Skip to main content
Topic Archive

#މަޖިލިސް

912 Stories filed
އަންހެނުން މިހާރު ފިރިހެނުންނަކަށް ދުލެއް ނުކުރާނެ: ޝާހިދު
Thiladhunmathi News

އަންހެނުން މިހާރު ފިރިހެނުންނަކަށް ދުލެއް ނުކުރާނެ: ޝާހިދު

އަންހެނުން ބާރުވެރިކޮށް، ހައްގު މަގާމު ހޯދައި ދިނުމަކީ އެމްޑީޕީން ކުރަމުން އަންނަ މަސައްކަތެއްކަމަށާއި، އަންހެނުން މިހާރު ފިރިހެނުންނަކަށް ދުލެއް ނުކުރާނެކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ. މެމްބަރު ޝާހިދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ހުށަހަޅުއްވާފައިވާ އަންހެން ކައުންސިލަރުންނާއި، އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން މަސްއޫލިއްޔަތު އަދާކުރުމަށް ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށް ގޮވ...

އެމްޑީޕީއަށް ވެރިކަމަށް އަންނަން ފަސޭހަވާނީ ސަރުކާރަށް ތާއީދު ކުރާ މީހަކު ޗެއާޕާސަންކަމަށް ހޮވައިގެން: އިބްރޭ
Parliament

އެމްޑީޕީއަށް ވެރިކަމަށް އަންނަން ފަސޭހަވާނީ ސަރުކާރަށް ތާއީދު ކުރާ މީހަކު ޗެއާޕާސަންކަމަށް ހޮވައިގެން: އިބްރޭ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ވެރިކަމަށް އަންނަން ފަސޭހަވާނީ ސަރުކާރަށް ތާއީދު ކުރާ މީހަކު ޗެއާޕާސަންކަމަށް ހޮވައިގެންކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. ސަންގު ޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އިބްރޭ ވިދާޅުވީ، އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި އެމްޑީޕީގެ އެންމެ ބޮޑު އަމާޒަކަށް ވާންވާނީ، އެ ޕާޓީން ރައްޔިތުންނާއި ހަމައަށް ގެނެސްދިން މެނިފެސްޓޯއާއެކީ ރައްޔިތުން އެދޭ، ހެޔޮ ވެރިކަމެއް ކޮށްދިނުން ކަމަށެވެ. އޭނާ ފާހ...

ދިއްދޫގައި އައިސްޕްލާންޓް ގާއިމުކޮށް ޚިދުމަތްފެށޭނީ 2023 ގެ މާރިޗް މަހުގައި ކަމަށް ލަފާކޮށްފި
Thiladhunmathi News

ދިއްދޫގައި އައިސްޕްލާންޓް ގާއިމުކޮށް ޚިދުމަތްފެށޭނީ 2023 ގެ މާރިޗް މަހުގައި ކަމަށް ލަފާކޮށްފި

ދެވަނަ ފަހަރަށް ހުޅުވާލާ ބީލަމުގައި ބުނާ ހަމަތަކާއެއްގޮތަށް ކަންކަން ދާނަމަ ހއ. ދިއްދޫގައި ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ 25 ޓަނުގެ އައިސްޕްލާންޓްގެ މަސައްކަތް ނިންމައި ޚިދުމަތް ދޭން ފެށޭނީ 2023 ވަނަ އަހަރުގެ މާރިޗް މަހުގެ ތެރޭގައި ކަމަށް ލަފާކުރެއްވޭ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ، ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެވެ. މިނިސްޓަރު ހުސެއިން މިހެން ވިދާޅުވީ، އެކަމާއިގުޅޭގޮތުން ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދު (ވައްޑޭ) ލިޔުމުން ޖަވާބު ހޯދަން […]

ދައުލަތް ސިފަވެފައި އޮންނަނީ ބޮޑު ވިޔަފާރި ކުންފުންޏެއް ގޮތަށް: ސައުދު
Parliament

ދައުލަތް ސިފަވެފައި އޮންނަނީ ބޮޑު ވިޔަފާރި ކުންފުންޏެއް ގޮތަށް: ސައުދު

ޒަމާނުއްސުރެ ދިވެހި ދައުލަތް ސިފަވެފައި އޮންނަނީ ބޮޑު ވިޔަފާރި ކުންފުންޏެ ގޮތަށް ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ. ސައުދު މިހެން ވިދާޅުވީ، މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވާފައިވާ، ކުންފުނީގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ސައުދު ވިދާޅުވީ، ދިވެހިރާއްޖޭގައި ކުންފުނިތަކާ ބެހޭ ކަންކަން އިކޮނޮމިކް މިނިސްޓްރީގެ ތެރެއިން ހިންގާތާ ދުވަސްތަކެއް ވެއްޖެ ކަމަށެ...

ޒަމާނަށް ފެތޭ ކުންފުންޏާބެހޭ ޤާނޫނެއް އޮތުން މުހިންމު: ނާޒިމް
Parliament

ޒަމާނަށް ފެތޭ ކުންފުންޏާބެހޭ ޤާނޫނެއް އޮތުން މުހިންމު: ނާޒިމް

ޒަމާނަށް ފެތޭ، ކުންފުންޏާބެހޭ ޤާނޫނެއް އޮތުމަކީ ބަވަނަވަމުންދާ ޒަމާނެއްގައި މުހިންމުކަމެއްކަމަށް ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ނާޒިމް މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން، ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވާފައިވާ، ކުންފުނީގެ ބިލުގެ ބަހުސްގައި މިއަދު މަޖިލިސް ތަޅުމުގައި ވާހަކަ ދައްކަވަމުންނެވެ. މިހާރު އަމަލުކުރެވެމުންދާ ކުންފުން...

ޖެއްސުންކޮށްގެން މައްސަލަ ހައްލެއްނުވާނެ، އިދިކޮޅުން ކަންކުރާގޮތުން ދަތިވޭ: އިބްރޭ
Parliament

ޖެއްސުންކޮށްގެން މައްސަލަ ހައްލެއްނުވާނެ، އިދިކޮޅުން ކަންކުރާގޮތުން ދަތިވޭ: އިބްރޭ

ސިއްހީ ދާއިރާގައި ކުރިމަތިވާ މައްސަލަތައް ހައްލުވާނީ ސަރުކާރަށް ޖެއްސުންނުކޮށް އެންމެންވެސް އެކަމާއި އުޅިގެންކަމަށާއި، އިދިކޮޅު ފަރާތްތަކުގެ އަމަލުތައް ހުންނަގޮތުން އެކަން ހައްލުކުރުމަށް ގޮންޖެހުންތައް ކުރިމަތިވާކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެ އެވެ. ލ. ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ހިދުމަތްތައް ރަނގަޅަށް ނުލިބޭ ކަމަށް ބުނެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގެ ބަހުސްގައި ތަޅުމުގައި އިއްޔެ ވާހަކަ...

ހާޒިރުވާން ނުޖެހޭތީ ޕީޕީއެމް ސަރުކާރުގެ އެއްވެސް ވަޒީރަކު މަޖިލީހުގައި ދޮގުހަދާފައެއް ނެތް: ދޮންބިލެތް
Parliament

ހާޒިރުވާން ނުޖެހޭތީ ޕީޕީއެމް ސަރުކާރުގެ އެއްވެސް ވަޒީރަކު މަޖިލީހުގައި ދޮގުހަދާފައެއް ނެތް: ދޮންބިލެތް

ޕީޕީއެމް ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުގައި ހުރީ ބޮޑުތަޅު އަޅުވާފައި ކަމަށާއި، އެހެންވެ މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވާން ނުޖެހޭތީ އެ ސަރުކާރުގެ އެއްވެސް ވަޒީރަކަށް މަޖިލީހުގައި ދޮގުހަދަން ވެސް ނުޖެހޭ ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލެތް އަޙްމަދު) ވިދާޅުވެއްޖެއެވެ. މިއަދު ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ ރައްޔިތުންގެ މަޖިލީހުގައި ވަޒީރުން ދޮގުހައްދަވާފައިވާކަމަށާއި، އެހެންވެ އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސް...

ތެދުހަދާ ވަޒީރަކު ހުރިނަމަ އެއީ ޢިމްރާން: ޖާބިރު
Parliament

ތެދުހަދާ ވަޒީރަކު ހުރިނަމަ އެއީ ޢިމްރާން: ޖާބިރު

ދިވެހިރާއްޖޭގައި ތެދުހަދާ ވަޒީރަކު ހުރިކަމަށްވާނަ އެ ވަޒީރަކީ ހޯމް މިނިސްޓަރު ޝައިޚް ޢިމްރާން ޢަބުދުﷲ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. މިއަދު ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ ރައްޔިތުންގެ މަޖިލީހުގައި ވަޒީރުން ދޮގުހައްދަވާފައިވާކަމަށާއި، އެހެންވެ އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސް، ފިޔަވަޅު އަޅަން ގޮވައިލާ މައްސަލައެއް ހުށަހަޅުއްވާފައެވެ. އެމްޑީޕީގެ މެންބަރުންގެ ތާއީދާއެކު 18 މެންބަރުންގެ ވޯޓުން އެ މައްސަލަ...

އައިހެވަން މަޝްރޫޢުގެ ނަމުގައި ފޮޓޯ ދައްކައިގެން ދެއްކީ ދަޅައެއް: ރިޟާ
Thiladhunmathi News

އައިހެވަން މަޝްރޫޢުގެ ނަމުގައި ފޮޓޯ ދައްކައިގެން ދެއްކީ ދަޅައެއް: ރިޟާ

އައިހެވަން މަޝްރޫޢުގެ ނަމުގައި ކުރީ ސަރުކާރުން ތްރީޑީ ފޮޓޯ ދައްކައިގެން ބޮޑުތިލަދުންމަތީ ރައްޔިތުންނަށް ދެއްކީ ދަޅައެއްކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ. އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށް ދިނުން އެދި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވަނީ 20 އޮކްޓޯބަރު 2021 ގައި މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައެވެ. މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީން އެ ޤަރާރު ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓަށް މިއަދު މަޖިލީހުގެ ޖަލްސާގައި ވަނީ [...

އިހަވަންދިއްޕޮޅު ތަސައްވުރަށް ޖެހުނު މުސީބާތަކީ އިންޑިއާ: ޝިޔާމް
Thiladhunmathi News

އިހަވަންދިއްޕޮޅު ތަސައްވުރަށް ޖެހުނު މުސީބާތަކީ އިންޑިއާ: ޝިޔާމް

އިހަވަންދިއްޕޮޅުގެ ތަސައްވުރަކީ ކުރީ ސަރުކާރުގައި ރައީސް ޔާމީން ގެންގުޅުއްވި ވަރަށް ފުރިހަމަ ތަސައްވުރެއްކަމަށާއި، ތަސައްވުރަށް ޖެހުނު “މުސީބާތަކީ” އިންޑިއާކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޝިޔާމް އަވަށްޓެރި އިންޑިޔާގެ ބޮލުގައި މިފަދަ ތުހުމަތެއް އަޅުވާފައި ވަނީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނ...

"ރ. އަތޮޅުގައި އެއާޕޯޓެއް އަޅަން މަސައްކަތް ފެއްޓުމަކީ އެކަށީގެންވާ ކަމެއް"
Parliament

"ރ. އަތޮޅުގައި އެއާޕޯޓެއް އަޅަން މަސައްކަތް ފެއްޓުމަކީ އެކަށީގެންވާ ކަމެއް"

ރ. އަތޮޅުގެ ދެކުނު އެއާޕޯޓެއް ތަރައްގީކުރަން ނިންމާފައިވާ ކަމަށާއި، މި ސަރުކާރުގެ ދައުރުގެ ބާކީ މިއޮއް ދުވަސްތަކުގެ ތެރޭގައި އެއާޕޯޓް އަޅަންފެށުމަށް މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ އިތުރު ވަގުތުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ ރ. އަތޮޅު ދެކުނުގައި އެއާޕޯޓެއް އެޅޭނެ ރަށެއް ކަނޑައެޅޭނީ ކޮން ތާރީޚ...

"ކުޅުދުއްފުށީ އައު ބަނދަރުގެ މައްސަލަ އެއްބަސްވިގޮތަށް ހައްލުކޮށްދޭނަން"
Thiladhunmathi News

"ކުޅުދުއްފުށީ އައު ބަނދަރުގެ މައްސަލަ އެއްބަސްވިގޮތަށް ހައްލުކޮށްދޭނަން"

ކުޅުދުއްފުށީ ސިޓީގެ އައު ބަނދަރުގެ މައްސަލަ ހައްލު ކުރުމަށް އެއްބަސްވެވިފައިވާގޮތަށް އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ އިތުރު ވަގުތުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުލްލަތީފް ކުޅުދުއްފުށީ އައު ބަނދަރުގެ މައްސަލައާއި ގުޅިގެން ވަޒީރާ ކުރެއްވި ސުވާ...

އޭސީސީއަށް އައްޔަނުކުރަން ފޮނުވި ނަންތައް ފާސްކޮށްފި
Parliament

އޭސީސީއަށް އައްޔަނުކުރަން ފޮނުވި ނަންތައް ފާސްކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންތަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ. އޭސީސީއަށް މެންބަރުން ހޯދުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ ކަނޑައެޅުއްވި ފަސް ނަމެއް ފާސްކޮށްދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން އެ ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ފޮނުއްވީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެ ކޮމެޓީން އެ ނަންތައް...

ކެމްޕޭން ހުތުރުވީ މަޖިލިސް ތެރޭގައި މެންބަރުންނާއި ދިމާއަށް "މެއްސޭ މާބުރޭ" ގޮވުމުން: ރާޢީ
Parliament

ކެމްޕޭން ހުތުރުވީ މަޖިލިސް ތެރޭގައި މެންބަރުންނާއި ދިމާއަށް "މެއްސޭ މާބުރޭ" ގޮވުމުން: ރާޢީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިހާބަށް ތައްޔާރުވުމަށް ކުރިއަށްދާ ކެމްޕޭން ހުތުރުވީ، ރައްޔިތުންގެ މަޖިލިސް ތެރޭ ޕާޓީގެ މެންބަރުންނާ ދިމާއަށް “މެއްސޭ މާބުރޭ” ގޮވުމުން ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. މެންބަރު ރާޢީ މިހެން ވިދާޅުވީ ރޭ ކުރިއަށް ދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އަންނަ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު ބާއްވަން ކުރިން ނިންމާފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ފަސްކުރަން ފެނޭތޯ...

ކުޅުދުއްފުށީގައި ފެނަކައިގެ މައި އޮފީހެއް ގާއިމުކުރެވިއްޖެނަމަ ސަރަހައްދުގެ ރައްޔިތުންނަށް ބޮޑު ފަސޭހައެއް ލިބޭނެ: ރާޢީ
Parliament

ކުޅުދުއްފުށީގައި ފެނަކައިގެ މައި އޮފީހެއް ގާއިމުކުރެވިއްޖެނަމަ ސަރަހައްދުގެ ރައްޔިތުންނަށް ބޮޑު ފަސޭހައެއް ލިބޭނެ: ރާޢީ

ކުޅުދުއްފުށީ ސިޓީގައި ފެނަކައިގެ މައި އޮފީހެއް ގާއިމުކުރެވިއްޖެނަމަ ސަރަހައްދުގެ ރައްޔިތުންނަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ރާއީ މިހެން ވިދާޅުވީ، މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ހުށަހަޅުއްވާފައިވާ ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާޙް ގެނައުމުގެ ބިލްގެ އިބްތިދާއީ ބަހުސްގެ ވަގުތުގައި ދެވަނަ ފުރުސަތެއް ހޯއްދަވައި ވާހަކަ ދައްކަވަމުނ...