Skip to main content
Topic Archive

#މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ)

63 Stories filed
މިފްކޯއިން އައްޑޫ އަދި ކޫއްޑޫގައި ތެޔޮ ވިއްކަން ފަށައިފި
Business

މިފްކޯއިން އައްޑޫ އަދި ކޫއްޑޫގައި ތެޔޮ ވިއްކަން ފަށައިފި

މިފްކޯގެ ދެ ސައިޓުގައި މަސްވެރިންނަށް ތެޔޮ ވިއްކަން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. މިފްކޯގެ ސައިޓުތަކުން ތެޔޮ ވިއްކުމަށް ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއެކު އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިސްމާއީލް ފައުޒީއެވެ. އަދި އެފްއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމްއެވެ. މިފްކޯއިން ކުރި ޓުވީޓެއްގައި ބުނީ އެފްއެސްއެމްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އިއްޔެއިނ...

މިފްކޯ އިން ލޮނުމެދު މަސްދަޅާއި، ވަޅޯމަސް މަސްދަޅު ބާޒާރަށް ނެރެފި
Business

މިފްކޯ އިން ލޮނުމެދު މަސްދަޅާއި، ވަޅޯމަސް މަސްދަޅު ބާޒާރަށް ނެރެފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އައު ދެ އުފެއްދުމެއް ބާޒާރަށް ނެރެފި އެވެ. އެ ކުންފުނީގެ އައު އުފެއްދުންތައް ބާޒާރަށް ނެރެފައިވަނީ މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ގދ. ފަރެސްމާތޮޑާގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ރައީސް ސާލިހެވެ. މިފްކޯއިން އަލަށް ބާޒާރަށް ނެރެފައިވަނީ ފަސްމީރު ބްރޭންޑްގެ މަސްދަޅުގެ ލޮނުމެދު މަސްދަޅާއި، ވަޅޯމަސް މަސްދަޅެވެ. އެ ކުންފުނިން ވިދާޅުވީ ލޮނުމެދު މަސްދަޅަކީ، ގިތެޔޮމިރުސް މަސްދަޅާއި، ހިކިމިރުސް މަސްދަޅެކޭ އެއްގޮތަށް މަސްދަޅުގައި ލ...

މަސް ކިރަން، މިފްކޯއިން އިތުރު 3 ބޯޓު ގަނެފި
Business

މަސް ކިރަން، މިފްކޯއިން އިތުރު 3 ބޯޓު ގަނެފި

މަސް ކިރުމުގެ ގާބިލުކަން އިތުރުކުރުމަށް މިފްކޯއިން އިތުރު 3 ބޯޓު ގަނެފި އެވެ. އެ ކުންފުނިން ވިދާޅުވީ މިއީ މަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ގަތް ތިން ބޯޓު ކަމަށާއި މި ބޯޓުތަކުގެ ރަޖިސްޓްރޭޝަން ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެހެންނަމަވެސް މި ބޯޓުތައް މާލެ ގެނެވޭނެ ދުވަހެއް އަދި ބޯޓުތަކުގެ އިތުރު މައުލޫމާތެއް އަދިހާމައެއް ނުކުރައްވަ އެވެ. ވިދާޅުވީ އެ މައުލޫމާތު ފަހުން ހާމަކުރައްވާނެ ކަމަށެވެ. ރާއްޖޭގެ މަސްވެރިކަން، ހާއްސަކޮށް ދެކުނުގެ މަސްވެރިކަން ރަނގަޅު ދުވަސްވަރު، […]

"ބާޚިރާ" ދޯނިން ދޮށީގެ މަސްވެރިކަމުގެ އާ ރެކޯޑެއް
Raajje

"ބާޚިރާ" ދޯނިން ދޮށީގެ މަސްވެރިކަމުގެ އާ ރެކޯޑެއް

އެއް ދުވަހުން އެންމެ ގިނަ މަސް ބޭނި ދޯނީގެ ރިކޯޑު “ބާޚިރާ” ދޯނިން ގާއިމުކޮށްފި އެވެ. މިފްކޯ އިން ވިދާޅުވެފައިވަނީ، ގދ. ފަރެސްމާތޮޑާ، ”ބާޚިރާ” ދޯނިން، އެއް ދުވަހެއްގެ ދޯށީގެ މަސްވެެރިކަމުގެ އާ ރިކޯޑެއް ހަދާފައިކަމަށެވެ. އެ ދޯނިން 58.6 ޓަނުގެ މަސް ބާނާފައި ވަނީ އިއްޔެ ކަމަށެވެ. އެހެންކަމުން މިއީ އެއްދުވަހެއްގައި ދޮށީގެ މަސްވެެރިކަމުގެ އައު ރިކޯޑެއް ކަމަށް މިފްކޯއިން ވިދާޅުވެއެވެ. އެ ދޯންޏަށް މަރުހަބާ ކިޔައި، މިފްކޯ އިން ވިދާޅުވެފައިވަނީ އިއްޔެ އެ ދޯނިން […]

މިފްކޯއިން ފިޔަވައްޗަށް ކިޔަވަން ބޭނުންވާ ތަކެތި ހަދިޔާ ކޮށްފި
Business

މިފްކޯއިން ފިޔަވައްޗަށް ކިޔަވަން ބޭނުންވާ ތަކެތި ހަދިޔާ ކޮށްފި

މިފްކޯގެ 29 ވަނަ އަހަރީ ދުވަހާ ގުޅިގެން ހުޅުމާލޭގައި ހުންނަ ފިޔަވައްޗަށް ގިނަ އަދަދެއްގެ ފޮތާއި ކިޔެވުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފިއެވެ. މިފްކޯގެ ފަރާތުން މިތަކެތި ހަދިޔާ ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެގޮތުން ތަކެތި ހަދިޔާ ކުރުމަށް އެ ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ވަނީ ފިޔަވައްޗަށް ޒިޔާރަތް ކޮށްފައެވެ. މިފްކޯއިން ވަނީ ފިޔަވަތިން އިންތިޒާމުކުރި ކުޑަކުދިންގެ ކުޅިވަރު ދުވަހުގައި ބައިވެރިވެފައެވެ. މި ހަރަކާތުގައި އެމަރުކަޒުގައި ދިރިއުޅޭ އެކި އުމުރުފުރާގެ ކުދިން ބައިވެރިވާގ...

ކޫއްޑޫގައި އިމާރާތެއްގެ މަތިން ވެއްޓުނު ބިދޭސީ މީހާ ނިޔާވެއްޖެ
Raajje

ކޫއްޑޫގައި އިމާރާތެއްގެ މަތިން ވެއްޓުނު ބިދޭސީ މީހާ ނިޔާވެއްޖެ

ގއ. ކޫއްޑޫގައި އިމާރާތެއްގެ މަތިން ވެއްޓުނު ބިދޭސީ މީހާ މަރުވެއްޖެ އެވެ. މިފްކޯއިން މަސް ފެކްޓްރީ ހިންގާ ކޫއްޑޫގައި ހުރި އިމާރާތެއްގެ މަތިން އެމީހާ ވެއްޓިފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހު އެވެ. އަދި އޭނާއަށް އެ އަތޮޅު ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު، އިތުރުފަރުވާއަށް ވަނީ މާލެ ގެނެސްފަ އެވެ. އޭނާ މަރުވެފައިވަނީ އައިޖީއެމްއެޗް ގައި ފަރުވާދެމުން ދަނިކޮށް އިއްޔެ އިރުއޮއްސި ހައެއް ޖަހާކަން ހާއިރު އެވެ. އެއީ އުމުރުން 41 […]

ދޮށީގެ މަސްވެެރިކަމުގެ ރިކޯޑެއް، ކިރުވި މަހަށް 971،584 ރުފިޔާގެ އާމްދަނީއެއް
Raajje

ދޮށީގެ މަސްވެެރިކަމުގެ ރިކޯޑެއް، ކިރުވި މަހަށް 971،584 ރުފިޔާގެ އާމްދަނީއެއް

ގދ. މަޑަވެލީ، ޓީއެސް ލައިން ދޯނިން އެއްދުވަހެއްގެ ދޮށީގެ މަސްވެެރިކަމުގެ ރިކޯޑެއް ހަދާފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ އެ ކުންފުނީގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް 57.152 ޓަނު މަސްކިރުވައި، އެއްދުވަހެއްގެ ދޮށީގެ މަސްވެެރިކަމުގެ ރިކޯޑު ގދ. މަޑަވެލީގެ ޓީއެސް ލައިން ދޯނިން ހަދާފައިވާ ކަމަށެވެ. މީގެ އިތުރުން އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ އިސްމާއީލް ފައުޒީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދެކުނުގެ މޫސުން އެންމެ […]

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިފްކޯ މަސްފިހާރައެއް ހުޅުވައިފި
Business

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިފްކޯ މަސްފިހާރައެއް ހުޅުވައިފި

މިފްކޯގެ މަސް ފިހާރައެއް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތައް ސަރަހައްދުގައި ހުޅުވައިފިއެވެ. މި ފިހާރަ ހުޅުވައި ހިދުމަތް ދޭން ފަށާފައިވަނީ ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި މަސްފިހާރަ ހުޅުއްވައިދެއްވީ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް އާއި މިފްކޯގެ ޗެއާމަން އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ. މިފްކޯގެ ޗެއާމަން ހުސައިން އަމްރު ވިދާޅުވި ގޮތުހައި ދެވަނަ ފިޔަވަހީގައި މިފްކޯ މަސްފިހާރައެއް ހުޅުވީ ބޮޑު އާބާދީއެއް އޮންނަ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތް...

ކުރިން އެންގި ގޮތަށް މަސްދަޅު ކޭހަކުން 150ރ. ބޮޑުކޮށްފި
Business

ކުރިން އެންގި ގޮތަށް މަސްދަޅު ކޭހަކުން 150ރ. ބޮޑުކޮށްފި

މިފްކޯއިން ކުރިން އަންގާފައިވާ ގޮތަށް މަސްދަޅުގެ ކޭހަކުން 150ރ. ބޮޑުކޮށްފިއެވެ. މިފްކޯއިން މިދިޔަ މާޗް މަހު ވަނީ އަގުތަކަށް ބަދަލު ގެންނާނެކަން އިއުލާނުކޮށްފައެވެ. އެގޮތުން ރޯދައާ ދިމާކޮށް ބަދަލުތައް ނުގެނެސް މަޑުޖައްސާލީ ރޯދަ ޕްރޮމޯޝަން ނިމެންދެންނެވެ. މި ޕްރޮމޯޝަން ނިމުނީ އިއްޔެއެވެ. މިފްކޯއިން ބުނީ ބާޒާރުގައި އަގުތަކަށް އަންނަ ބަދަލުތަކާ ގުޅިިގެން މަސްދަޅުގެ އަގަށް އަބަދުވެސް ބަދަލުތައް ގެންނަ ކަމަށެވެ. މިފަހަރު މިހާ ބޮޑު ބަދަލެއް ގެންނަން ޖެހުނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ތެލުގެ...

މިއަދުން ފެށިގެން މިފްކޯއިން މަސް ގަންނާނީ ކޮންޓްރޯލެއް ނެތި
Business

މިއަދުން ފެށިގެން މިފްކޯއިން މަސް ގަންނާނީ ކޮންޓްރޯލެއް ނެތި

މިއަދުން ފެށިގެން ކޮންޓްރޯލެއް ނެތި މިފްކޯއަށް މަސް ކިރޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ. މަސްވެރިކަން ރަނގަޅުވެ، މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ލިބޭތީ، މިދިޔަ މަހު އެކުންފުނިން ވަނީ މަސް ކިރުން ކޮންޓްރޯލް ކޮށްފައެވެ. އެގޮތުން ކޮންމެ ދޯންޏަކަށް ހަތް ޓަނު މަސް ކިރުވޭ ގޮތަށް ނިންމިއެވެ. މަސް ގަތުން ކޮންޓްރޯލް ކުރުމުން ދެކުނުގެ މަސްވެރިން ވަނީ އެކަމާ ނުރުހުން ފާޅުކޮށް މުޒާހަރާވެސް ކޮށްފައެވެ. އަދި މަސް ކިރުވަން ބައެއ ދޯނިތަކުން ހުޅުމާލެއަށްވެސް އައެވެ. […]

މިފްކޯއިން އަލަށް ގެނައި ބޯޓު ބޭނުން ކޮށްގެން މަސް އެކްސްޕޯޓް ކުރަން ފަށައިފި
Business

މިފްކޯއިން އަލަށް ގެނައި ބޯޓު ބޭނުން ކޮށްގެން މަސް އެކްސްޕޯޓް ކުރަން ފަށައިފި

މިފްކޯއަށް އަލަށް ގެނައި “ޖަޒީރާ ރީފާ” ބޯޓުން މަސް އެކްސްޕޯޓް ކުރަން ފަށައިފިއެވެ. އެ ބޯޓަކީ ދިގުމިނުގައި 98 މީޓަރު، ފުޅާމިނުގައި 13.6 މީޓަރު ހުންނަ ބޯޓެކެވެ. އެ ބޯޓުގައި 2500 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭނެއެވެ. މިފްކޯއިން އެ ބޯޓު ރާއްޖެ ގެނައީ މިދިޔަ އަހަރުގެ ޖުލައި މަހުގެ މެދު ތެރޭގައެވެ. އީޔޫ އަދި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގެ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އެ ބޯޓު ބޭނުން ކުރަނީ މަސް އެކްސްޕޯޓް ކުރުމަށާއި […]

މާދަމާއިން ފެށިގެން ދޯންޏަކުން ހަތް ޓަނު މަސް ކިރަން ނިންމައިފި
Business

މާދަމާއިން ފެށިގެން ދޯންޏަކުން ހަތް ޓަނު މަސް ކިރަން ނިންމައިފި

މާދަމާއިން ފެށިގެން ދޯންޏަކުން ހަތް ޓަނު މަސް ކިރަން މިފްކޯއިން ނިންމައިފިއެވެ. އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައިވާތީ ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ކިރުވާތީ ފްރީޒް ކުރަން ވަގުތު ބޭނުންވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ކިޔޫގައި ތިބި ދޯނިތަކުން ހުރިހާ މަހެއް ކިރާފައިވާ ކަމަށްވެސް ބުންޏެވެ. މިފްކޯއިން ބުނީ ދޯންޏަކަށް ހަތް ޓަނުގެ ލިމިޓެއް ކަނޑައެޅީ ދޯނިތަކުން މަސް ބާނަނީ އެއްވަރަކަށް ކަމަށްވާތީ ކަމަށެވެ. އެގޮތަށް ކަންތައް […]

މިފްކޯއިން މިއަދުން ފެށިގެން މަސް ގަންނަވަރު ލިމިޓް ކޮށްފި
Business

މިފްކޯއިން މިއަދުން ފެށިގެން މަސް ގަންނަވަރު ލިމިޓް ކޮށްފި

ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ކިރުވާތީ މިފްކޯ އިން މަސް ގަންނަ އަދަދު ލިމިޓް ކޮށްފިއެވެ. އެ އަދަދު ލިމިޓް ކުރީ މިއަދުން ފެށިގެންނެވެ. އެގޮތުން މިއަދުން ފެށިގެން ކިޔޫގައި ޖެހޭ ދޯނިތަކުން ކިރުވާނީ ދޯންޏަކުން ފަސް ޓަނުގެ މަހެވެ. މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ އެއްފަހަރާ ގިނަ ދޯނިތަކުން ދެކުނުގެ ސެންޓަރުތަކަށް މަސް ކިރުވާ އަދަދު، ކެޕޭސިޓީއަށް ވުރެ އިތުރުވެފައިވާތީ މަސް ކިރުމުގައި ދަތިތަކާ ދިމާވާ ކަމަށެވެ. އެގޮތުން ފާއިތުވި […]

މިފްކޯއިން އާ ދެ ބާވަތެއްގެ މަސްދަޅު ނެރެފި
Business

މިފްކޯއިން އާ ދެ ބާވަތެއްގެ މަސްދަޅު ނެރެފި

މިފްކޯއިން އާ ދެބާވަތެއްގެ މަސްދަޅު ބާޒާރަށް ނެރެފިއެވެ. އަންނަ ރޯދަ މަހާ ގުޅުވައިގެން ނެރުނު މި މަސްދަޅުތައް ފުރަތަމަ ފަހަރަށް އާއްމުންނަށް ދައްކާލީ މިއަދު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއއޔާތުގައު އެ މަސްދަޅުތައް ތައާރަފު ކޮށްދެއްވީ މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ އާއި އެ ކުންފުނީގެ ބޯޑު މެމްބަރު ޝުއައިބު މުހައްމަދެވެ. މިފްކޯއިން މިއަދު ބާޒާރަށް ނެރުނީ “ލުނބޮޔާ މިރުހާއެކު ކަނޑުމަސް ފެނުގައި” މަސް ދަޅާއި “ކަނޑުމަސް ބަނޑައިދޫ ޒައިތޫން ތެލުގައި” މަސް […]

މިފްކޯ އެސްޓީއޯގެ ދަށުން ވަކި ކުރަނީ
Business

މިފްކޯ އެސްޓީއޯގެ ދަށުން ވަކި ކުރަނީ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އެސްޓީއޯގެ ދަށުން ވަކިކުރަން ނިންމައިފިއެވެ. މި މަސްތެރޭގައި އެ ކުންފުނި ވަކި ކުންފުންޏެއް ގޮތަށް ބަދަލު ކުރާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. މިހާރު ކުރަނީ މިކަމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ މިފްކޯ އެސްޓީއޯގެ ދަށުން ވަކިކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ އަމިއްލައަށް ހިންގާ ކުންފުންޏަކ...