Skip to main content
Topic Archive

#މޯލްޑިވްސް ނޭޝަނަލް ޕާޓީ

47 Stories filed
ޕާޓީއަށް ސޮއިނުކޮށް ވަޒީފާގައި ހުރުމަކީ މިއަދު މުސްތަހިއްލުކަމަކަށް ވަނީ ވެފައި: އެމްއެންޕީ
Raajje

ޕާޓީއަށް ސޮއިނުކޮށް ވަޒީފާގައި ހުރުމަކީ މިއަދު މުސްތަހިއްލުކަމަކަށް ވަނީ ވެފައި: އެމްއެންޕީ

ޕާޓީއަށް ސޮއިނުކޮށް ވަޒީފާގައި ހުރުމަކީ މިއަދު މުސްތަހިއްލުކަމަކަށްވެފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ނުވަތަ އިންޓަރނޭޝަނަލް ލޭބާ ޑޭ ގެ މުނާސަބަތުގައި ނާޒިމް ނެރުއްވި ބަޔާނުގައި ވަނީ ސަރުކާރަށް މަރުޙަބާ ކިޔާ ޓްވީޓްކުރުން ވަޒީފާގެ ބަޔާނުގައި ހިމަނާފައިވާ ކަމަށާއި ވަޒީފާގެ ރައްކާތެރިކަމަކީ މިހާރު މިއީ ކަމަށެވެ. ރާއްޖޭގައި ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ...

ދިވެހި ކަނޑުގެ ސަރަހައްދެއް ''ގެއްލުވާލުމުގެ'' ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ: އެމްއެންޕީ
Raajje

ދިވެހި ކަނޑުގެ ސަރަހައްދެއް ''ގެއްލުވާލުމުގެ'' ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ: އެމްއެންޕީ

ދިވެހި ކަނޑުގެ ސަރަހައްދެއް ގެއްލިފައިވާ ކަމަށާއި، އެކަމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު، ކާނަލް ރިޓައާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ޗާގޯސް މައްސަލައާއި ގުޅޭގޮތުން އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ޗާގޯސް މައްސަލައިގައި ނިންމި ނިންމުން ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ދިވެހިންގެ ހައްގުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. ދިވެހި ކަނޑުގެ ސަރަހައްދެއް ގެއްލު...

އެމްއެންޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމުގެ ޖަލްސާ ފަސްކޮށްފި
Raajje

އެމްއެންޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމުގެ ޖަލްސާ ފަސްކޮށްފި

މޫސުން ގޯސްވުމުގެ ސަބަބުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ޓިކެޓު ހަވާލުކުރުން ފަސްކޮށްފިއެވެ. އެ ޕާޓީން ބުނީ އަންނަ މެއި މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ މި ޖަލްސާ ފަހުގެ ތާރީހަކަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި އެ ޖަލްސާ ބާއްވާނެ ތާރީހެއް އަލުން އަންގާނެ ކަމަށެވެ. އެ ޕާޓީގެ ހިންގާ ޤައުމީ ކައުސިލުގެ ތިންވަނަ ބައްދަލުވުމުގައި އެމްއެންޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުން މެއި 5 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، މި ޖަލްސާގެ […]

މުއްސަނދި މީހާއަށް ނޫނީ ލޯނެއް ވެސް ނުލިބޭ: ރިޔާޟު
Raajje

މުއްސަނދި މީހާއަށް ނޫނީ ލޯނެއް ވެސް ނުލިބޭ: ރިޔާޟު

ސަރުކާރުން ރާވާފައިވާގޮތުގައި މުއްސަނދި މީހާއަށް ނޫނީ ލޯނެއް ވެސް ނުލިބޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ޕީޖީ ލީޑަރު އަދި ތިމަރަފުށި ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ގައުމުގެ ޒުވާނުން މަސައްކަތެއް ނެތި، މަގުމަތީގައި ތިބޭތަން ފެނުމުން ދެރަވާ ކަމަށާއި އެމީހުން އެހެން ތިބެން އެ ޖެހެނީ އެމީހުންނަށް ބޭނުންވާ އަޅައިނުލާ އެއްބާރުލުން ނުލިބޭތީ ކަމަށެވެ. […]

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ސަރުކާރުން ނުފޫޒު ފޯރުވާ: ނާޒިމް
Raajje

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ސަރުކާރުން ނުފޫޒު ފޯރުވާ: ނާޒިމް

ގުރައިދޫ އިލެކްޝަނަށް ސަރުކާރުން އިންތިހާއަށް ނުފޫޒު ފޯރުވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި އެ ޕާޓޫގެ ރިޔާސީ ކެންޑިޑޭޓު ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެ ޕާޓީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވި އެކަމުގެ ހެކި ވަރަށްބޮޑަށް ފެންނަމުންދާ ކަމަށެވެ. އެގޮތުން އެދާއިރާގެ ރަށެއް ކަމަށްވާ ގުޅީގެ ފަޅު ހިއްކަން ފެށުމަށް ތައްޔާރުވުމާއި މާފުށި ހިއްކި ބިމުން ގޯތި ދޫކުރަން ނިންމުން ވަނީ ނާޒިމް ފާހަގަކުރައްވާފައެވެ. […]

މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ވެފައިވާ އެއްވެސް ވައުދެއް ނުފުއްދޭ: ނާޒިމް
Raajje

މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ވެފައިވާ އެއްވެސް ވައުދެއް ނުފުއްދޭ: ނާޒިމް

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ވެފައިވާ އެއްވެސް ވައުދެއް ނުފުއްދޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި އެ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓު، ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓެޔާޑް މުހައްމަދު ނާޒިމް ވިދޅާުވެއްޖެއެވެ. ނާޒިމް މިފަދައިން ވިދާޅުވީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނޭ ގޮތަށް ނިޒާމު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައި މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުންނެވެ. މި ގަރާރ...

ވަރުބަލިކަމެއް ނެތި ޚިދުމަތުގައި ހުންނާނަން، ނަތީޖާ ނެރެދޭނަން: އަރީފް
Raajje

ވަރުބަލިކަމެއް ނެތި ޚިދުމަތުގައި ހުންނާނަން، ނަތީޖާ ނެރެދޭނަން: އަރީފް

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވިއްޖެނަމަ، ވަރުބަލިކަމެއް ނެތި ޚިދުމަތުގައި ހުންނާނެ ކަމަށް އެދާއިރާގެ ގޮނޑިއަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ވާދަކުރައްވާ ކެންޑިޑޭޓް އަލީ އަރީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެމްއެންޕީން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަރީފް ވިދާޅުވީ އޭނާއަކީ މި ދާއިރާއަށް އައްޔަންކުރާނެ އެންމެހީވާގި، އެންމެކެރޭ، އެންމެމުރާލި އަދި އެންމެގާތުން މަސައްކ...

އިހުލާސްތެރި ކަމާއެކު ކުރާ ބުރަ މަސައްކަތުގެ ހަދިޔާ އަކަށް ވާނީ އެއްލައިލުން: ޝިދާތާ
Raajje

އިހުލާސްތެރި ކަމާއެކު ކުރާ ބުރަ މަސައްކަތުގެ ހަދިޔާ އަކަށް ވާނީ އެއްލައިލުން: ޝިދާތާ

އިހުލާސްތެރި ކަމާއެކު އެ މީހުން ކުރާ ބުރަ މަސައްކަތުގެ ހަދިޔާއަކަށް އާހިރުގައި ވާނީ ނަގާ އެއްލައިލުން ކަމަށް ކުރީގެ ޖެންޑަރ މިނިސްޓަރ އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ތަރުޖަމާން ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ބައިބައިވުމާއި ގުޅިގެން ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންގެ ތެރެއިން ސަރުކާރުގެ ވަޒީފާގައި ތިބި ބައެއް ފަރާތްތައް ވަޒީފާއިން ވަކިކުރަމުން އަންނަ ދަނޑިވަޅެއްގައި، ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ޝިދާތާ ވަނީ ރައީސް ޞާލިޙް...

ނައިފަރުގެ ފެނާ ނަރުދަމާގެ މައްސަލައަކީ ދެ ސަރުކާރެއްގެ ދެމެދު ތާށިކޮށްގެން އުޅޭ މައްސަލައެއް: ނާޒިމް
Raajje

ނައިފަރުގެ ފެނާ ނަރުދަމާގެ މައްސަލައަކީ ދެ ސަރުކާރެއްގެ ދެމެދު ތާށިކޮށްގެން އުޅޭ މައްސަލައެއް: ނާޒިމް

ޅ. ނައިފަރުގެ ފެނާ ނަރުދަމާގެ މައްސަލައަކީ ދެ ސަރުކާރެއްގެ ދެމެދު ތާށިކޮށްގެން އުޅޭ މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު، އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ނައިފަރުގެ ފެނާ ނަރުދަމާގައި ހުރި މައްސަލަތަކާ ބެހޭގޮތުން ނައިފަރު ދާއިރާގެ މެންބަރު މަޖިލީހަށް ހުށަހަޅުއްވާފައިވާ ޤަރާރަށް ވާހަކަ ދައްކަވަމުންނެވެ. އެ ޤަރާރަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ، ނައިފަރުގައި 2022 ވަނަ އަހަރު ނިންމައި މީހުން ދިރިއު...

ގުރައިދޫ ދާއިރާ ބައި-އިލެކްޝަން: ރީ ރެޖިސްޓްރީ ވުމަށް މި މަހުގެ 30ގެ ނިޔަލަށް
Raajje

ގުރައިދޫ ދާއިރާ ބައި-އިލެކްޝަން: ރީ ރެޖިސްޓްރީ ވުމަށް މި މަހުގެ 30ގެ ނިޔަލަށް

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި، ރީ ރެޖިސްޓްރީ ވުމަށް މި މަހުގެ 30ގެ ނިޔަލަށް ހުޅުވާލައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ގުރައިދޫ، މާފުށި އަދި ގުޅީގެ ރައްޔިތުންގެ ތެރެއިން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން ކަމަށެވެ. މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެ ކަމަށާއި އެހެން ނޫނ...

އެމްއެންޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުން މެއި 5 ގައި
Raajje

އެމްއެންޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުން މެއި 5 ގައި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިޚާބަުގައި ވާދަކުރައްވާ ކެންޑިޑޭޓަށް ޓިކެޓު ހަވާލުކުރުން މެއި 5 ގައި ބޭއްވުމަށް ނިންމައިފިއެވެ. އެ ޕާޓީން ބުނީ މިގޮތަށް ނިންމީ ރޭ އެ ޕާޓީން ބޭއްވި ހިންގާ ޤައުމީ ކައުސިލުގެ ތިންވަނަ ބައްދަލުވުމުގައި ކަމަށެވެ. މި ޖަލްސާގެ ރިޔާސަތު އެޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ބެލެހެއްޓެވިއިރު، ރިޔާސީ ކެންޑިޑޭޓަށް ޓިކެޓު ހަވާލުކުރާ ޖަލްސާގެ ހުރިހާ އިންތިޒާމުތަކެއް ހިންގާ ބަލަހައްޓާނީ އެ ޕާޓީގެ ނާއިބު ރައީސް ހުސޭން އިސްމާއިލް […]

ފިނޭންސް މިނިސްޓްރީގެ ކުރީގެ ފައިނޭންސް ކޮންޓްރޯލާ ނާޒިމްގެ ފައިނޭންސް އެޑްވައިޒަރަކަށް
Raajje

ފިނޭންސް މިނިސްޓްރީގެ ކުރީގެ ފައިނޭންސް ކޮންޓްރޯލާ ނާޒިމްގެ ފައިނޭންސް އެޑްވައިޒަރަކަށް

ފިނޭންސް މިނިސްޓްރީގެ ކުރީގެ ފައިނޭންސް ކޮންޓްރޯލަރ މުހައްމަދު އަހްމަދު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމްގެ ފައިނޭންސް އެޑްވައިޒަރަކަށް ހަމަޖައްސައިފިއެވެ. މި މަގާމަަށް، މުހައްމަދު އަހްމަދު ހަމަޖައްސާފައިވާއިރު، އޭނާ އެމްއެންޕީ އަށް ސޮއި ކުރައްވައި، ޕާޓީގެ މެންބަރޝިޕް ފޯމު ވަނީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމަށް ހަވާލު ކޮށްފައެވެ. މުހައްމަދު އަހުމަދަކީ ވިޔަފާރީގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދިސަރުކާރާއި އެކި ކ...

އެމްއެންޕީ ވެރިކަމެއްގައި ކުދިން ސްކޫލަށް ގެންދަންޖެހޭނީ ދުވާލަކު އެއް ފަހަރު: ނާޒިމް
Raajje

އެމްއެންޕީ ވެރިކަމެއްގައި ކުދިން ސްކޫލަށް ގެންދަންޖެހޭނީ ދުވާލަކު އެއް ފަހަރު: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި ތަޢުލީމީ ނިޒާމް މުޅިން ބަދަލުކޮށް ކޮންމެ ދުވަހަކު އެތައް ފަހަރަކު ކުއްޖާ ސްކޫލަށް ގެންގޮސް ގެންނަންޖެހޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ “ނުއިވޭ އަޑުތައް” މި ނަމުގައި އެ ޕާޓީން ރޭ ފެށި ޓައުން ހޯލް ޑިސްކަޝަން ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. “އުފާވެރި ޒުވާނާ”ގެ ނަމުގައި ބޭއްވުނު މި ފޯރަމްގައި ނާޒިމް […]

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓް ރިޒާގެ ކޮއްކޮއަށް
Raajje

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓް ރިޒާގެ ކޮއްކޮއަށް

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ހުސައިން ރިޒާއަށް ދީފިއެވެ. ހުސައިން ރިޒާ އަކީ، އެ ދާއިރާ ތަމްސީލްކުރައްވަނިކޮށް އަވަހާރަވި މެމްބަރު އިބްރާހިމް ރިޒާގެ ކޮއްކޮ އެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ބޭނުންވާ ޕީޕީއެމްގެ މެމްބަރުންނަށް ހުޅުވައިލުމުން އެކަމަށް ކުރިމަތިލައްވާފައިވަނީ ވެސް ހުސައިން ރިޒާ އެކަންޏެވެ. ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެޕާޓީގެ އާންމު މެމްބަރެއްގެ ގޮތުގައި މިހައިތަނަށް ހުނ...

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ އެމްއެންޕީ ޓިކެޓް އާރިފް އަށް
Raajje

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ އެމްއެންޕީ ޓިކެޓް އާރިފް އަށް

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ގެ ފަރާތުން ވާދަ ކުރާނީ އެރަށު ފިޔާތޮށިގެ، އަލީ އާރިފް (އާރިއްޕެ) ކަމަށް ނިންމައިފިއެވެ. އެ ޕާޓީގެ އިލެކްޝަނާއި ބެހޭ ކޮމެޓީޏް އާރިފަށް ޓިކެޓް ދިނުމަށް ނިންމީ، ގުރައިދޫ ބައި އިލެކްޝަންގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް އެޕްލިކޭޝަނަަށް ހުޅުވައިލުމުން ސުންގަޑި ހަމަވިއިރު، ފޯމާއި ލިޔެކިޔުންތައް ހުށަހަޅާފައިވަނީ އޭނާ އެކަނި ކަމަށްވާތީއެވެ. އާރިފަކީ ގުރައިދޫ ސްކޫލުގައި ލީޑި...