ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުނުވެ އޮތީ ކުރީގެ ސަރުކާރުތަކުގައި ކުދި މަޝްރޫޢުތަކަށް ސަމާލުކަން ދިނުމުން: އަސްލަމް
މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުނުވެ އޮތީ ކުރީގެ ސަރުކާރުތަކުގައި ކުދިކުދި ޕްރޮޖެކްޓްތަކަށް ސަމާލުކަން ދިނުމުން ކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ގުޅިފަޅުގެ ބިން ހިއްކުމަށް ޖުލައި 2 ވަނަ ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމަށް ހައްލު ގެނެވޭނީ ވަރަށް ބޮޑު ޕްލޭނެއް އޮވެގެން ކަމަށާއި އެއީ ޒަމާންވީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުގައި މަސައްކަތްކުރައްވާފައިވަނީ ކުދިކުދި ޕްރޮޖެކްޓްތަކ...