ކެންޑިޑޓުންނާ ސަޕޯޓަރުންނާ ޕީއެންސީންގެ ލީޑަރޝިޕާއެކު މާލޭގައި ސައިކަލް ބުރެއް
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކުރިއަށް އޮތް އިންތިޚާބުތަކަށް ތައްޔާރުވުމުގެ ގޮތުން، އެ ޕާޓީގެ ކެންޑިޑޭޓުންނާއި ސަޕޯޓަރުން އަދި ލީޑަރޝިޕް ބައިވެރިވި ބޮޑު ސައިކަލު ބުރެއް މާލޭގައި މިއަދު ބާއްވައިފިއެވެ. މި ހަރަކާތަކީ ޕާޓީގެ ވަރުގަދަކަން ދައްކާލުމަށާއި ކެމްޕޭން ފޯރި ގަދަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ސައިކަލު ބުރު ފެށީ މާފަންނު މެރީބްރައުން ސަރަހައްދުންނެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި މި ދަތުރު މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވުމަށްފަހު ނިންމާލާފައިވަނީ...