މިސްކިތްތައް ބަލަހައްޓަން ދިނީ އެއް މިލިއަން، ހަގީގަތް އޮޅޭގޮތަށް ވާހަކަ ދެއްކުމުން ހިތާމަކުރަން: މާލޭ މޭޔަރު
މާލެ ސިޓީ ކައުންސިލުން ބަލަހައްޓާ މިސްކިތްތަކުގެ އާބާތުރަ ފިލުވަން އިސްލާމިކް މިނިސްޓްރީން ސިޓީ ކައުންސިލަށް ދެއްވި ފައިސާ އާއިގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ވާހަކަ ދައްކަވާފައި ވަނީ ހަގީގަތް އޮޅޭގޮތަށް ކަމަށާއި، އެކަމާ ހިތާމަކުރައްވާ ކަމަށް މާލޭ މޭޔަރޔ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މާލެ ސިޓީ ކައުންސިލުން ވަނީ، މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ފަންޑު ހޯދުމަށް މިދިޔަ ހަފުތާ ބަންދުގައި ޓެލެތޯނެއް ފަށާފައެވެ. “ޗާލު މިސްކިތް” ފަންޑުނަމުގައި ކުރިއަށް ގެންދާ މި ހަރަކާތަށް ފުރަތަމަ...