Raajje
އެލްޖީއޭގެ ސީއީއޯގެ މަގާމަށް ޒުލްފާ އައްޔަން ކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯގެ މަގާމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ މިއަދު އައްޔަނުކުރައްވައިފިއެވެ. ޒުލްފާ އެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ޒުލްފާ އަށް މަގާމުގެ ފަތްކޮޅު ދެއްވައިފައެވެ. އެލްޖީއޭގެ ސީއީއޯގެ މަގާމު ހުސްވީ އެ މަގާމުގައި މީގެ ކުރިން ހުންނެވި އަފްޝަން ލަތީފް މިދިޔަ 15 މެއިގައި އިސްތިއުފާ ދެއްވުމުންނެވެ. […]