ޝަހީބު، ތަރުޖަމާނު ކަމުން ވަކިކޮށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް
ރައީސް އޮފީހުގެ ތަރުޖަމާނަކަށް އައްޔަން ކުރެއްވި މުހައްމަދު ޝަހީބު، އެ މަގާމުން ވަކި ކުރައްވައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވައިފިއެވެ. މިކަމާ ގުޅިގެން ސަރުކާރުން މިހާތަނަށް އައިއިރު ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އެކަމަކު، ރައީސް އޮފީހުގެ ވެބްސައިޓުގައި ސަރުކާރުގެ އެކިއެކި މަގާމުތަކަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންގެ މައުލޫމާތު ހިމެނޭ ޕޭޖްގައިވާ ގޮތުން ޝަހީބަކީ މިހާރު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ. އެނގިފައިވާ ގޮތުގައި، އޭނާ އެ މަގާމަށް ހަމަޖެއްސީ...