ކެލާގައި ގާއިމުކުރާ ކުނިކޮށީގެ މަސައްކަތްތައް ނިންމަން ހަވާލުކޮށްފި
ހއ. ކެލާގައި ގާއިމްކުރަން ހަމަޖެހިފައިވާ، ކުނި މެނޭޖުކުރާ މަރުކަޒުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. މި މަސައްކަތަކީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަންނީ ބޭފުޅުންގެ ލަފައާއިއެކު ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތް ބީލަން އުސޫލުން ހަވާލުކޮށްފައިވަނީ “މަންގަނޑު” ކުންފުންޏާކަމަށާއި އަދި މި މަސައްކަތަކީ އެރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމުގައި އެންވަޔަރަންމެންޓް މިނިސްޓްރީން މަޢުލޫމާތު...