Skip to main content
Topic Archive

#މުހައްމަދު ސައީދު

44 Stories filed
އެމްޑީޕީގެ ކެންޑިޑޭޓުން މަގުމަތިކޮށްފި: ސައީދު
Raajje

އެމްޑީޕީގެ ކެންޑިޑޭޓުން މަގުމަތިކޮށްފި: ސައީދު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން މަގުމަތިކޮށްފައިވާކަމަށާއި އެމްޑީޕީގެ މުޅި ފޯކަސް ހުރީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރަންކަމަށް އިގްތިސާދީ ތަރައްގީއާ ވިޔާފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. ކޮންްގްރެސް ޕާޓީގެ ފަރާތުން ނ.ވެލިދޫގައި ބޭއްވި ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ އެމްޑީޕީގެ ވެރިން އިސްނަގައިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން...

ދަތިކަމެއް ނެތި ޑޮލަރު ލިބޭނެ: ސައީދު
Raajje

ދަތިކަމެއް ނެތި ޑޮލަރު ލިބޭނެ: ސައީދު

ރާއްޖެއަށް ޑޮލަރުގެ ތާށިކަމެއް ނެތް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅެއް ނަމަ އެކަން އެގޮތަށް ކުރިއަށްދާނެކަމުގެ ޔަގީން އިގްތިސާދީ ތަރައްގީއާ ވިޔާފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް އެއާޕޯޓުން ދޫކުރަމުންދާ 500 ޑޮލަރު 1،000 ޑޮލަރަށް އިތުރުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 2024 ވަނަ އަހަރު ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ބޭއްވި ޖަލްސާގައި ވާހަކަފުޅު...

އެމްޑީޕީއަކީ ދިވެހި އިގްތިސާދު ދޮލަނގަކަށް ލައިގެން ވިއްކަން ނިކުތް ބައެއް: ސައީދު
Raajje

އެމްޑީޕީއަކީ ދިވެހި އިގްތިސާދު ދޮލަނގަކަށް ލައިގެން ވިއްކަން ނިކުތް ބައެއް: ސައީދު

ސަރުކާރަށް ކައުންސިލް އިންތިހާބު ލިބިއްޖެނަމަ ލާމަރުކަޒީ ނިޒާމު ފުނޑާލާނެކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވައި އެމްޑީޕީއަކީ “ދިވެހި އިގްތިސާދު ދޮލަނގަކަށް ލައިގެން ވިއްކަން ނިކުތް ބައެއް” ކަމަށް އިގްތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ކޮންގްރެސް ޕާޓީން ރާއްޖޭގެ މީޑިއާތަކުގެ ޒަރީއާއިން ކުރިއަށްގެންދާ ކެމްޕެއިން ޕްރޮގުރާމް “ދިވެހީންގެ ރާއްޖެ” ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ވާ...

ބަންކަރިން ޚިދުމަތުން 282 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ: ސައީދު
Raajje

ބަންކަރިން ޚިދުމަތުން 282 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ: ސައީދު

އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބަންކަރިންގެ ޚިދުމަތުން މިހާތަނަށް ޖުމްލަ 282.1 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، މި ޚިދުމަތުން ޓެކުހުގެ ގޮތުގައި އެކަނިވެސް ދައުލަތަށް 24 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށްޓަކައި ސްޓޭޓް ޓްރޭޑިންގ އޯގަނަ...

ފިކުރީ މުދަލުގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް ޕޭޓަންޓާއިބެހޭ ޤާނޫނެއް
Raajje

ފިކުރީ މުދަލުގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް ޕޭޓަންޓާއިބެހޭ ޤާނޫނެއް

ދިވެހިރާއްޖޭގައި ފިކުރީ މުދަލުގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށްޓަކައި ޕޭޓަންޓާއިބެހޭ ޤާނޫނެއް ވުޖޫދުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މިކަމަށްޓަކައި ޕޭޓަންޓާއިބެހޭ ބިލެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިކަން ހާމަކުރައްވަމުން ވިޔަފާރި އާއި އިގްތިސޯދާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، ޓްރޭޑްމާކު ބިލް ޤާނޫނަކަށް ވުމާއެކު، ޕޭޓަންޓާއިބެހޭ ބިލެއް އެކުލަވައިލުމުގެ މަސައްކަތް ވާލްޑް އިންޓަލެކްޓުއަލް ޕްރޮޕަޓީގެ އެކްސްޕާޓުންގެ އެހީގައި ކުރިއަށްދާ ކަމަށެވެ. މީގެ އި...

ކުޅުދުއްފުށީގެ ފަންނުވެރި މަސައްކަތްތެރީންނާއި މަޝްވަރާކޮށްލެވުމަކީ ލިބުނު ބޮޑު އުފަލެއް: ސައީދު
Thiladhunmathi News

ކުޅުދުއްފުށީގެ ފަންނުވެރި މަސައްކަތްތެރީންނާއި މަޝްވަރާކޮށްލެވުމަކީ ލިބުނު ބޮޑު އުފަލެއް: ސައީދު

ކުޅުދުއްފުށި ސިޓީގެ ފަންނުވެރި އެކި މަސައްކަތްކުރާ ބައެއް ފަރާތްތަކާއި، ވިޔަފާރީގެ އެކި ކަންކަމުގައި އުޅޭ ފަރާތްތަކާއިއެކު ބައްދަލުވެ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްލަން ފުރުސަތު ފަހިވެގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މި ސެޕްޓެމްބަރ މަހު 18 އިން 22 އަށް ކުޅުދުއްފުށީގައި ބޭއްވި ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދިނުމުގެ ގޮތުން ވަޒީރު ވަނީ އިއްޔެ ކުޅުދުއްފ...

އިގްތިސޯދީ ވަޒީރު ސައީދުގެ ބައްޕަ ނިޔާވެއްޖެ
Thiladhunmathi News

އިގްތިސޯދީ ވަޒީރު ސައީދުގެ ބައްޕަ ނިޔާވެއްޖެ

އިގްތިސޯދީ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދުގެ ބައްޕަ ސަޢީދު ޢަބްދުﷲ، ވިނަރެސް / ހއ.ތުރާކުނު ނިޔާވެއްޖެއެވެ. ސައީދު ޢަބުދުﷲ ވަނީ ތުރާކުނުގެ ކުޑަ ކަތީބުގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވުމުގެ އިތުރުން ތުރާކުރުނުގެ އިދާރީ ހިންގުމުގައި ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތް ކުރަށްވާފައެވެ. ސައީދު ޢަބުދުﷲ ނިޔާވުމާއި ގުޅިގެން ތައުޒިޔާ ވިދާޅުވެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޚަބަރު އަޑުއެއްސެވީ ނުހަނު ފުންހިތާމައާއެކުގައި ކަމަށެވެ. ‏’’މަރުޙޫމް ސަޢީދު...

ހަނިމާދޫ އެއާޕޯޓް ބޭރުބަޔަކަށް ވިއްކާލަން އުޅޭކަމަށް ބުނެފަތުރާ ވާހަކައަކީ ދޮގެއް: ސައީދު
Thiladhunmathi News

ހަނިމާދޫ އެއާޕޯޓް ބޭރުބަޔަކަށް ވިއްކާލަން އުޅޭކަމަށް ބުނެފަތުރާ ވާހަކައަކީ ދޮގެއް: ސައީދު

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ސަރުކާރުން ތަރައްގީކުރަމުން އަންނަ އިންޓަރނޭޝަނަލް އެއާޕޯޓް ބޭރުބަޔަކަށް ވިއްކާލަންއުޅޭކަމަށް ބުނެފަތުރާ ވާހަކައަކީ ބުހުތާނު ދޮގެއް ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު ސައީދު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަނިމާދޫ އެއަރޕޯޓް ބޭރުގެފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށްބުނެ ފަތަރަމުންދާ ވާހަކައާއި، މިކަމާއިބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާއި ބައްދަލުކުރި...

ސްރީލަންކާއާ ދެމެދު ޑިއުޓީ ފްރީ ޒޯނެއް ގާއިމްކުރުމުގެ މަޝްވަރާއެއް ނުކުރޭ: ސައީދު
Raajje

ސްރީލަންކާއާ ދެމެދު ޑިއުޓީ ފްރީ ޒޯނެއް ގާއިމްކުރުމުގެ މަޝްވަރާއެއް ނުކުރޭ: ސައީދު

ރާއްޖެއާއި ސްރީލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީ ފްރީ ޒޯނެއް ގާއިމްކުރުމުގެ އެއްވެސް މަޝްވަރާއެއް ދިވެހި ސަރުކާރުން ނުކުރާކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ސައީދު މިހެން ވިދާޅުވީ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ލަންކާގެ ބައެއް މީޑިއާތަކުން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ރައީސް އަނުރާ ކުމާރަ ޑިސަނަޔަކެ އަންނަ މަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާއިރު، އެންމެ މުހިންމު އެއް މަޝްވަރާއަކަށް ވާނީ ދެ ގައުމުގެ މެދުގައި ފ...

ބަންކަރިންއިން ލިބޭވަރު ކޮންމެ ދުވަހަކުވެސް ބަލަން، ފަސް މަހުން ލިބުނު ވަރު މަދެއްނޫން: ސައީދު
Thiladhunmathi News

ބަންކަރިންއިން ލިބޭވަރު ކޮންމެ ދުވަހަކުވެސް ބަލަން، ފަސް މަހުން ލިބުނު ވަރު މަދެއްނޫން: ސައީދު

އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބަންކަރިންގެ ޚިދުމަތުން ލިބުނީ ކިހާވަރެއްތޯ ކޮންމެ ދުވަހަކުވެސް ބައްލަވަމުން ގެންދަވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު މިރޭ ވިދާޅުވީ ބަންކަރިންގެ ވާހަކަ ވަރަށް ގިނައިން ދައްކާތީ އަޑުއިވިވަޑައިގަންނަވާ ކަމަށެވެ. އަދި އެހާ ގިނައިން އެވާހަކަ އެ ދައްކަނީ އެކަމަށް އޮންނަ ޝައުގެއްގެ ބޮޑުކަމުންކަމަށާއި، އެކަމާއި ވަރަށް އުފާކުރ...

ބަންކަރިން ޚިދުމަތެއް ނުހުއްޓޭ، ޚިދުމަތް ފުޅާކުރުމަށް ހާއްސަ ޕޯޓެއް ތަރައްގީ ކުރަނީ
Raajje

ބަންކަރިން ޚިދުމަތެއް ނުހުއްޓޭ، ޚިދުމަތް ފުޅާކުރުމަށް ހާއްސަ ޕޯޓެއް ތަރައްގީ ކުރަނީ

އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބަންކަރިންގެ ޚިދުމަތް ނުހުއްޓި ކުރިއަށްދާ ކަމަށާއި، މި ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އެކަމަށް ޚާއްސަ ޕޯޓެއް އުތުރުގައި ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، އުތުރުގައި އޮފް ޕޯޓު އޭރިއާއެއް މިހާރު ތަރައްޤީކުރެވިފައިވާ ކަމަށާއި، ޕޯޓެއް ނެތި މި...

''ފުދިއްޖޭ،ފުނޑިއްޖޭ'' ބުނާއިރު ވެރިކަމުން ފޭބީ ރައްޔިތުންގެ ހަރުމުދާތައް ވެސް ރަހުނުކޮށްފައި: ސައީދު
Raajje

''ފުދިއްޖޭ،ފުނޑިއްޖޭ'' ބުނާއިރު ވެރިކަމުން ފޭބީ ރައްޔިތުންގެ ހަރުމުދާތައް ވެސް ރަހުނުކޮށްފައި: ސައީދު

އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ”ފުދިއްޖޭ،ފުނޑިއްޖޭ” ބުނެ ވާހަކަދައްކާއިރު، ފަސް އަހަރުގެ ދައުރު ނިންމައި ވެރިކަމުން ފޭބީ ރައްޔިތުންގެ ހަރުމުދާތައް ވެސް ރަހުނުކޮށް ލޯނުނަގާފައިކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ރޭ ބައެއް ޓީވީ ޗެނަލް ތަކުން ލައިވްކުރި “ހަފްތާ52″ގެ ނަމުގައި ގެނެސްދިން ޚާއްސަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، އެ ސަރުކާރުގައި އިސްކަންދަރު ސްކޫލް، މަޖީދިއްޔާ ސްކޫލްފަދަ ސްކޫލްތައް ހުރި...

އިސްކުރަންޖެހޭނީ ރައްޔިތުންނާއި ކިޔަވާކުދިން ކަމަށް ރައީސް ބީއެމްއެލްއަށް އެންގެވި: ސައީދު
Raajje

އިސްކުރަންޖެހޭނީ ރައްޔިތުންނާއި ކިޔަވާކުދިން ކަމަށް ރައީސް ބީއެމްއެލްއަށް އެންގެވި: ސައީދު

ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭކަމަށް ބުނެ ނިންމުތަކެއް ނިންމައި އެކަން ޢިއުލާންކުރީ އެކަން އެގޮތަށް ނުކުރަން ރައީސް އަންގަވާފައި ވަނިކޮށްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ބީއެމްއެލްގެ އެ ނިންމުމަކީ ބަޣާވާތެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސިފަކުރަށްވާފައެވެ. އަދި ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް ތާއީދު ކުރާފަރާތްތަކުން ވެސް އެއީ މާލީ ބަޣާވާތެއްކަމަށް އަންނަނީ ބުނަމުންނެވެ. މި...

އުތުރުގައި ބަންކަރިން ޚިދުމަތްފެށުން ސެޕްޓެމްބަރު 12 ގައި
Raajje

އުތުރުގައި ބަންކަރިން ޚިދުމަތްފެށުން ސެޕްޓެމްބަރު 12 ގައި

ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، އުތުރުގައި ފަށަން ނިންމާފައިވާ ބަންކަރިންގެ ޚިދުމަތް އަންނަ ސެޕްޓެމްބަރު 12 ގައި ތައްޔާރުވެފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު އިއްޔެ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ބޭރުފައިސާ ލިބުމުގެ ދަތިކަމަށް ޙައްލުހޯދުމަށާއި ރާއްޖޭގެ އިޤުތިޞާދު އިތުރަށް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ހާމަކުރުމަށް ސަރުކާރުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އިހަވަންދިއްޕ...

ބީއެމްއެލުން ޢަމަލުކުރީ ސީދާ ރައީސްގެ އެންގެވުމާ ޚިލާފަށް: އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު
Raajje

ބީއެމްއެލުން ޢަމަލުކުރީ ސީދާ ރައީސްގެ އެންގެވުމާ ޚިލާފަށް: އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުޢާމަލާތް ނުކުރެވޭ ގޮތަށް ހެދުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި އެއީ ސަރުކާރާ އެކު ކުރި މަޝްވަރާތަކާއި ދިން ލަފަޔާ ޚިލާފު ނިންމުމެއް ކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ. މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިޤްތިޞާދީ ވަޒީރު ވިދާޅުވީ، ޑޮލަރު ލިމިޓްކުރަން ބީއެމްއެލް އިން ނިންމި ނިންމުމަކީ ސަރުކާރުން ބޭނުންވާ ގޮތެއް ނޫން […]