Skip to main content
Topic Archive

#މަޖިލިސް

912 Stories filed
މުޢިއްޒު ރައީސް ކަމުގެ ހުވާކުރައްވައި އައު ސަރުކާރުގެ ދައުރު ފެށިއްޖެ
Raajje

މުޢިއްޒު ރައީސް ކަމުގެ ހުވާކުރައްވައި އައު ސަރުކާރުގެ ދައުރު ފެށިއްޖެ

ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ. މުޢިއްޒު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާފައި ވަނީ، މިކަމަށް މާލޭގެ ޖުމްހޫރީ މައިދާނުގައި މިހާރު ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ބާވީސް ވަނަ ޖަލްސާގައެވެ. ޑރ. މުޢިއްޒަށް ރައީސުލްޖުމްޙޫރިއްޔާ ކަމުގެ ހުވާ ލައިދެއްވާފައި ވަނީ ރާއްޖޭގެ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނެވެ. ޑރ. މުހަންމަދު މުއިއްޒު އަކީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރީ ވެރިކަ...

މުޢިއްޒު ރައީސް ކަމުގެ ހުވާކުރައްވާ ޖަލްސާ ފެށިއްޖެ
Raajje

މުޢިއްޒު ރައީސް ކަމުގެ ހުވާކުރައްވާ ޖަލްސާ ފެށިއްޖެ

ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށިއްޖެއެވެ. މާލޭގެ ޖުމްހޫރީ މައިދާނުގައި ކުރިއަށްދާ މި ޖަލްސާއަށް މުޢިއްޒުގެ ދެކަނބަލުން ވަޑައިގަރީ 16:40 ހާއިރުއެވެ. މުޢިއްޒު ވަޑައިގަތުމާއެކު ޤައުމީ ސަލާމަށްފަހު، ކީރިތި ޤުރްއާންގެ ބަރަކާތުން ޖަލްސާ ވަނީ ފެށިފައެވެ. މުޢިއްޒު ހުވާކުރެއްވުމަށްފަހު ހުސައިން މުޙައްމަދު ލަތީފް ރައީސުލްޖުމްޙޫރިއްޔާގެ ނައިބުކަމުގެ ހުވާ ކުރައްވާނެއެވެ. މިއަދުގެ ޖަލްސާއަށް ވަޑައިގެން ތިއްބެވީ 81 މެންބަރުންކަމަށާއި...

ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
Parliament

ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި

މި 2023 ވަނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ދައުލަތުގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައި ވަނީ 6.5 ބިލިއަން ރުފިޔާ އެވެ. ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު މި ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައި ދެއްވީ މަމަހުގެ 14 ވަނަ ދުވަހުއެވެ. މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި މަޖިލީހަށް 6.5 ބިލިއަން ރުފިޔާ ހުށަހަޅާފައިވާއިރު، މި އަދަދަކީ މި […]

''ކެޔޮކޭވަރު މާ ބޮޑަށް މިއެނގެނީ ބިތުފަންގި ނެގޭތީ''
Parliament

''ކެޔޮކޭވަރު މާ ބޮޑަށް މިއެނގެނީ ބިތުފަންގި ނެގޭތީ''

”ކެޔޮކޭވަރު މާ ބޮޑަށް މިއެނގެނީ ބިތުފަންގި ނެގޭތީ” ކަމަށާއި، މި ސަރުކާރަށް ސަރުކާރުގެ ޚަރަދު ނުބެލެހެއްޓި ބަޖެޓު އޮތީ ހުސްކޮށްލާފައި ކަމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ސަޕްލިމެންޓްރީގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ، ދައުލަތުގެ ފައިސާ ޚަރަދު ކުރުން އޮންނަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ މިންވަރަކަށް ފާސް ކުރާ ދުވަހަކ...

ޖޭއެސްސީގެ މެންބަރުކަމަށް އަސްލަމް ޢައްޔަނުކޮށްފި
Raajje

ޖޭއެސްސީގެ މެންބަރުކަމަށް އަސްލަމް ޢައްޔަނުކޮށްފި

ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް މިއަދު ޢައްޔަނުކުރައްވައިފިއެވެ. އަސްލަމް މި މަޤާމަށް ޢައްޔަނު ކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ޖޭއެސްސީގެ މެންބަރުކަމަށް އަސްލަމް ޢައްޔަނުކުރެއްވުމާ ގުޅިގެން، އެމަނިކުފާނު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވައިފައެވެ. އަސްލަމަށް ހުވައި...

މަޖިލީހުގެ ނިޒާމު ގެއްލުވާލަން ފުރުސަތެއް ނުދޭނަން، އެކަން ހުއްޓުވަން ފިޔަވަޅުތަކެއް އަޅާނަން: އަސްލަމް
Parliament

މަޖިލީހުގެ ނިޒާމު ގެއްލުވާލަން ފުރުސަތެއް ނުދޭނަން، އެކަން ހުއްޓުވަން ފިޔަވަޅުތަކެއް އަޅާނަން: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ނިޒާމު ނުގެއްލި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތައް ކަންކަން އިންތިޒާމުކުމަށް ބައެއް ފިޔަވަޅުތައް އަޅަން ނިންމަވާފައިވާ ކަމަށް މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އަސްލަމް މިހެން ވިދާޅުވީ، މިއަދުގެ މަޖިލީހުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން، އެޖެންޑާގައި ހިމެނޭ ރިޔާސަތުން އަންގާ އެންގެވުމުގެ ނަންބަރަށް ވާހަކަ ދައްކަވަމުންނެވެ. އަސްލަމް ވިދާޅުވީ، މަޖިލީހަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ވަރަށް...

ޒަކާތާބެހޭ ބިލާއި އިތުރު ދެ ބިލެއް މަޖިލީހަށް ހުށަހެޅުމަށްޓަކައި ފޮނުވައިފި
Parliament

ޒަކާތާބެހޭ ބިލާއި އިތުރު ދެ ބިލެއް މަޖިލީހަށް ހުށަހެޅުމަށްޓަކައި ފޮނުވައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ޒަކާތާބެހޭ ބިލާއި އިތުރު ދެ ބިލެއް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ. އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ފޮނުވާފައި ވަނީ ޒަކާތާބެހޭ ބިލުގެ އިތުރުން މެރިން ސްޕޭޝަލް ޕްލޭނިންގއާބެހޭ ބިލާއި އަދި މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެކެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި، ޒަކާތާބެހ...

ނަޝީދަށް ތާރީހީ ދުވަހެއް، ފުރަތަމަ ވެސް ނިޒާމީ ނުކުތާއެއް!
Parliament

ނަޝީދަށް ތާރީހީ ދުވަހެއް، ފުރަތަމަ ވެސް ނިޒާމީ ނުކުތާއެއް!

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުއްވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލިހަށް ވަޑައިގެންނެވުމުން، އަމީރު ޝަރީއަތަށް ފޮނުވަން ޖެހޭނެ ކަމަށް ވިދާޅުވެ، މަޖިލިހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމީރަށް މިއަދު ފާޑު ވިދާޅުވެއްޖެއެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައި އޮތީ ސަރުކާރުން މަޖިލިހަށް ފޮނުވި 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކޮށް މަޖިލިހަށް ހުށަހެޅި 49.5 ބިލިއަން ރުފިޔާގެ ބަޖެ...

2024 ވަނަ އަހަރުގެ ބަޖެޓާއި، މިއަހަރުގެ ސަޕްލިމަންޓްރީ ބަޖެޓު މަޖިލީހަށް ހުށަހަޅައިފި
Raajje

2024 ވަނަ އަހަރުގެ ބަޖެޓާއި، މިއަހަރުގެ ސަޕްލިމަންޓްރީ ބަޖެޓު މަޖިލީހަށް ހުށަހަޅައިފި

2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި، މިއަހަރުގެ ސަޕްލިމަންޓްރީ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ. މި ދެ ބަޖެޓު ހުށަހެޅުމުގެ ޖަލްސާ އެޖެންޑާކޮށްފައި އޮތީ މިއަދު ހެނދުނު 9:00 އަށެވެ. ރިޔާސަތުން މަޖިލީހުގެ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ޖަލްސާ ފެއްޓެވުމަށްފަހު ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރަށް ފުރަތަމަ ފުރުސަތު އެރުވީ މިއަހަރުގެ ސަޕްލިމަންޓްރީ ބަޖެޓު މަޖިލީހަށް ހުށަހަޅާށެވެ. މި ފުރުސަތާއެކު މަޖިލީހުގެ ޑިމޮކްރެޓިކްސްގެ މެންބަރުން ކަމަށްވާ މެދު ހެ...

އަޅުގަނޑުގެ ލަޔާގަތު ތަންދިން އެންމެ މަތީ މިންވަރެއްގައި މަސައްކަތް ކުރާނަން: އަސްލަމް
Parliament

އަޅުގަނޑުގެ ލަޔާގަތު ތަންދިން އެންމެ މަތީ މިންވަރެއްގައި މަސައްކަތް ކުރާނަން: އަސްލަމް

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިހުގެ ބާކީ މިއޮތް މުއްދަތަކީ އުފެއްދުންތެރި ދުވަސްތަކަކަށް ހެދުމަށް އެމަނިކުފާނުގެ ގާބިލިއްޔަތާއި ލަޔާގަތު ތަންދިން އެންމެ މަތީ މިންވަރެއްގައި މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އަސްލަމް އިންތިހާބު ކުރީ އެ މަގާމުގައި ކުރިން ހުންނެވި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަސްލަމް މަޖިލިހުގެ ރަ...

މަޖިލީހުގެ އާ ރައީސާއެކު ބަޖެޓް މަސައްކަތް މިއަދު ފަށަނީ
Raajje

މަޖިލީހުގެ އާ ރައީސާއެކު ބަޖެޓް މަސައްކަތް މިއަދު ފަށަނީ

އަންނަ 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި، 2023 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުން މިއަދުގެ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކޮށްފިއެވެ. މި ދެކަންތައް ކުރީގެ ބައެއް ޖަލްސާތަކަށް ވެސް އެޖެންޑާ ކުރިނަމަވެސް އެއިރު ހުށަހެޅިފައި އޮތް މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައަށް ގޮތެއް ނުނިމޭތީ މި މަސައްކަތްތައް އޮތީ ކުރިއަށް ގެންދެވޭގޮތް ނުވެފައެވެ. ނަމަވެސް މަޖިލީހުގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ނަޝީދު އިއްޔެ ހަވީރު އިސްތިއުފާ ދެއްވުމުން ރޭ 10:00 ޖަހާއިރު ފެށި...

ނަޝީދު މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާދެއްވައިފި
Parliament

ނަޝީދު މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވާފައިވާކަން ހާމަކުރެއްވީ މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުންނެވެ. ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅި ގަރާރު ކުރިއަށް ގެންދަން މިއަދަށް ތާވަލުކުރި ދެވަނަ ޖަލްސާ ފެށީ ހަވީރު 16:00 ގައެވެ. އެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް އެވ...

ނަޝީދުގެ އިތުބާރުގެ މައްސަލަ: ޑިމޮކްރެޓްސްގެ މެންބަރުން ރިޔާސަތު ''ހިސޯރު'' ކުރުމަށްފަހު ދޫކޮށްލައިފި
Parliament

ނަޝީދުގެ އިތުބާރުގެ މައްސަލަ: ޑިމޮކްރެޓްސްގެ މެންބަރުން ރިޔާސަތު ''ހިސޯރު'' ކުރުމަށްފަހު ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅި ގަރާރު ކުރިއަށް ގެންދަން މިއަދު ހަވީރަށް ތާވަލުކުރި ޖަލްސާ ފެށެން ވިއްސަކަށް މިނިޓަށް ވެފައި ވަނިކޮށް މަޖިލީހުގެ ޑިމޮކްރެޓްސް އަށް ނިސްބަތްވާ މެންބަރުން ރިޔާސަތު ”ހިސޯރު” ކުރުމަށްފަހު ދޫކޮށްލައިފިއެވެ. އެ މެންބަރުން ރިޔާސަތު ވަށާލައި ތިއްބެވުމަށްފަހު ޖަލްސާ ފަށަން ފަސް ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް، އެތަނުން ދުރައް ޖެހިވަޑައިގެންފައިވާކަމަށް މަޖިލީހުގެ ތަޅުމުގައި ހުންނެވި މެންބަރ...

ނަޝީދުގެ މައްސަލަ އެޖެންޑާކޮށް އިތުރު ޖަލްސާއެއް މިއަދަށް ތާވަލުކޮށްފި
Parliament

ނަޝީދުގެ މައްސަލަ އެޖެންޑާކޮށް އިތުރު ޖަލްސާއެއް މިއަދަށް ތާވަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅި ގަރާރު ކުރިއަށް ގެންދަން މަޖިލީހުގެ ޖަލްސާއެއް މިއަދު ހަވީރަށް ތާވަލުކޮށްފިއެވެ. މަޖިލީހުގެ އިދާރާގެ ވެބްސައިޓްގައިވާގޮތުން މި ޖަލްސާ ބާއްވަން ތާވަލުކޮށްފައި ވަނީ ހަވީރު 16:00 އަށެވެ. މި ޖަލްސާގެ އެޖެންޑާގައި އޮތީ ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ މައްސަލައިގެ ގަރާރުގެ މަސައްކަތެވެ. މިއީ މިއަދު ބާއްވާ މަޖިލީހުގެ ތިން ވަނަ ޖަލްސާ އެވެ. މަޖިލީހުގެ މިއަދުގެ ފުރަތަމަ ޖަލްސާ އޮތީ ހެނދުނު 9...

50 މެމްބަރުންގެ ސޮޔާއެކު މަޖިލިހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރަން ހުށަހަޅައިފި
Parliament

50 މެމްބަރުންގެ ސޮޔާއެކު މަޖިލިހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކިކުރަން މަޖިލިހަށް މިއަދު ހުށަހަޅައިފިއެވެ. އީވާގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން އެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ 50 މެމްބަރުންގެ ސޮޔާއެކުގައެވެ. އެއީ އެމްޑީޕީގެ 49 މެމްބަރުންނާއި ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. މަޖިލިހަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ އެމްޑީޕީގެ ފަރާތުން މެމްބަރު ކަމަށް ވާދަކުރެއްވި ކެންޑ...