ރައީސް "ސްޕޯޓްސް އެވޯޑްސް" ހަފުލާ ޝަރަފްވެރިކޮށްދެއްވައިފި
ދިވެހި ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚިދުމަތްތެރިންނާއި އެތުލީޓުންގެ އަގުވަޒަންކުރުމަށް ބޭއްވި “މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025” ރަސްމިއްޔާތު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ޝަރަފްވެރިކޮށްދެއްވައިފިއެވެ. މާލޭގެ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ބޭއްވުނު މި ކުލަގަދަ ޙަފުލާގައި، 2024 ވަނަ އަހަރު ކުޅިވަރުގެ ދާއިރާއިން ހޯދާފައިވާ ބޮޑެތި ކާމިޔާބީތައް ފާހަގަކޮށް، ޝަރަފުވެރި އެވޯޑުތައް ވަނީ ހަވާލުކޮށްފައެވެ. މިގޮތުން، ކުޅިވަރުގެ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ މޫސާ މ...