ޝިފާޢުއަށް މަރުގެ އިންޒާރުދިން މައްސަލަ ތަހުގީގުކޮށް ފިޔަވަޅުއަޅަން ގޮވައިލައިފި
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު އަށް މަރުގެ އިންޒާރުދީފައިވާކަމަށާއި، އެކަން ތަހުގީގުކޮށް ފިޔަވަޅުއަޅަން ދިވެހި ފުލުހުންނަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މިރޭ ގޮވައިލައިފިއެވެ. ޝިފާޢުއަށް މަރުގެ އިންޒާރުދިން މައްސަލައެއް މި ފެންްމަތިވީ، މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިވަގުތަށް އޮތް އެންމެ މުހިންމު މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުން ކަމަށާއި އެކަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ހުށަ...