ޕާޓީގެ މެންބަރުން އެދޭ ކުދިކުދި ކަންކަން ވެސް ބޮޑެތި ކަންކަންކަމަށް ދެކިގެން ކޮށްދޭންޖެހޭ: އަމީން ފައިސަލް
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުން އެދޭ ކުދިކުދިކަންކަން ވެސް އެއީ ވަރަށް ބޮޑެތި ކަންކަންކަމަށް ދެކިގެން، އެ މެންބަރުންނަށް އެކަންކަން ފުއްދައިދޭން ޖެހޭކަމަށް ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ ދާއިރާ ރައީސް އަމީން ފައިސަލް ވިދާޅުވެއްޖެއެވެ. ރޭ އިސްކަންދަރު ސްކޫލްގައި ކުރިއަށް ދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، އެމްޑީޕީގެ މެންބަރުން އެދޭ ކަންކަން ވަރަށް ގާތުންބަލާ ކޮށްދޭން ޖެހޭކަމަށެވެ. “އަޅުގަނޑުމެން ސައިޒުން ކުޑަ ވީމާ ދޫކޮށްލާ...