މާރަންދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީގެ ފަރާތުން ސިއްޙީމަރުކަޒަށް 2 އެއާރކޯން ހަދިޔާ ކޮށްފި
ހއ. މާރަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން މާރަންދޫ ސިއްޙީމަރުކަޒަށް 2 އެއާރކޯން ހަދިޔާ ކޮށްފި އެވެ. އެކައުންސިލުން ބުނީ މި ދެ އެއަރކޯން ހަދިޔާކޮށްފައިވަނީ ސިއްޙީމަރުކަޒުގެ ޕަބްލިކް ހެލްތު ޔުނިޓަށް ކަމަށެވެ. މިއީ ރަށުގެ ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޕަބްލިކް ހެލްތު ޔުނިޓުގެ މުހިންމުކަން ދެނެގަނެ، އެތަނުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި އެއާރކޯންތައް ހަދިޔާކުރުމުގެ މައިގަނޑު މަޤްޞަދަކީ ޕަބްލިކް ހެލްތު ޔުނިޓުގަ...