިމް ދެކޮޅު

މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ކާފަރެއް ކަމަށް ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހާއި ދެކޮޅު ކަމަށް މާމިނގިލީ ދާއިރާގެ މެންބަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ. ޤާސިމް މިހެން ވިދާޅުވީ، އެ މަނިކުފާނު އިންނަވާ ޖުމްހޫރީ ޕާޓީގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ. އެ އިސްލާޙް ހިމެނޭ ބިލުގެ ފުރަތަމަ ސަފްހާ އެ ގްރޫޕްގައި ހިއްސާކުރަށް ވަމުން ޤާސިމް ވިދާޅުވެފައި ވަނީ “މި އިސްލާޙް […]

ވިޔަފާރީގެ އުސޫލުން "ނަމަކަށް" އީއައިއޭ ރިޕޯޓް ހެދުން ހުއްޓާލަން ޖެހޭ: ޔާސިރު
Thiladhunmathi News

ވިޔަފާރީގެ އުސޫލުން "ނަމަކަށް" އީއައިއޭ ރިޕޯޓް ހެދުން ހުއްޓާލަން ޖެހޭ: ޔާސިރު

ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުން ވީހާވެސް ކުޑަކުރުމަށްޓަކައި، ތަރައްގީގެ މަޝްރޫޢުތަކަށް ހެދޭ އެންވަޔަރމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓު ވާންޖެހޭނީ ވިޔަފާރީގެ އުސޫލުން “ނަމަކަށް” ހެދޭ ރިޕޯޓަކަށް ނޫންކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިހެން ވިދާޅުވީ އިއްޔެގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ކ. ދިއްފުށްޓަށް އުދައެރުމުގެ ސަބަބުން ދިމާވެފައިވާ ގެއްލުންތަކާ ގުޅިގެން އެ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ހުށަހަޅުއްވާފައިވާ ކ...

އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމަކީ ކުށަކަށް ހަދަން ހުށަހަޅައިފި
Parliament

އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމަކީ ކުށަކަށް ހަދަން ހުށަހަޅައިފި

އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމަކީ ކުށެއްކަމަށް ހިމަނައި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލު ސްޕޮންސާ ކުރަށްވާފައި ވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންއެވެ. މިއަދު ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ. މި ބިލުގައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 123 ވަނަ […]

ކޭއާރުއެޗްގެ ސްޓާފުންނަށް ފްރަންޓްލައިން އެލަވަންސް ނުލިބޭތީއާއި ފެސިލިޓީއެއް ނެތުމުން ޔާސިރުގެ ކަންބޮޑުވުން
Parliament

ކޭއާރުއެޗްގެ ސްޓާފުންނަށް ފްރަންޓްލައިން އެލަވަންސް ނުލިބޭތީއާއި ފެސިލިޓީއެއް ނެތުމުން ޔާސިރުގެ ކަންބޮޑުވުން

ކުޅުދުއްފުށީ ސިޓީގައި ކޯވިޑް ފެސިލިޓީއެއް ނެތުމުންނާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ފްރަންޓްލައިން އެލަވަންސް ނުލިބޭތީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ. ޔާސިރު މިކަންބޮޑުވުން ފާޅުކުރެއްވީ، މިއަދުގެ މަޖިލިސް ޖަލްސާގައި، ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދިނުމަށް ހުރިދަތިތައް ބަލައި، އެކަންކަން ރަނގަޅު ކުރުމަށް ގޮވައިލާ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ހުށަހެ...