Skip to main content
Topic Archive

#މަޖިލިސް

912 Stories filed
ސަރުކާރު ގާނޫނާ ހިލާފުވެފައިވާ ކަމަށް ވިދާޅުވެ، ނަޝީދުގެ ބަހުގެ ހަމަލާތަކެއް މިނިސްޓަރު އަސްލަމަށް
Parliament

ސަރުކާރު ގާނޫނާ ހިލާފުވެފައިވާ ކަމަށް ވިދާޅުވެ، ނަޝީދުގެ ބަހުގެ ހަމަލާތަކެއް މިނިސްޓަރު އަސްލަމަށް

“ހުޅުމާލެ ޕްލޭނިންގ އަދި އިމާރާތް ކުރުމުގެ ގަވާއިދު” ޕްލޭނިން މިނިސްޓްރީން މިއަދާ ހަމައަށް ވެސް ގެޒެޓް ކޮށްފައިނުވާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ބަހުގެ ހަމަލާތަކެއް، ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމަށް ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި އެ މައްސަލައިގައި ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު، ކޮމިޓީގެ މުގައްރިރު، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އެމްޑީއޭގެ މެމްބަރު އަޙްމަދު އާމިރު އިއްވެވުމުން ނަ...

ބޮޑުންނާއި ބައެއް މެންބަރުން ރަށްރަށް އެބަގަނޭ، އެކަމުންވާ ފައިދާއެއް ނުފެނޭ: އާދަމް ޝަރީފް
Parliament

ބޮޑުންނާއި ބައެއް މެންބަރުން ރަށްރަށް އެބަގަނޭ، އެކަމުންވާ ފައިދާއެއް ނުފެނޭ: އާދަމް ޝަރީފް

ސަރުކާރުގެ ބޮޑުންނާއި ބައެއް މެންބަރުން ރަށްރަށް ގަންނަމުންދާ ކަމަށާއި، ނަމަވެސް އެކަމުން ދައުލަތަށްވާ ފައިދާއެއް ނުފެންނަކަމަށް އިދިކޮޅު ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. ކުރިން ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް މިހެން ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި 2022 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުނ...

އިދިކޮޅުން ހީކުރީ ސަރުކާރު ގެއަށް ވަންނާނެ ކަމަށް، އެއަށް ވުރެ ރައީސް ޞާލިޙްގެ ހިތްވަރު މާ ގަދަ: ވަހީދު
Thiladhunmathi News

އިދިކޮޅުން ހީކުރީ ސަރުކާރު ގެއަށް ވަންނާނެ ކަމަށް، އެއަށް ވުރެ ރައީސް ޞާލިޙްގެ ހިތްވަރު މާ ގަދަ: ވަހީދު

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހީކުރީ ކޯވިޑާއި، ޔުކްރޭން ހަނގުރާމައާއި ގުޅިގެން މި ސަރުކާރު ގެއަށް ވަންނާނެ ކަމަށާއި، އެއަށް ވުރެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ހިތްވަރު މާ ގަދަކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ. ވައްޑޭ މިހެން ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި 2022 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް […]

މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ސަޔާއި ކެއުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ
Raajje

މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ސަޔާއި ކެއުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ސަޔާއި ކެއުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކުރައްވައިފި އެވެ. މަޖިލިސް އިދާރާ އިން ވިދާޅުވީ މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 26 ވަނަދުވަހުގެ ކުރިން ބީލަން ހުށައަޅަންޖެހޭނެ ކަމަށެވެ. އަދި ޕްރީ ބިޑް މީޓިންގ އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު ކަމަށެވެ. މީގެ އިތުރުން ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ އެ އިދާރާއިން ދީފައިވާ ލިންކް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ އަދި ޕްރީބިޑް މީޓީންގއަށް އަ...

ބަޖެޓަށް އިސްލާހު ހުށަހެޅުމަށް މެންބަރުންނަށް ތިން ދުވަސް
Raajje

ބަޖެޓަށް އިސްލާހު ހުށަހެޅުމަށް މެންބަރުންނަށް ތިން ދުވަސް

އަންނަ 2023 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް އިސްލާހު ހުށަހެޅުމަށް މެމްބަރުންނަށް ހުޅުވާލައިފި އެވެ. މެމްބަރުންނަށް އިސްލާހު ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އިސްލާހުތަކާއިއެކު މަޖިލީހުގެ ތަޅުމުގައި ބަޖެޓަށް ބަހުސް ފަށާނެ އެވެ. އެއަށްފަހު ތަޅުމަށް ބަޖެޓު ކޮމިޓީގެ ރިޕޯޓް ހުށަހެޅުމަށްފަހު ބަޖެޓާއިމެދު މެމްބަރުންނަށް ބަހުސް ކުރުމަށް ހަތް މިނިޓްގެ ވަގުތެއް ދިނުމަށް މަޖިލީހުގެ ރިޔާސަތުން ނިންމާފައި ވެއެވެ. އަދި މި ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހު ބަޖެޓް ފާސް ކުރުމަށް ވަނީ އަމާޒު […...

ބަޖެޓް 2023: 160 މިލިއަން ރުފިޔާ އިތުރުކޮށް، ކޮމިޓީން ބަޖެޓު ފާސް ކޮށްފި
Raajje

ބަޖެޓް 2023: 160 މިލިއަން ރުފިޔާ އިތުރުކޮށް، ކޮމިޓީން ބަޖެޓު ފާސް ކޮށްފި

އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ފޮނުވާފައިވާ ދައުލަތުގެ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރު ކޮށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކޮމިޓީން ބަޖެޓު ފާސް ކޮށްފި އެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފިނޭން މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ. އެ ދުވަހު ހުށަހެޅީ  42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާއި، އިގްތިސާދީ ކޮމެޓީ ހިމެނޭގޮތަށް އެކުލަވާލާފައިވާ ބަޖެޓް ކޮމެޓީން އެ […]

"އާސްކް ސްޕީކަރ" ގެ 6 ވަނަ ޕްރޮގްރާމް އަންނަމަހު
Parliament

"އާސްކް ސްޕީކަރ" ގެ 6 ވަނަ ޕްރޮގްރާމް އަންނަމަހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ބާއްވަވާ “އާސްކް ސްޕީކަރ” ގެ 6 ވަނަ ޕްރޮގްރާމް އަންނަމަހު ބޭއްވުމަށް ނިންމަވައިފި އެވެ. މަޖިލީހުގެ އިދާރާ އިން ވިދާޅުވީ ޓީވީއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވަވާ “އާސްކް ސްޕީކަރ” ޕްރޮގްރާމް އޮންނާނީ އަންނަ ޑިސެމްބަރ މަހުގެ 1 ވާ ބްރާސްފަތި ދުވަހުގެ މެންދުރު 2:15 ގައި ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ 4 ވަނަ ފަންގިފިލާގައި ކަމަށެވެ. މި ޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް، މަޖިލީހުގެ ރައީސް ވަގުތުން […]

ޓެކްސް ބޮޑުކުރަން ފާސްކޮށްފި
Business

ޓެކްސް ބޮޑުކުރަން ފާސްކޮށްފި

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެ އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އަޣްލަބިއްޔަތުން ނެވެ. ދެކޮޅަށް ވޯޓު ދެއްވީ 26 މެންބަރުން ނެވެ. މި އިސްލާހުގައިވާގޮތުން ޓީޖީއެސްޓީ 12 ޕަސ...

ދިމާވެގެން މިއުޅެނީ ނަޝީދަށް ވެރިކަން ނުލިބިގެން އުޅޭ މައްސަލަ: އިސްމާޢީލް
Parliament

ދިމާވެގެން މިއުޅެނީ ނަޝީދަށް ވެރިކަން ނުލިބިގެން އުޅޭ މައްސަލަ: އިސްމާޢީލް

ރާއްޖެއަށް ދިމާވެގެން މިއުޅެނީ ރައީސް ނަޝީދަށް ވެރިކަން ނުލިބިގެން އުޅޭ މައްސަލަ ކަމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ވިދާޅުވެއްޖެ އެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި އޭނާ މިހެން ވިދާޅުވީ ދަނގެތި ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް މަޖިލީހަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދާ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ. އޭނާ ވިދާޅުވީ ދިވެހި ރައްޔިތުން ތިބީ ނަޝީދަށް ވެސް އަދި އެމަނިކުފާނުގެ ބާރު ހިނގާ […]

އިއްޔެގެ ޖަލްސާ، އަފީފު ނިންމަވާލެއްވީ ގަވާއިދާ ހިލާފަކަށް ނޫން: ނަޝީދު
Parliament

އިއްޔެގެ ޖަލްސާ، އަފީފު ނިންމަވާލެއްވީ ގަވާއިދާ ހިލާފަކަށް ނޫން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ ނިންމަވައިލައްވާފައި ވަނީ ގަވާއިދާ ހިލާފަަށް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވި މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވިލުފުށީ ދާއިރާގެ މަޖިލިސް މެންބަރު ހަސަން އަފީފު ރިޔާސަތުގައި އިންނަވައިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް، ޓެކްސް ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ވޯޓަށް އެހޭ ވަރަށް ސާގެ ކޯރަމް ހަމަނުވާތީ ޖަލްސާ ނިންމަވައިލެއްވުމުނ...

40 ފުޓުބޯޅަ ދަނޑު ނިންމައި 85 ދަނޑުގެ މަސައްކަތް އަންނަނީ ކުރަމުން: މަހްލޫފް
Raajje

40 ފުޓުބޯޅަ ދަނޑު ނިންމައި 85 ދަނޑުގެ މަސައްކަތް އަންނަނީ ކުރަމުން: މަހްލޫފް

މިހާރު ވެސް 40 ފުޓުބޯޅަ ދަނޑު ނިންމައި، 85 ދަނޑުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވިސުވާލުތަކަށް ޖަވާބުދެއްވަމުން މަހްލޫފް ވިދާޅުވީ މިދިޔަ ހަތަރު އަހަރަކީ އުމްރާނީ ތަރައްގީއަށް ބެލިނަމަވެސް ދުވަހަކު ވެސް ރާއްޖޭގައި ނުކުރާހާ ގިނަ މަސައްކަތް ކޮށްފައިވާ އަހަރުތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ ފުޓުބޯޅަށް ދަނޑުތަކުގެ އިތުރަށް ވޮލީ ކޯޓުތަކާއި، ސްކޭޓްޕާކުތަކާއި، ސަރފް ޓްރެކްތަ...

ބަޖެޓުން ހާސިލްކުރަން ބޭނުންވާ އެންމެ ބޮޑު އަމާޒަކީ ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުން: އަމީރު
Raajje

ބަޖެޓުން ހާސިލްކުރަން ބޭނުންވާ އެންމެ ބޮޑު އަމާޒަކީ ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުން: އަމީރު

އަންނަ އަހަރަށް ދައުލަތުން ލަފާކުރައްވާފައިވާ ބަޖެޓުން ހާސިލްކުރަން ބޭނުންވާ އެންމެ ބޮޑު އަމާޒަކީ ކޯވިޑާއި، ރަޝިއާ ޔޫކްރެއިން ހަނގުރާމައާއިއެކު ދިމާވި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަނެ ދެމެހެއްޓެވި ގޮތެއްގައި ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ބަޖެޓްގެ ތަސައްވުރާއި ގުޅޭގޮތުން މަޖިލީހުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ނެވެ. އަމީރު ވިދާޅުވީ ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވި މިގޮންޖެހުންތަކާއިއެކު...

ބަޖެޓާ ގުޅޭ ބަހުސްގެ ވަގުތު އިތުރުކޮށް، ބަހުސް ފަށައިފި
Raajje

ބަޖެޓާ ގުޅޭ ބަހުސްގެ ވަގުތު އިތުރުކޮށް، ބަހުސް ފަށައިފި

އަންނަ 2023 ވަނަ އަހަރަށް ދައުލަތުން ލަފާކުރްވާ ބަޖެޓަށް ބަހުސްގެ ވަގުތު އިތުރުކޮށް، ބަހުސް މަރުހަލާ މިއަދު ފަށައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން އެދިވަޑައިގެންފައިވަނީ ބަހުސްކުރައްވައި ނިމެންދެން ފުރުސަތު ދިނުމަށެވެ. އަދި ހުސްވަގުތުތަކަށް ތަން ދެމުން ރޭގަނޑު 10 އަށް ޖަލްސާގެ ވަގުތު އިތުރުކުރުމަށެވެ. މީގެ އިތުރުން ބަހުސްގެ ތިންވަނަ ދުވަހު ވެސް ބަހުސްކުރައްވަން އެދިވަޑައިގެންފައިވާ މެންބަރުން ބަހުސްކުރައްވައި ނިމެންދެން ފުރުސަތު ދިނުމަށާއި ހުސްވަގުތަށް ތަން ދެމުން...

ބަޖެޓުގެ ބަހުސް މާދަމާ ފަށަނީ
Raajje

ބަޖެޓުގެ ބަހުސް މާދަމާ ފަށަނީ

އަންނަ 2023 ވަނަ އަހަރަށް ސަރުކާރުން ލަފާކުރައްވާފައިވާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރަން މާދަމާ ފެށުމަށް ނިންމައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ޝެޑިއުލްގައިވާގޮތުން އަންގާރަ ދުވަހާއި ބުދަ ދުވަހާއި ބުރާސްފަތި ދުވަހާއެކު ބަޖެޓު ބަހުސް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ދުވަހު ހެނދުނު ނުވައެއް ޖަހާއިރު ފަށައިގެން ރޭގަނޑު 10 ޖަހަންދެން ކުރިއަށް ގެންދާނެ ކަމަށާއި އެކަމަކު ބުރާސްފަތި ދުވަހު ރޭގަނޑު 10 ޖަހާއިރު ބަހުސް […]

ނޫސްވެރިކަމަށް ހުރަސްއެޅޭނަމަ ޑިމޮކްރަސީ ބަލިކަށިވެގެންދާނެ: ސައްލެ
Parliament

ނޫސްވެރިކަމަށް ހުރަސްއެޅޭނަމަ ޑިމޮކްރަސީ ބަލިކަށިވެގެންދާނެ: ސައްލެ

ނޫސްވެރިކަމަށް ހުރަސްއެޅޭނަމަ ޑިމޮކްރަސީ ބަލިކަށިވެގެންދާނެކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ. ސައްލެ މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ހުށަހަޅުއްވާފައިވާ ހެއްކާބެހޭ ޤާނޫނަށް އިޞްލާޙް ގެނައުމުގެ ބިލުގެ ބަހުސްގައި މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެ އިސްލާހަކީ، ހެއްކާބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރާ ހާލަތްތައް ބަޔާންކޮށްފައި އޮތް...