ޓްރެފިކަށް ފަސޭހަކުރަން އަމީނީމަގު އެއްކޮށް ހުޅުވާލައިފި
މާލޭގައި ފެންބޮޑުވެ އެއްގަމު ދަތުރުފަތުރަށް ދިމާވާ ދަތިތައް ލުއިކޮށްދޭން އަމީނީމަގު އެއްކޮށް ހުޅުވާލައިފިއެވެ. އަމީނީ މަގުގެ ނުނިމި އޮތް ބައި ނިންމުމުގެ މަސައްކަތުގެ ތެރެއިން އެމަގުގެ ސެގްމެންޓް 12 އަދި 13 ގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލާފައި ވަނީ 7 ޖެނުއަރީ 2023 ދުވަހުގެ ރޭ ފަތިހުއެވެ. އެއަށްފަހު، އަމީނީމަގާއި އިއްޒުއްދީން މަގު ގުޅޭ ޖަންކްޝަން އަދި ކަނބާ އައިސަރަނި ހިނގުމާ އަމީނީ މަގު ގުޅޭ ޖަންކްޝަން ޓްރެފިކަށް ހުޅުވާލީ 10 ޖެނުއަރީގައެވެ. އަމީނީމަގުގެ ސެގްމަންޓް […]