Skip to main content
Topic Archive

#މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)

59 Stories filed
އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފި
Raajje

އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފި

ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު، މޯލްޑިވިސް ތާޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ރައީސް އަހްމަދު އަދީބު ރާއްޖެއިން ބޭރުގައި ހޯއްދަވަމުން ގެންދަވާ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ ސިންގަޕޫރުގައި ބޭސް ފަރުވާ ހޯއްދަވަމުން ގެންދަވާ އަދީބު ފަރުވާގެ މުއްދަތު އަންނަ މަހުގެ 28 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި މި މުއްދަތު އިތުރުކޮށްދިނީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް ދެވުނު މުއްދަތު ހަމަވުމުގެ ކުރިން ހުށަހަ...

ރައީސް ކަމަށް ކުރިމަތިލުމަށް އީސީއަށް ހުށަހަޅަންޖެހޭ ލިޔުންތަކުގައި ޔާމީނު ސޮއިކުރައްވައިފި
Raajje

ރައީސް ކަމަށް ކުރިމަތިލުމަށް އީސީއަށް ހުށަހަޅަންޖެހޭ ލިޔުންތަކުގައި ޔާމީނު ސޮއިކުރައްވައިފި

ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ނެރުމަށް ނިިންމާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެންސީ ފޯމު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ފުރުމަށްފަހު، ޕީޕީއެމް އާ ހަވާލުކޮށްފިއެވެ. ޕީޕީއެމް އިން ބުނީ ޔާމީންގެ ފަރާތްޕުޅުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ލިޔުންތަކުގައި އެމަނިކުފާނު ކުރައްވައި، ކަރެކްޝަން މެދުވެރިކޮށް އަނބުރާ އެ ޕާޓީގެ އޮފީހަށް ލިބިފައިވާ ކަމަށެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަ...

އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން އެދިއްޖެ
Raajje

އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން އެދިއްޖެ

ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން އެދިއްޖެއެވެ. އޭނާ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ބޭނުންވާ ކަމަށް ޑޮކްޓަރުން ލިޔުމުން ދިނުމުން، ކަރެކްޝަންގެ މެޑިކަލް ބޯޑުން އެ ގޮތަށް ލަފާ ދިނުމުންނެވެ. އަދީބު ނިސްބަތްވާ ސިޔާސީ ޕާޓީ މޯލްޑިވްސް ތާޑުވޭ ޕާޓީ (އެމްޓީޑީ) އިން ބުނެފައިވަނީ އަދީބު އޭނާ ފަރުވާ ހޯދަމުން ދަނީ ނާރުގެ […]

އަދީބު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދީފި
Raajje

އަދީބު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދީފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ މިއަދު ދީފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ވަނީ ދީފައެވެ. ނަމަވެސް އެ އިދާރާއިން އަދި މިކަމާގުޅޭ ރަސްމީ ބަހެއް ހާމައެއް ނުކުރައްވައެވެ. ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ އަދީބަށް ދިންއިރު އޭނާ އަށް ވަނީ މި މަހުގެ 5 ވަނަ ދުވަހުގެ ރޭ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާ ވެސް […]

ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު އޮފިސަރަކު ހައްޔަރުކޮށްފި
Raajje

ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު އޮފިސަރަކު ހައްޔަރުކޮށްފި

އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އޮފިސަރަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޓެލިޖަންސްއަށް ލިބުނު މަޢުލޫމާތަކާއިގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތާ އެ ސަރވިސް ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި އައްސޭރިޖަލަށް ވައްދަން މަސައްކަތް ކުރި މަސްތުވާތަކެތި ވަނީ ކަރެކްޝަންސާވިސްގެ އޮފިސަރަކާއި އެކު އަތުލައިގަނެވިފައި...

މާފުށީ ޖަލުގައި ހުރި ގައިދީއަކު ނިޔާވެއްޖެ
Raajje

މާފުށީ ޖަލުގައި ހުރި ގައިދީއަކު ނިޔާވެއްޖެ

މާފުށީ ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދިޔަ ގައިދީއަކު ނިޔާވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވިގޮތުގައި ނިޔާވެފައި ވަނީ، އުމުރުން 29 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އަމީނުލް އިސްލާމް ކިޔާ އެ މީހާ ހެނދުނުގެ ސައިގެ ވަގުތު ނުހޭލާ އޮތުމާ ގުޅިގެން ގޮވަން އުޅުމުން އެއްވެސް ހަރަކާތެއް ނުކުރާތީ، އޭނާ އެމަޖެންސީގައި މާފުށީ ހެލްތް ސެންޓަރަށް ގެންދިޔަ ކަމަށް ކަރެކްޝަންސް އިން ވިދާޅުވިއެވެ. އަމީނުލް ނިޔާވިކަމަށް ޑޮކްޓަރު ކަނޑައަޅާފައިވަނީ 2:10 ގައެވެ. ހެލްތް ސެންޓަރުން މައުލޫމާތު ދ...

މާލޭ ޖަލުގައި ތިބި ގައިދީން އެހެން ޖަލުތަކަށް ބަދަލު ކުރަނީ
Raajje

މާލޭ ޖަލުގައި ތިބި ގައިދީން އެހެން ޖަލުތަކަށް ބަދަލު ކުރަނީ

މާލޭ ޖަލުގައި ތިބި ގައިދީން އެހެން ޖަލުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނީ މާލޭ ޖަލުގައި ތިބި ގައިދީން ބަދަލުކުރަނީ ހުޅުމާލެ ޖަލަށާއި މާފުށި ޖަލަށް ކަމަށެވެ. މާލޭ ޖަލު ހުސްކުރަނީ މިހާރު އެ ޖަލު ހުރި ތަނާއި ޖެހިގެން އޮތް ބިމުގައި ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ކުރާތީއެވެ. އެޑިއުކޭޝަން މިނިސްޓްރީން އަންދާޒާކޮށްފައިވަނީ ކުރިއަށް އޮތް ދިރާސީ އައު އަހަރު ފަށާއިރު، ދަރުމަވަންތަ ސްކޫލްގެ ކިޔެވުން […]

ހާލުދެރަވެގެން ފަރުވާ ދެމުންދިޔަ ގައިދީއަކު ނިޔާވެއްޖެ
Raajje

ހާލުދެރަވެގެން ފަރުވާ ދެމުންދިޔަ ގައިދީއަކު ނިޔާވެއްޖެ

ހާލު ދެރަވެގެން އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސް ފަރުވާދެމުން ދިޔަ ގައިދީޔަކު މިއަދު ނިޔާވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް (އެމްސީއެސް) އިން ވިދާޅުވިގޮތުގައި އެއީ މިދިޔަ އާދިއްތަ ދުވަހު މާލޭ ޖަލަށް ހުކުމް ތަންފީޛުކުރުމަށް ގެންދިޔަ ގައިދީއެއް ކަމަށެވެ. ނިޔާވެފައި ވަނީ، ލ. ކުނަހަންދޫ ކަރަންކާގެ މުޙައްމަދު ރަޝީދު (36 އަހަރު) އެވެ. ”މުޙައްމަދު ރަޝީދު ރޭގައި ހުން ގަދަވާތީ މާލޭ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ފަރުވާ ދިނުމަށްފަހު، ހާލަތު ދެރަވާ...

ދައުރުވަނީ މާރާމާރީއާއި ގުޅުން ހުރި ފޮޓޯއެއް ނޫން: އެމްސީއެސް
Raajje

ދައުރުވަނީ މާރާމާރީއާއި ގުޅުން ހުރި ފޮޓޯއެއް ނޫން: އެމްސީއެސް

ދައުރުވަނީ މިއަދު މާފުށީ ޖަލުގައި ހިނގި މާރާމާރީއާއި ގުޅުން ހުރި ފޮޓޯއެއް ނޫންކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ވިދާޅުވެއްޖެއެވެ. މިއަދު މާފުށީ ޖަލުގެ ގޮޅިއެއްގައި ދެ ގައިދީން މެދުގައި މާރާމާރީއެއް ވަނީ ހިނގާފައިވާއިރު، އެކަން ހުއްޓުވީ އެމްސީއެސްގެ އޮފިސަރުންނެވެ. އެމްސީއެސް އިން ވިދާޅުވީ، އެ މާރާމާރީ ހުއްޓުވައި، އަނިޔާވި ގައިދީ މާލެ ގެނެސް އައިޖީއެމްއެޗްއިން ފަރުވާ ދިނުމަށްފަހު، ޑޮކްޓަރުގެ ލަފާގެ މަތިން ޑިސްޗާޖްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. ‘’މި މާރާމާރީއާ ގު...

ޖަލުތަކަށް 220 ޖާގަ އާއި 241 އޮފިސަރުން އިތުރުކުރެވިއްޖެ: އިމްރާން
Raajje

ޖަލުތަކަށް 220 ޖާގަ އާއި 241 އޮފިސަރުން އިތުރުކުރެވިއްޖެ: އިމްރާން

ޖަލުތަކުގެ ޖާގައިގެ މައްސަލަ ހައްލު ކުރުމަށް ކުރެވެންދާ މަސައްކަތުގެ ތެެރެއިން ޖަލުތަކަށް 220 ޖާގަ އިތުރުކުރެވި، 130 ޖާގަ އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޚިދުމަތާ އަލަށް ގުޅުނު އޮފިސަރުންނަށް ހިންގި ”ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމް ގެ 8 ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން...

ކަރެކްޝަންސްއަށް 180 އޮފިސަރުންގެ ކޯޓާއެއް ސަރުކާރުން ވަނީ ދީފައި: އިމްރާން
Raajje

ކަރެކްޝަންސްއަށް 180 އޮފިސަރުންގެ ކޯޓާއެއް ސަރުކާރުން ވަނީ ދީފައި: އިމްރާން

މަދު މުވައްޒަފުންނާއެކު މަސައްކަތްކުރަން ޖެހުމުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށާއި، މަސައްކަތްތައް ރަނގަޅުކުރުމުގެ ގޮތުން 180 އޮފިސަރުންގެ ކޯޓާއެއް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އަށް ސަރުކާރުން ދީފައިވާ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ، އެމްސީއެސްއިން ކުރިއަށް ގެންދާ ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ދެވަނަ ބެޗް އިފްތިތާޙްކޮށްދެއްވުމަށްފަހު މިއަދު ދެއްކެވި ވާހަކައިގައެވެ. މިއަދު މެ...

މާފުށި ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
Raajje

މާފުށި ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

ކަމާބެހޭ އިދާރާތައް ގުޅިގެން ކ. މާފުށި ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ރޭ ފަށައިފިއެވެ. ޖަލުތަކުގެ ބެލެނިވެރިފަރާތް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެއސް) އިން ވިދާޅުވީ، ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާއި ގުޅިގެން މާފުށި ޖަލު ބަލާ ފާސްކުރުމުގެ އޮޕަރޭޝަންއެށް ރޭ ފަށާފައިވާ ކަމަށެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދަނީ އެ ސާވިސްއާއި، ދިވެހި ފުލުހުންގެ ހިދުމަތާއި އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅ...

ޖަލު އޮފިސަރުންގެ ބެރެކްސް އަންނަ އަހަރު ތަރައްގީ ކުރެވޭނެ: ސީޕީ އަހްމަދު
Raajje

ޖަލު އޮފިސަރުންގެ ބެރެކްސް އަންނަ އަހަރު ތަރައްގީ ކުރެވޭނެ: ސީޕީ އަހްމަދު

ޖަލު އޮފިސަރުންގެ ބެރެކްސް އަންނަ އަހަރު ތަރައްގީ ކުރެވޭނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް (ސީޕީ) އަހްމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ މާފުށީ ޖަލުގެ 24 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ނެވެ. މި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ މާފުށީ ޖަލުގައި 18 ގޮޅީގެ ޔުނިޓަކާއި 50 ގޮޅީގެ ޔުނިޓެއް ގާއިމުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ޖަލަށް މަނާތަކެތި ވަންނަ މައްސަލައަކީ އިންތިހާއަށް ކަންބޮޑުވާ […]

ޖަލުތަކަށް ގަވާއިދާ ހިލާފަށް އެއްޗެހި ވައްދާ އޮފިސަރުން ދެނެގަތުމަށް ހާއްސަ އޮޕަރޭޝަނެއް
Raajje

ޖަލުތަކަށް ގަވާއިދާ ހިލާފަށް އެއްޗެހި ވައްދާ އޮފިސަރުން ދެނެގަތުމަށް ހާއްސަ އޮޕަރޭޝަނެއް

ރާއްޖޭގެ ޖަލުތަކަށް ގަވާއިދާ ހިލާފަށް އެއްޗެހި ވައްދާ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން ދެނެގަތުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިގެން ކުރިއަށްގެންދާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގެ “ޕީއެސްއެމް ނިއުސް” ގައި ވާހަކަ ދައްކަވަމުން ނެެވެ. އޭނާ ވިދާޅުވީ މިއީ ވަރަށް ކުރިއްސުރެ، ކުރަމުން އަންނަކަމެއް ކަމަށާއި ފެށުނީއްސުރެއް މޫ ލާފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެކަމުގައި ޖަލު އޮފިސަރުންގެ އަތެއް ވެސް [...

ޖަލު އޮފިސަރަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި
Raajje

ޖަލު އޮފިސަރަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ އޮފިސަރަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ. ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ އަތުލައިގަތީ ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ކޮމިޝަނާ ވިދާޅުވި ގޮތުގައި ޖަލަށް މަސްތުވާތަކެތި ވައްދާ ކަމުގެ ތުހުމަތަށް ހައްޔަރު ކުރި، ކަރެކްޝަންސްގެ އޮފިސަރު ހައްޔަރުކުރީ މަސްތުވާތަކެއްޗާ އެކުގައި ކަމަށެވެ. މިހާރު އޭނާ ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އޮފިސަރު މަސްތުވާތަކެތި ވައްދަން އުޅު...