ގެއްލުނު ތަކެއްޗާ ގުޅިގެން ޔޫތު މިނިސްޓްރީން އެތެރޭގެ ތަހުގީގެއް ފަށައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް މިނިސްޓްރީ ވަކިކޮށް، ސާމާނުތައް ބަހާލި އިރު، ބައެއް ތަކެތި ގެއްލުނު މައްސަލައިގައި އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށް ޔޫތު މިނިސްޓްރީން މިރޭ ބުނެފިއެވެ. ޔޫތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރައީސް މުއިއްޒު ސަރުކާރު ހިންގެވުމުގެ އޮނިގަނޑަށް ގެންނެވި ބަދަލާއެކު އަލަށް އުފެއްދެވި ވުޒާރާތަކުގެ ތެރޭގައި ހިމެނޭ އެއް ވުޒާރާއަކީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް އެންޑް އާޓްސް ކަމަށެވެ. މިއީ މީގެކުރިން އެހެން […]