Skip to main content
Topic Archive

#މަސްވެރިކަން

94 Stories filed
މަސްވެރިންކަން މާކެޓްކޮށް ޕްރޮމޯޓް ކުރުމަށް ހާއްސަ އޭޖެންސީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފި
Raajje

މަސްވެރިންކަން މާކެޓްކޮށް ޕްރޮމޯޓް ކުރުމަށް ހާއްސަ އޭޖެންސީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގެ މަސްވެރިންކަން މާކެޓްކޮށް ޕްރޮމޯޓް ކުރުމަށް ޚާއްޞަ، އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އާދީއްތަ ދުވަހުގެ ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ހަފުލާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ބޭރުގެ މާކެޓް ހޯދުމުގެ މަސައްކަތް ވެސް ކުރިޔަށް ދާކަ...

ރާއްޖޭގައި ފިޝަރީޒް ކޮލެޖެއް ގާއިމުކުރަނީ
Raajje

ރާއްޖޭގައި ފިޝަރީޒް ކޮލެޖެއް ގާއިމުކުރަނީ

ރާއްޖޭގައި ފިޝަރީޒް ކޮލެޖެއް ގާއިމުކުރަން ނިންމަވާފައިވާކަމަށް  ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މަސްވެރިކަން ޒަމާނީކޮށް، މަސްވެރިންގެ ޤަދަރު އުފުލައި، މަސްވެރިކަން ތިޔާގިކުރުމަކީ އެމަނިކުފާނު ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ. އަދި އެކަމަށްޓަކައި މަސްވެރިކަން ޢިލްމުވެރިކުރުން އެއީ ނުހަނު ބޭ...

އެންވަތުގެ ޑިޒައިނަށް ބަދަލުގެންނަން ބޭނުންވާ އުޅަނދު ފަހަރަށް މާލީ ދެނީ
Raajje

އެންވަތުގެ ޑިޒައިނަށް ބަދަލުގެންނަން ބޭނުންވާ އުޅަނދު ފަހަރަށް މާލީ ދެނީ

އެންވަތުގެ ޑިޒައިނަށް ބަދަލުގެންނަން ބޭނުންވާ މަސްވެރި އުޅަނދު ފަހަރަށް މާލީ ދޭން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މަސްވެރިކަން ފެށެނީ އެންވެރިކަމުން ކަމަށާއި، އެވޭލާ މަސްވެރިކަމަށް ބަލާނަމަ، ރެހި ބުރަކި މުގުރާން ފަދަ އެން ދެމުމަށްޓަކައި ދިވެހި މަސ...

ފެލިވަރުގައި 100 މެޓްރިކް ޓަނުގެ ދަޅުމަސް ބަންދުކުރާ އިތުރު ކާރުޚާނާއެއް އަޅަނީ
Raajje

ފެލިވަރުގައި 100 މެޓްރިކް ޓަނުގެ ދަޅުމަސް ބަންދުކުރާ އިތުރު ކާރުޚާނާއެއް އަޅަނީ

ފެލިވަރުގައި 100 މެޓްރިކް ޓަނުގެ ދަޅުމަސް ބަންދުކުރާ އިތުރު ކާރުޚާނާއެއް އަޅަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ދިވެހި ކަނޑުމަހަށް އެކަށޭނަ އަގު ލިބޭނެ ގޮތް ހޯދުމަކީ، މި ސަރުކާރުގެ ވަރަށް ޚާއްޞަ އަމާޒެއް ކަމަށެވެ. މި މައްސަލައަށް ބަލައިލާއިރު، ރާ...

މަސްވެރިންގެ ޤައުމީ ދަފުތަރަކާއެކު މަސްވެރިންގެ އަގުވަޒަންކުރަން ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަނީ
News

މަސްވެރިންގެ ޤައުމީ ދަފުތަރަކާއެކު މަސްވެރިންގެ އަގުވަޒަންކުރަން ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަނީ

މަސްވެރިންގެ ޤައުމީ ދަފުތަރެއް ގާއިމުކޮށް، މަސްވެރިންގެ އަގުވަޒަންކުރަން ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަން ނިންމައިފިއެވެ. ދިވެހި މަސްވެރިންގެ ޤައުމީ ދަފުތަރެއް ޤާއިމުކުރަން ސަރުކާރުން ނިންމާފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި ނިންމުން ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭޭ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހު، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅު ހޯއްދެވުމަށްފަހުއެވެ. މި ކަމަކީ ރައީސ...

މަސްވެރިންގެ ދުވަސް ފާހަގަކުރަން މާދަމާ ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް ބާއްވަނީ
Raajje

މަސްވެރިންގެ ދުވަސް ފާހަގަކުރަން މާދަމާ ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާދަމާ ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ. ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މަސްވެެރިންގެ ދުވަހާއި ގުޅުވައިގެން އެ ސިނާއަތާއި ގުޅުން ހުރި މައުލޫމާތު ކުޑަކުދިންނާއި ޒުވާނުންނަށް ހިއްސަކޮށް އެ ސިނާއަތާއި މެދު ސްކޫލް ކުދިންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމަށްޓަކައި “މިފްކޯ ކުޑަ ކުދިންގެ ހަވީރު” ގެ ނަމުގައި މާދަމާ ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ހަރަކާތް އިންތިޒާމް ކުރަނީ މިނި...

މަހުގެ އަގު ކުޑަކުރަން މަޝްވަރާއެއް ނުކުރޭ: މިފްކޯ
Business

މަހުގެ އަގު ކުޑަކުރަން މަޝްވަރާއެއް ނުކުރޭ: މިފްކޯ

މިފްކޯއިން މަސް ގަންނަ އަގު ކުޑަކުރަން ނޫޅޭ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަހުގެ އަގު ބޮޑުކުރި ދުވަހުން ފެށިގެން އެ ކުންފުނިން، ސަރުކާރުން ކަނޑައަޅާފައިވާ އަގުގައި މަސްވެރިން އަތުން މަސް ގަންނަމުންދާ ކަމަށާއި އެ އަގު އެއްވެސް ވަރަކަށް ކުޑަކުރަން ވިސްނުމެއް ނުގެންގުޅޭ ކަމަށް މިފްކޯއިން ވަނީ މަސްވެރިންނަށް ޔަގީންކަން އަރުވާފައެވެ. މަސް ގަންނަ އަގު ކިލޯއެއް 17 ރުފިޔާއިން 25 ރުފިޔާއަށް ސަރުކާރުން ބޮޑުކުރީ މިދިޔަ […]

މިފްކޯއިން މަސް ގަންނަ އަގު މިއަދުން ފެށިގެން ކިލޯއެއް 25 ރުފިޔާއަށް
Business

މިފްކޯއިން މަސް ގަންނަ އަގު މިއަދުން ފެށިގެން ކިލޯއެއް 25 ރުފިޔާއަށް

ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސް ގަންނަ އަގު 25 ރުފިޔާ އަށް ރޭ ބޮޑުކޮށްފި އެވެ. މިފްކޯއިން މަސް ކިލޯއެއް މިވަގުތު ގަންނަނީ 17 ރުފިޔާ އަށެވެ. ނަމަވެސް މިއަދުން ފެށިގެން އެ ކުންފުންޏަށް މަސް ގަންނަ އަގު ކިލޯއެއް 25 ރުފިޔާ އަށް ބޮޑުކޮށްފައިވާ ކަމަށް މިފްކޯއިން ރޭ ވަނީ ބުނެފައެވެ. ސަރުކާރުގެ މަސް ކުންފުނިން މަސް ގަންނަ އަގު ބޮޑުކުރިއިރު، ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ […]

ވީއެލްޑީ ހަރުކުރުމުގެ މަސައްކަތް ނިންމުމަށް ހުރަހެއް ކުރިމަތިވާނަމަ، އެންގުމަށް އެދިއްޖެ
Raajje

ވީއެލްޑީ ހަރުކުރުމުގެ މަސައްކަތް ނިންމުމަށް ހުރަހެއް ކުރިމަތިވާނަމަ، އެންގުމަށް އެދިއްޖެ

މަސްވެރި އުޅަނދުގައި ވެސަލް މޮނިޓަރިންގ ސިސްޓަމް (ވީއެލްޑީ) ހަރުކުރުމަށް ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމުގައި މިހައިތަނަށް 318 އުޅަނދެއްގައި އެ ސިސްޓަމް ހަރުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ އެ މިނިސްޓްރީން ލައިސަންސް ލިބިގެން ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި  ބޭނުންކުރުމަށް ވީއެލްޑީ ހިލޭ ފޯރުކޮށްދީ ހަރުކޮށްދިނުމުގެ މަސައްކަތަކީ 2020 ވަނަ އަހަރުން ފެށިގެން އޫރިދޫ މޯލްޑިވްސް މެދުވެރިކޮށް، އެ މިނިސް...

މަހުގެ އަގަށް ރަނގަޅު ހެޔޮ ބަދަލެއް ލަސްތަކެއްނުވެ ގެނެވޭނެ: ރައީސް
Raajje

މަހުގެ އަގަށް ރަނގަޅު ހެޔޮ ބަދަލެއް ލަސްތަކެއްނުވެ ގެނެވޭނެ: ރައީސް

މި ސަރުކާރުން ރައްޔިތުން އަތުން 3.58 ބިލިއަން ރުފިޔާގެ މަސް މިހާތަނަށް ގަނެފައިވާކަމަށާއި، މަހުގެ އަގަށް ރަނގަޅު ހެޔޮ ބަދަލެއް ލަސްތަކެއްނުވެ ގެނެވޭނެކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، އެމަނިކުފާނު އިއްޔެ ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ފީއަލީ އަށް ވަޑައިގެން އެރަށުގައި މި ސަރުކާރުން އިމާރާތްކުރި ފެނަކަ އާ އިންޖީނުގެއާ އޮފީސް އިމާރާތް އަދި އައިސްޕްލާންޓް ހުޅުއްވައި ދެއްވައި ދެއްކެވި ވާ...

ފުނަދޫ މަސްވެރިއަކު 308 ކިލޯ މަސްހިބަރެއް ބާނައިފި
Thiladhunmathi News

ފުނަދޫ މަސްވެރިއަކު 308 ކިލޯ މަސްހިބަރެއް ބާނައިފި

ށ. ފުނަދޫ މަސްވެރިއަކު 308 ކިލޯ މަސް ހިބަރެއް ބާނައިފިއެވެ. ފުނަދޫ ހުވަނދު، ހުސައިން ވަހީދު ބޭނި މި މަސްހިބަރުގެ ބަރިދަނިގައި 308 ކިލޯ އަދި ދިގުމިނުގައި 12 ފޫޓް 7 އިންޗި ހުއްޓެވެ. މިއީ މިހާތަނަށް ފުނަދޫއަށް ބޭނި އެންމެ ބޮޑު މަސްހިބަރެވެ. އޭނާ މި ހިބަރު ބާނާފައި ވަނީ އިއްޔެ މެންދުރުފަހު ފުނަދޫ އިރުން 11 މޭލު ބޭރުންނެވެ. މި ހިބަރު އެ ރަށަށް ގެނެސްފައި ވަނީ ދޯންޏަށް ތުންގަނޑުން ބައެއް ނަގައި އައްސައި […]

ޒުވާން މަސްވެރިޔާ މި ކިޔައިދެނީ ހއ. އަތޮޅުގެ މަސްވެރިކަމާގުޅޭ ސީރިއަސް ވާހަކަތަކެއް
Column

ޒުވާން މަސްވެރިޔާ މި ކިޔައިދެނީ ހއ. އަތޮޅުގެ މަސްވެރިކަމާގުޅޭ ސީރިއަސް ވާހަކަތަކެއް

ތިލަދުންމަތީ އުތުރުބުރިއަކީ ކުރިން ވަރަށް މަސްވެރި އަތޮޅެކެވެ. މި ގަރުނު ފެށުމުގެ ކުރިން އެ އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށުގައި ހެން އައީ މަސްވެރިކަން ކުރަމުންނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޭރު އެ އަތޮޅުގައި މަހަށް ފުރާ ޖުމްލަ 232  އޮޑި އޮވެއެވެ. ނަމަވެސް މި ގަރުނު ފެށި، ފާއިތުވީ ބާވީހަކަށް އަހަރުތެރޭ އެ އަދަދު ވަނީ ހައިރާން ކުރުވަނިވި މިންވަރަށް ދަށަށް ގޮސްފައެވެ. ބައެއް ރަށްރަށުން މަސްވެރިކަން އެއްކޮށް ނެތިގޮސްފައިވާއިރު، މިހާރު މުޅި އަތޮޅުގައި އޮތީ […]

''ޔޫރަޕާއި، އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ރަނގަޅު އަގު ލިބޭގޮތް ހަމަޖެހޭނެ، އޭރުން މަހަށް ބޮޑު އަގު ދެވޭނެ''
Raajje

''ޔޫރަޕާއި، އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ރަނގަޅު އަގު ލިބޭގޮތް ހަމަޖެހޭނެ، އޭރުން މަހަށް ބޮޑު އަގު ދެވޭނެ''

ރާއްޖެއިން ޔޫރަޕަށާއި އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް މިހާރަށްވުރެ ރަނގަޅު އަގު ދުރު ނޫން މުސްތަޤްބަލެއްގައި ލިބިގެންދާނެ ކަމަށާއި، އޭރުން މިފްކޯއިން ގަންނަ މަހަށް ބޮޑުއަގު ދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި، ގދ ފަރެސް މާތޮޑާގައި ރޭ ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ކި...

''އަތުލައިިގަތް ބޯޓު ތަކުގައި ގިނަ އަދަދެއްގެ މިޔަރާއި މަސް ހުރި، ބޯޓުތައް މާލެ ގެންނަނީ''
Raajje

''އަތުލައިިގަތް ބޯޓު ތަކުގައި ގިނަ އަދަދެއްގެ މިޔަރާއި މަސް ހުރި، ބޯޓުތައް މާލެ ގެންނަނީ''

ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަނިކޮށް އަތުލައިގަތް ސްރީލަންކާގެ ތިން މަސް ބޯޓުގައި ބާނާފައި ހުރި ގިނަ އަދަދެއްގެ މިޔަރާއި އެހެން ބާވަތްތަކުގެ މަސް ހުރިކަމަށާއި، އެ މަސް ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުންދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ސްރީލަންކާގެ ތިން މަސް ބޯޓާއި ގުޅޭ މައުލޫމާތު ހާ...

ލަންކާގެ 3 މަސް ބޯޓެއް ރާއްޖެ ސަރަހައްދުން އަތުލައިގެންފި
Raajje

ލަންކާގެ 3 މަސް ބޯޓެއް ރާއްޖެ ސަރަހައްދުން އަތުލައިގެންފި

ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާގެ ތިން މަސްބޯޓެއް ސިފައިން މިއަދު އަތުލައިގެންފި އެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި، ގަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި މަސްވެރިކަން ކުރަމުން ދިޔަ އަވަށްޓެރި ސްރީލަންކާގެ ތިން މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެދަށަށް ވަނީ ގެންގޮސްފައެވެ. މިކަމާގުޅޭ، އިތުރު މައުލޫމާތެއް އެ އިދާރާއިން އަދި ހާމައެއް ނުކުރަށްވައެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ބޭރުގެ ބައެއް ޤައުމުތަކުގެ މަސ...