ފަނޑިޔާރުކަމުގެ މަގާމުން މަހާޒް އާއި އަޒްމިރަލްދާ ވަކިކުރަން ފާސްކޮށްފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައެވެ. މި ޖަލްސާގައި، ދެ ފަނޑިޔާރުން ވަކިކުރުމަށް ފެނޭތޯ ވަކިވަކިން ނެގި ވޯޓުގައި، ކޮންމެ ފަނޑިޔާރަކު ވަކިކުރުމަށް 68 މެންބަރުން ތާއީދު ކުރެއްވިއެވެ. ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅިފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސް...