ނަޝީދަށް ދިން ހަމަލާގެ އިންކުއަރީ ރިޕޯޓަށް އަމަލު ކުރަން ޖެހޭ: އަސްލަމް
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހެދި އިންކުއަރީ ރިޕޯޓުގައިވާ ކަންކަން ތަންފީޒު ކުުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ގޮވާލައްވައިފިއެވެ. ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދިނީ މެއި 6، 2021 ގައެވެ. މި ހަމަލާ ދިނީ ރޯދަ މަހުގެ ތެރޭގައެވެ. އެ ހަމަލާ ދީފައި ވަނީ އެ ރޭގެ އިރާކޮޅުގެ ވަގުތެއްގައި އެމަނިކުފާނުގެ ގެކޮޅު، ގ. ކެނަރީގެއިން ނުކުމެވަޑައިގެން ބޮޑީގާޑުންނާ އެކުގައި މަޖީދީ މަގުގައި […]