ގޮންޖެހުންތައް ކުރިމަތި ނުވި ނަމަ މާލެއަށް މާ ފުރިހަމަކޮށް ކަންކަން ކޮށް ދެވުނީސް: މުއިއްޒު
ގޮންޖެހުންތައް ކުރިމަތި ނުވި ނަމަ މާލެއަށް މާ ފުރިހަމަކޮށް ކަންކަން ކޮށް ދެވުނީސް ކަމުގައި އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ ގޮތުގައި އެންމެ ފަހު ފަހަރަށް ހުރިހައި މުވައްޒަފުންނާ ބައްދަލު ކުރެއްވުމަށް ރޭ ބޭއްވި ހާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ ޔަގީނުން ވެސް މަގުތައް ހެދި، ޕާކިން މަލްޓިސްޓޯރީ އެތައް ބިލްޑިންއެއް އަޅައި ޕާކިންގެ ބޮޑު މައްސަލަ އަށް ހައްލެއް […]