Skip to main content
Topic Archive

#މަޖިލިސް

912 Stories filed
ބަޖެޓް 2022: 160 ޑޮކްޓަރުންނާއި، 200 އަށްވުރެ ގިނަ ނަރުހުން އިތުރުކުރަން ހިމަނައިފި
Raajje

ބަޖެޓް 2022: 160 ޑޮކްޓަރުންނާއި، 200 އަށްވުރެ ގިނަ ނަރުހުން އިތުރުކުރަން ހިމަނައިފި

ސިއްހީ ހިދުމަތްތެރިން މަދުވުމުގެ ސަބަބުން އެންމެ އެކަށީގެންވާ ފަރުވާދިނުމަށް އެޅޭ ހުރަސްތަކަށް ޙައްލު ހޯދުމަށް 160 ޑޮކްޓަރުންނާއި، 200 އަށްވުރެ ގިނަ ނަރުހުން އިތުރުކުރަން އަންނަ 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ. މިއަދު ރައްޔިތުންގެ މަޖިލިސްއަށް އަންނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭން މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވީ، ޞިއްޙީ ދާއިރާގައި ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ، ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ. މި...

ބަޖެޓް 2022: ކައުންސިލްތަކަށް 1.5 ބިލިއަން ރުފިޔާގެ ހިލޭ އެހީ
Raajje

ބަޖެޓް 2022: ކައުންސިލްތަކަށް 1.5 ބިލިއަން ރުފިޔާގެ ހިލޭ އެހީ

ލޯކަލް ކައުންސިލްތަކަށް 1.5 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދިނުމަށް އަންނަ އަހަރަށް ލާފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފި އެވެ. 2020 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް މިއަދު ވަނީ ރައްޔިތުންގެ މަޖިލިސްއަށް ހުށަހަޅާފައެވެ. މި ބަޖެޓް ހުށަހަޅުއްވާ ދެއްވީ ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރެވެ. ލޯކަލް ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓު ހިލޭ އެހީދޭ ގޮތަށް ހަމަޖެއްސީ މިސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހުއެވެ. މިގޮތުން ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދިނުމުގެ އިނ...

ވޯޓު ކައިރިވުމުން ރައްޔިތުންގެ "ލޮލުގައި އަނދުން" އެޅުވުމަށް ތޮށިގަނޑުތައް ޖެހުމުން ރަށްތަކަށް ލިބޭ ގެއްލުން މާބޮޑު: ޝަހީމް
Thiladhunmathi News

ވޯޓު ކައިރިވުމުން ރައްޔިތުންގެ "ލޮލުގައި އަނދުން" އެޅުވުމަށް ތޮށިގަނޑުތައް ޖެހުމުން ރަށްތަކަށް ލިބޭ ގެއްލުން މާބޮޑު: ޝަހީމް

ރަނގަޅަށް ދިރާސާ ނުކޮށް، ވޯޓު ކައިރިވުމުން ރައްޔިތުންގެ “ލޮލުގައި އަނދުން” އެޅުވުމަށް ތޮށިގަނޑުތައް ޖެހުމުން ރަށްތަކަށް ލިބޭ ގެއްލުން މާބޮޑުކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވެއްޖެ އެވެ. ވ. ފެލިދޫ ގިރާ ސަރަހައްދު ހިމާޔަތް ކޮށްދިނުމަށް އެދި ގޮވާލާ ގަރާރުގެ ކޮމެޓީ ރިޕޯޓަށް މަޖިލިސް ތަޅުމުގައި މިއަދު ބަހުސް ކުރައްވަމުން ޝަހީމް ވިދާޅުވީ، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަ ދެއްކުމުން އޭރު އެކަމަށް ފާޑުކިޔައި، ހަޖޫޖަހައި ރާއ...

3 މެންބަރުންނާއެކު އެމްއެންޕީ މަޖިލީހުގެ ދަފްތަރަށް
Parliament

3 މެންބަރުންނާއެކު އެމްއެންޕީ މަޖިލީހުގެ ދަފްތަރަށް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރައްޔިތުންގެ މަޖިލިސްގެ ދަފުތަރުގައި ހިމަނައިފިއެވެ. އެ ޕާޓީ މަޖިލީހުގެ ދަފުތަރުގައި ހިމެނިކަން ޢިއުލާން ކުރެއްވީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ ފައްޓަވައި ދެއްވަމުން، ރިޔާސަތުން މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. އެމްއެންޕީ މަޖިލީހުގެ ދަފްތަރުގައި ހިމެނިއިރު، އެ ޕާޓީ އުފެއްދުމަށް އިސްކޮށް އުޅުއްވި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި، ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު...

ކަންބޮޑުވެގެން އުޅޭތަން ފެންނަނީ ރައްޔިތަކަށް ސަބްސިޑީއެއް ދޭންޖެހުމުން: ޝިޔާމް
Parliament

ކަންބޮޑުވެގެން އުޅޭތަން ފެންނަނީ ރައްޔިތަކަށް ސަބްސިޑީއެއް ދޭންޖެހުމުން: ޝިޔާމް

ރައްޔިތުންގެ މަޖިލިސްގައި އެމްޑީޕީ ތަމްސީލް ކުރައްވާ މެންބަރުން ކަންބޮޑުވެގެން އުޅެނީ ރައްޔިތަކަށް ސަބްސިޑީއެއް ދޭންޖެހުމުން ކަމަށާއި، ދައުލަތް ފުރާލައި ސިޔާސީ މަގާމުތަކަށް މީހުންލައި، ކިތަންމެ ބޮޑު ޚަރަދެއް ކުރިއަސް އެ ބޭފުޅުންނަށް “އޯކޭ”ކަމަށް ނައިފަރު ދާއިރާގެ މެންބަރު، ޕީޕީއެމްގެ ނައިބް ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ، ކުރީ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި މާފަންނު ހުޅަނގު ދާއިރާގެ...

ހިޔާ މަޝްރޫޢުގެ ފެށުން ވެސް ގޯސް، ރަނގަޅަށް ކުރި އެންމެ ކަމެއް ނަމަވެސް ބުނެދޭން ގޮވާލައިފި
Thiladhunmathi News

ހިޔާ މަޝްރޫޢުގެ ފެށުން ވެސް ގޯސް، ރަނގަޅަށް ކުރި އެންމެ ކަމެއް ނަމަވެސް ބުނެދޭން ގޮވާލައިފި

ހިޔާ މަޝްރޫޢުގެ ފެށުން ވެސް ގޯސް ކަމަށާއި، އެ މަޝްރޫޢުގައި ރަނގަޅަށް ކުރި އެންމެ ކަމެއް ނަމަވެސް ބުނެދޭން ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ގޮވާލައްވައިފިއެވެ. ސައްލެ މިހެން ވިދާޅުވީ، ކުރީ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އެ މައްސަލައަކީ […]

އިދިކޮޅުން އެންމެ ފަހުން ބޭއްވި މުޒާހަރާގެ މަގްސަދަކީ ޔާމީން ނޫން ކެންޑިޑޭޓެއް ނެރުން: ބޮންޑެ
Parliament

އިދިކޮޅުން އެންމެ ފަހުން ބޭއްވި މުޒާހަރާގެ މަގްސަދަކީ ޔާމީން ނޫން ކެންޑިޑޭޓެއް ނެރުން: ބޮންޑެ

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެންމެ ފަހުން ބޭއްވި މުޒާހަރާގެ މަގުސަދަކީ، އިދިކޮޅު ލީޑަރު ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ނޫން ކެންޑިޑޭޓެއް އަންނަ ރިޔާސީ އިންތިޚާބަށް ޕީޕީއެމްއިން ނެރުން ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާޙީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ. މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ބިލު، ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ބޮންޑޭ ވިދާޅުވީ، ފުރަތަމަ ވިސްނަންވީ ރާއްޖޭގެ ސަލާމަތާއި ރައްކާ...

އޮޑިޓް އޮފީހުގެ ގިނަ މަސައްކަތްތައް އަތޮޅުތަކުގައި ހުރިއިރު އަތޮޅުތަކަށް އިސްކަންދޭންޖެހޭ: ވަހީދު
Parliament

އޮޑިޓް އޮފީހުގެ ގިނަ މަސައްކަތްތައް އަތޮޅުތަކުގައި ހުރިއިރު އަތޮޅުތަކަށް އިސްކަންދޭންޖެހޭ: ވަހީދު

އޮޑިޓާ ޖެނެރަލް އޮފީހުގެ ގިނަ މަސައްކަތްތަކެއް އަތޮޅުތަކުގައި ހުރިއިރު މާލޭގައި ހުންނަ އޮޑިޓް އޮފީސް ފުރެންދެން މުވައްޒަފުންލައިގެން ތިބުމުގެ ބަދަލުގައި، އޮޑިޓް އޮފީހުގެ ސަރަހައްދީ އޮފީސްތަކަށް އެކަށޭނަ މުވައްޒަފުން ހަމަޖައްސައި އަތޮޅުތަކަށް އިސްކަންދޭންޖެހޭ ކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ. ވައްޑޭ މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި އޮޑިޓަރ ޖެނެރަލް އޮފީހުގެ 2022 ވަނަ އަހަރުގެ ބަޖެޓު، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓ...

އިހަވަންދިއްޕޮޅުން އާގު ބޯޓު ފަހަރަށް ޚިދުމަތް ލިބޭނެ ގޮތްހެދުން، ގައުމަށް މިލިއަނުން ފައިސާ ވަންނާނެ މަގެއް
Report

އިހަވަންދިއްޕޮޅުން އާގު ބޯޓު ފަހަރަށް ޚިދުމަތް ލިބޭނެ ގޮތްހެދުން، ގައުމަށް މިލިއަނުން ފައިސާ ވަންނާނެ މަގެއް

ހއ. އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށް ދިނުމަށް އެދި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) މިއަދު މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައިވާއިރު، އެ އެ ގަރާރަކީ އެކަަމަށް ބާރުދޭ އެތައް ސަބަބުތަކެއް ދައްކަވަމުން އިލްމީ، ފަންނީ ހެކިތަކާއެކު ހުށަހަޅުއްވާފައިވާ ގަރާރެކެވެ. އެކަމަކީ މާ ބޮޑު އިންވެސްޓްމެންޓެއް ނުކޮށްވެސް މިލިއަނުން ފައިސާ ލިބިދާނެ ކަމެއްކަން އެ ގަރާރުން ބުނެދެއެވެ. މި ހިދުމަތް ދެވޭނެ މަގު ފަހިކޮށް ދިނުމަކީ އިހަވަންދިއްޕޮޅާއި، ތިލަދުންމަ...

އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށް ދިނުން އެދި ގަރާރެއް
Thiladhunmathi News

އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށް ދިނުން އެދި ގަރާރެއް

އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށް ދިނުން އެދި ގަރާރެއް ރައްޔިތުންގެ މަޖިލިސްއަށް ގަރާރެއް ހުށަހަޅައިފިއެވެ. ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) މިއަދު ހުށަހެޅުއްވި މިގަރާރުގެ ފުރަތަމަ ކިޔުން މިއަދު އޮތް ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވަނީ އިއްވާފައެވެ. މި ގަރާރުގައި ވަނީ ކޯވިޑް-19 ގެ ޢާލަމީ ވަބާގެ ތެރޭގައި ގައުމުތަކުގެ ބޯޑަރުތައް ބަންދުވެ، ދުނިޔޭގެ އިގްތިސާދު ހުއްޓުމަކަށް އައި ހިނދު، ދިވެހިރާއްޖޭގެ އިގްތިސާދު އެ ކަމަކަށް ބަރޯސާވެފައި އޮ...

މަސްތުވާތަކެތިން ގައުމު ސަލާމަތްކުރަން ކުރީ ސަރުކާރަށް ލިބުނު އެހީގެ ފައިސާއިން ވެސް ކުރީ ވައްކަން: ޝިފާޢު
Raajje

މަސްތުވާތަކެތިން ގައުމު ސަލާމަތްކުރަން ކުރީ ސަރުކާރަށް ލިބުނު އެހީގެ ފައިސާއިން ވެސް ކުރީ ވައްކަން: ޝިފާޢު

މަސްތުވާތަކެތިން ރާއްޖެ ސަލާމަތްކުރުމަށް ކުރީ ސަރުކާރުގެ ދުވަސްވަރު ވެސް ބޭރުގެ ބޮޑެތި އެހީތަކެއް ލިބިގެން ދިޔަ ކަމަށާއި، ނަމަވެސް އެ ފައިސާއިން ވެސް ކުރީ ވައްކަން ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. ޝިފާޢު މިހެން ވިދާޅުވީ، މިއަދު ކުރިއަށްދާ މަޖިލިސް ޖަލްސާގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ދޫވަމުން ދާކަމަށް ބުނެ އިދިކޮޅު މެންބަރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ބައިވެރިވެ ދެއްކެވި ވާހަކާގައެވެ....

100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކެއް ރާއްޖެއިން ފުރައިފި: އާދަމް ޝަރީފް
Parliament

100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކެއް ރާއްޖެއިން ފުރައިފި: އާދަމް ޝަރީފް

100 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކެއް މިހާރު ވަނީ ރާއްޖެ ދޫކޮށް ފުރައިގެން ގޮސްފައިކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، މިއަދު ކުރިއަށްދާ މަޖިލިސް ޖަލްސާގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ދޫވަމުން ދާކަމަށް ބުނެ އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އާދަމް ޝަރީފް ވިދާޅުވީ، މަސްތުވާ ތަކެތީގެ މައްސަލައަކީ ރާއްޖޭގައި ޒަމާންތަކެއް ވަންދެން ދެމިގެން ގޮސްފައިވާ އޭގ...

ގައިދީއަކަށް އަނިޔާ ކޮށްފިނަމަ އެކަންކުރި އޮފިސަރަކު މަގާމުގައި ނުހުންނާނެ: އިމްރާން
Parliament

ގައިދީއަކަށް އަނިޔާ ކޮށްފިނަމަ އެކަންކުރި އޮފިސަރަކު މަގާމުގައި ނުހުންނާނެ: އިމްރާން

ޖަލުގެ ތެރޭގައި ގައިދީއަކަށް އަނިޔާއެއްކޮށްފިކަމަށްވާނަމަ އެ އޮފިސަރަކު ދެން އޮފިސަރެއްގެ ގޮތުގައި ނުހުންނާނެކަން ހުރިހާ އޮފިސަރުންނަށް ވަރަށް ސާފުކޮށް އެނގޭނެކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދާ މަޖިލިސް ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި، މަޖިލިސް ތަޅުމަށް ވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ތެރެއިން ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނ...

ކުޅުދުއްފުށިން ލިބޭ ފެނުގެ ޚިދުމަތު އަގުގައި ތަފާތު ހުރުމުންނާއި، ނަރުދަމާއިން ފީ ނަގާތީ ކަންބޮޑުވުން
Parliament

ކުޅުދުއްފުށިން ލިބޭ ފެނުގެ ޚިދުމަތު އަގުގައި ތަފާތު ހުރުމުންނާއި، ނަރުދަމާއިން ފީ ނަގާތީ ކަންބޮޑުވުން

ކުޅުދުއްފުށިން ލިބޭ ފެނުގެ ޚިދުމަތު އަގުގައި ތަފާތު ހުރުމުންނާއި، ނަރުދަމާއިން ފީ ނަގާތީ ކަންބޮޑުވުން ކުޅުދުއްފުށީގައި ދެވޭ ފެނުގެ ޚިދުމަތު އަގުގައި ތަފާތު ހުރުމުންނާއި، ނަރުދަމާއިން ފީ ނަގާތީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ޔާސިރު މިކަންބޮޑުވުން ފާޅުކުރެއްވީ، ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި ސްޓެލްކޯގެ ޖެނެރޭޓަރުތަކާއި ދުންހޮޅިތަކާއި ތެޔޮތާނގީތައް މީހުން ދިރިއުޅޭ ސަރަޙައްދާ މާގާތުގައި ބ...

ކާށިދޫ ކައުންސިލުން ޖާބިރު ހައްޔަރުކުރަން ގޮވާލައި، އޭނާއަށް ނަސޭހަތްތެރިވެއްޖެ
Raajje

ކާށިދޫ ކައުންސިލުން ޖާބިރު ހައްޔަރުކުރަން ގޮވާލައި، އޭނާއަށް ނަސޭހަތްތެރިވެއްޖެ

ކ. ކާށިދޫ ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ޖާބިރު ހައްޔަރުކުރުމަށް ގޮވާލައި، ދާއިރާގެ ރައްޔިތުންގެ އިހްސާސްތަކާއެއްގޮތަށް ވަކާލާތުކޮށް ދިނުމަށް އެދި އޭނާއަށް ނަސޭހަތްތެރިވެއްޖެއެވެ. ކާށިދޫ ކައުންސިލްގެ 5 މެންބަރުން ސޮއިކޮށް މިއަދު ނެރުނު ޤަރާރެއްގައި ބުނެފައި ވަނީ، ކީރިތި ވަންތަ މާތް ﷲ ގެ ޙަޟުރަތުގައި ގަބޫލުވެވިގެންވާ ދީނަކީ ހަމައެކަނި އިސްލާމްދީން ކަމަށް، ޞަރީޙަ ޢިބާރާތުން ބަޔާންކޮށްދެއްވާފައި ވާކަމަށެވެ. އަދި ދިވެހި ރާއްޖޭގެ އެންމެހައި ރައްޔިތުންނަކީ މުސްލި...