އޮން އެރައިވަލް ވިސާ ގައި ރާއްޖެއާއި ކިރިގިސްތާނާއި ދެމެދު މިހާރު ދަތުރުކުރެވޭނެ
އޮން އެރައިވަލް ވިސާ ގައި ރާއްޖެއާއި ކްރިގިސްތާނާއި ދެމެދު ދަތުރުކުރެވޭ ގޮތް ހަދައިފި އެވެ. މިކަމުގެ ފަހުމުނާގައި ސޮއެ ކުރައްވާފައިވަނީ އިއްޔެ އެވެ. މި ފަހުމުނާމައިގާ ރާއްޖޭގެ ފަރާތުން ސޮއެ ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ކްރިގިސްތާނުގެ ފަރާތުން ސޮއެ ކުރެއްވީ އެގައުމުގެ ފޮރިން މިނިސްޓަރު ޒީންބެކް ކުލުބައެވް އެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ މި ފަހުމުނާމައިގެ ދަށުން ދެ ގައުމުގެ ރައްޔިތުން އެއްގައުމުން އަނެއް ގައުމަށް ދަތުރު ކުރުމުގައި...