ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް މަކުނުދޫ "އެމްވައިއެމް"އިން ހާއްސަ ހަރަކާތްތެއް ފަށައިފި
ހދ. މަކުނުދޫގެ ރައްޔިތުން ތިބީ ފަލަސްތީނާއެކުކަން ހާމަކޮށްދިނުމުގެ ގޮތުން “މަކުނުދޫ ފަލަސްތީނާއެކު” ނަމުގައި ހާއްސަ ހަރަކާތްތަކެއް، މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް) އިންތިޒާމްކޮށްގެން އެރަށުގައި ފަށައިފިއެވެ. މިގޮތުން މިއަދު ހަވީރު ވަނީ މަކުނުދޫގެ މުޅި ރައްޔިތުން ޝާމިލްވާ ސައިކަލް ބުރަކާއެކު ހިނގާލުމެއް އެރަށުގައި ވަނީ ބާއްވާފައެވެ. މި ހަރަކާތުގައި އެރަށުގެ ވަރަށް ގިނަ ކުދި ބޮޑު ރައްޔިތުން ބައިވެރިވިއެވެ. އިޒްރޭލުން ފަލަސްތީނަށް ދެމުންދިޔަ ލާއިންސާނީ އުދުވާނީ ހަމަލާތަކުގެ ސަބަބުން ފަލަސްތ...