ހުރިހާ ރަށެއްގައި އެމްޑީޕީގެ ބޮޑު ދިދަ ނަގައި، ހަރަކާތްތައް އިތުރު ގިޔަރަކަށް!
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ބޮޑު ދިދަ، ރާއްޖޭގައި މީހުން ދިރުއުޅޭ ހުރިހައި ރަށެއްގައި ނަގައިފިއެވެ. މިއީ މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް ކަމަށް އެ ޕާޓީން ބުނެއެވެ. މިކަމާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީގެ ހަރަކާތްތައް އިތުރު ގިޔަރެއް ކުރިއަށް އެމްޑީޕީއިން މުޅި ރާއްޖެއަށް މިކުރާ ‘ރާއްޖެ ދަތުރު” ގައ...