އެމްޓީއޭއިން މިނިވަން ދުވަހާއި ގުޅުވައިގެން ޚާއްސަ ނައިޓް މާރކެޓެއް ބާއްވަނީ
މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) މި އަހަރުގެ މިނިވަންދުވަހާއި ގުޅުވައިގެން “މިނިވަން އުފާ ނައިޓް މާރކެޓް” ނަމުގައި ޚާއްސަ ނައިޓް މާރކެޓެއް ބޭއްވުމަށް ނިންމައިފިއެވެ. އެމްޓީއޭއިން ބުނިގޮތުގައި މި ނައިޓް މާރކެޓް ބޭއްވުމުގެ މަގުސަދަކީ މިނިވަންދުވަހުގެ މުނާސަބަތުގައި، ހިތްފަސޭހަ މާހައުލެއްގައި ވިޔަފާރިކޮށް އަދި، ވިޔަފާރަވެރިންނަށް އެފަރާތްތަކުގެ މުދާ ހެޔޮ އަގުގައި ވިއްކޭނެ ފުރުސަތު ފަހިކޮށްދިނުމެވެ. މީގެ އިތުރުން އާންމު ރައްޔިތުންނަށް ހެޔޮއަގުގައި އެކި ބާވަތްތަކުގެ ތަކެތި ގަނެވޭނެ އިންތިޒާމ...