އެމްސީއެސްއިން ހިންގި ތިން ޕްރޮގްރާމެއްގެ ނިމުމުގެ ރަސްމިއްޔާތު ބާއްވައިފި
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޕްރިޒަން އޮފިސަރުންނަށް ހިންގި ތިން ޓްރޭނިންގ ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ޕްރޮގްރާމްތަކުގެ ނިމުމުގެ ރަސްމިއްޔާތު ބޭއްވީ އިއްޔެ، މާފުށީ ޖަލުގައެވެ. މިއީ އެމްސީއެސްއާއި، ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)، ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކެއް ކަމަށް އެމްސީއެސްއިން ބުންޏެވެ. ޑިސެމްބަރު 11 އިން 22 އަށް ކުރިއަށް ގެންދިޔަ މި ތިން ޓްރޭނިންގ ޕްރޮގްރާމަކީ 19 އޮފިސަރުން ބައިވެރިވި “ޔޫއެނ...