Skip to main content
Topic Archive

#ވަޒީރުންގެ މަޖިލިސް

79 Stories filed
ރާއްޖޭ ޤައުމީ އެއާލައިނުން ''ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން'' ފެށުމަށް ރައީސް ނިންމަވައިފި
Raajje

ރާއްޖޭ ޤައުމީ އެއާލައިނުން ''ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން'' ފެށުމަށް ރައީސް ނިންމަވައިފި

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ސީދާ ދަތުރުތައް ފެށުމަށްޓަކައި ”ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން” ފަށަން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. ރައީސް މި ގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. ވަޒީރުންގެ މަޖިލީހ...

ޤައުމިއްޔަތު އިޢާދަކުރުމަށް ތިން އިދާރާއެއް ގާއިމުކުރަން ނިންމައިފި
Raajje

ޤައުމިއްޔަތު އިޢާދަކުރުމަށް ތިން އިދާރާއެއް ގާއިމުކުރަން ނިންމައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ ނިޒާމުގެ ތެރެއިން ތިން އިދާރާއެއް ގާއިމު ކުރަން އިއްޔެ ނިންމަވައިފިއެވެ. އެ އިދާރާތަކަކީ ދިވެހި ޤައުމީ ތަރިކަ ދިރާސާކުރާ މަރުކަޒާއި، ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖާއި އަދި ދިވެހި ޤައުމީ ޗާޕުޚާނާ އެވެ. ރައީސް މި ނިންމުން ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހު، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅު [...

"މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް ގާއިމު ކުރަނީ
Raajje

"މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް ގާއިމު ކުރަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، “މޯލްޑިވްސް ޒަކާތު ހައުސް” ގެ ނަމުގައި އިދާރާއެއް ގާއިމު ކުރަން މިއަދު ނިންމައިފިއެވެ. “މޯލްޑިވްސް ޒަކާތު ހައުސް” ޤާއިމުކުރުމަކީ ރައީސް މުޢިއްޒުގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ކަމެކެވެ. މި އިދާރާ ހިންގާނީ އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ދަށުން ނެވެ. މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން “މޯލްޑިވްސް ޒަކާތު ހައުސް” ގެ ނަމުގައި އިދާރާއެއް ގާއިމު ކުރުމާގުޅޭ ކަރުދާހެއް ހުށަހަޅުއްވާފައެވެ. ރައީސް މި ނިންމުން ނިންމެވީ...

ތުރުކީވިލާތުގައި ދިވެހި އެމްބަސީއެއް ގާއިމުކުރަން ނިންމައިފި
Raajje

ތުރުކީވިލާތުގައި ދިވެހި އެމްބަސީއެއް ގާއިމުކުރަން ނިންމައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތުރުކީވިލާތުގެ ވެރިރަށް އަންކާރާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ޤާއިމުކުރުމަށް މިއަދު ނިންމަވައިފިއެވެ. ރައީސް މި ނިންމުން ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ދިވެހި ޚާރިޖީ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހު، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅު ހޯއްދެވުމަށްފަހުއެވެ. ރައީސް އޮފީހުން ބުނިގޮތުގައ ރައީސްގެ މި ނިންމެވުމަކީ ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ފުޅާކޮށް، ދެޤައުމުގެ ދެ...

އައިވީއެފް އާއި އައިޔޫއައި ފަރުވާ އަށް އާސަންދަ ލިބޭގޮތް ހަދައިފި
Raajje

އައިވީއެފް އާއި އައިޔޫއައި ފަރުވާ އަށް އާސަންދަ ލިބޭގޮތް ހަދައިފި

ދަރިމައިވުމާ ގުޅޭ ފަރުވާތައް ކަމަށްވާ އައިވީއެފް އާއި އައިޔޫ ފަރުވާ އަށް އާސަންދަ ލިބޭގޮތް ސަރުކާރުން ހަމަޖައްސައިދީފިއެވެ. މިކަން ޢިއުލާން ކުރެއްވީ، އިއްޔެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ރައީސް އޮފީހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއެކު އިއްޔެ ހަވީރު އޮތް މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ދަރިމައިވުމާ ގުޅޭ ފަރުވާތައް ކަމަށްވާ އައިވީއެފް އަދި އައިޔޫއައި ގެ ފަރުވާ އާސަންދައިގެ ތެރެއިން ހަމަޖެއްސުމަށް ނިން...

ސަރުކާރުގެ ޚަރަދުގައި މިއަހަރު 50 މީހަކު ހައްޖަށް ފޮނުވަނީ
Raajje

ސަރުކާރުގެ ޚަރަދުގައި މިއަހަރު 50 މީހަކު ހައްޖަށް ފޮނުވަނީ

ސަރުކާރުގެ ޚަރަދުގައި މިއަހަރު 50 މީހަކު ޙައްޖަށް ފޮނުވުމަށް ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް އޮތް 5 އަހަރުދުވަހުގެ ތެރޭގައި 1000 ފަޤީރުންނަށް ހިލޭ ދެވޭނެ ގޮތަށް ހަމަޖެއްސެވުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއްކަމަށެވެ، އެހެންވެ، މި މަސައްކަތް ފެށްޓެވުމުގެ ގޮތުން މިއަހަރު ފުރަތަމަ 50 މީހު...

ސްކޫލްތަކުގެ ކޮންމެ ދުވަހެއްގެ ކިޔެވުން ޤައުމީ ސަލާމުން ފަށާގޮތަށް ނިންމައިފި
Raajje

ސްކޫލްތަކުގެ ކޮންމެ ދުވަހެއްގެ ކިޔެވުން ޤައުމީ ސަލާމުން ފަށާގޮތަށް ނިންމައިފި

އަންނަ ޑިސެންބަރު މަހުގެ ސްކޫލް ބަންދަށްފަހު، ކިޔެވުން ފަށާއިރު، ކޮންމެ ދުވަހަކުވެސް ޤައުމީ ސަލާމުން ސްކޫލުތަކުގެ ކިޔެވުން ފަށާގޮތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށްފަހު، ވަޒީރުންނާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރައީސުް ވިދާޅުވި ގޮތުގައި، މިގޮތައް ނިންމެވުމުގެ ބޭނުމަކީ ޤައުމީ ލަވައާއި، ޤައުމީ ދިދައާއި، އަދި ޤައުމިއްޔަތަށް ސްކޫލުތަކުގެ ދަރިވަރުން ލޯބިޖެއްސުމެވެ. މިގޮތައް ޤައުމީ ސަލާމް ކިޔާން ނިން...

ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓާއި، ކުލި ކުޑަކޮށްފި
Raajje

ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓާއި، ކުލި ކުޑަކޮށްފި

ޅުމާލޭ ފޭސް 2 ގައި ސަރުކާރުން އަޅާފައި ހުރި ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓުން 50 އިންސައްތަ ކުޑަކޮށް، އެތަންތަނުގެ ކުލި ކުޑަކޮށްދޭން ސަރުކާރުން މިއަދު ނިންމައިފިއެވެ. މިކަން ޢިއުލާން ކުރެއްވީ މިއަދު އިރުއޮއްސެނިކޮށް ރައީސް އޮފީހުގައި ފެށި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ރައީސް ވިދާޅުވީ، ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓާއި މިހާރު މަހުންމަހަށް ދައްކަންޖެހޭ ޢަދަދު ކުޑަކޮށްދެއްވުމަށް އިންތިޚާބުގައި ވަޢުދުވެވަޑައިގެންނެވި ކަމަށެވެ. އެ ވަޢުދާއިއެއްގޮތައް ވިނަ...

ހިޔާ ފްލެޓްތަކުގެ ކުލި މަހަކު 3984ރ. އަށް ކުޑަކޮށްފި
Raajje

ހިޔާ ފްލެޓްތަކުގެ ކުލި މަހަކު 3984ރ. އަށް ކުޑަކޮށްފި

ހުޅުމާލޭ ފޭސް 2 ގައި ސަރުކާރުން އަޅާފައި ހުރި ހިޔާ ފްލެޓްތަކުގެ ކުލި ކުރިއަށް އޮތް ހަތް އަހަރަށް މަހަކު 3984 ރުފިޔާއަށް ކުޑަކޮށްފިއެވެ. މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ފިނިސިންއަށް ދިޔަ ޚަރަދުގެ ތެެރެއިން އެވްރެޖް އަގަކަށް 2 ލައްކަ ރުފިޔާ ކަނޑައަޅައި، ފްލެޓްތައް ލިބުނު ފަރާތްތަކަށް ޑިސްކައުންޓް ލިބޭގޮތައް ހެދުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށެވެ. އެހެންކަމުން މިއަދުގެ ވަޒީރުންގެ މަޖިލީހުގައި އެކަމާމެދު...

ރަށްރަށުގައި އަޅާފައި ހުރި ހައުސިން ޔުނިޓްތަކުގެ ކުލި ކުޑަކޮށްފި
Raajje

ރަށްރަށުގައި އަޅާފައި ހުރި ހައުސިން ޔުނިޓްތަކުގެ ކުލި ކުޑަކޮށްފި

ރަށްރަށުގައި ސަރުކާރުން އަޅާފައި ހުރި ހައުސިން ޔުނިޓްތަކާއި، ފްލެޓްތަކުގެ ކުލި ކުޑަކޮށްފިއެވެ. މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރަށްރަށުގައި ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން އަޅާފައިވާ ރޯ ހައުސްތަކާއި، ހައުސިން ޔުނިޓްތަކާއި ފްލެޓްތައްފަދަ އާންމު ބޯހިޔާވަހިކަމުގެ ތަންތަނަށް މަހަކު 5000 އެއްހާ ރުފިޔާ ދައްކަންޖެހޭ ކަމަށެވެ. ”ރަށްރަށުގައި އަޅާފައި ހުރި ރޯހައުސްތަކާއި، ހައުސިން ޔުނިޓްތަކާއި ބޯހިޔާވ...

ސަރުކާރުން ތިން ކައުންސިލެއް އެކުލަވައިލައިފި
Raajje

ސަރުކާރުން ތިން ކައުންސިލެއް އެކުލަވައިލައިފި

ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް، ސަރުކާރުގެ އަމާޒަށް ވާސިލްވުމަށް މަސައްކަތް ކުރުމަށް ތިން ކައުންސިލެއް މިއަދު އެކުލަވާލައިފިއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި ސަރުކާރުން މިއަދު އެކުލަވާލި ވަޒީރުންގެ މަޖިލީހުގެ ތިން ކައުންސިލަކީ، ސޯޝަލް ކައުންސިލާއި، އިކޮނޮމިކް ކައުންސިލާއި، ވިޒިޓަރ އިކޮނޮމިކް ކައުންސިލެވެ. މިކައުންސިލުތަކުގެ ތެރެއިން މުޅިން އަލަށް އެކުލަވާލެއްވި ވިޒިޓަރ އިކޮނޮމިކް ކައުންސިލު ޗެއާ ކުރައްވާނީ ސީދާ ރައީސް، ޑރ. މުޙައްމަދު މުޢިއްޒެވެ. ސޯޝަލް ކައުންސިލް ޗެއާ ކުރައްވަނީ ނައިބ...

އާ ސަރުކާރުގެ ވަޒީރުންގެ މަޤާމުގެ ހުވާ ކުރައްވައިފި
Raajje

އާ ސަރުކާރުގެ ވަޒީރުންގެ މަޤާމުގެ ހުވާ ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެކުލަވާލައްވާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުން، މަޤާމުގެ ޤާނޫނީ ހުވައި ކުރައްވައިފިއެވެ. ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު އެކުލެވިގެން ވަނީ 22 ވުޒާރާއެއްގެ މައްޗަށެވެ. މި ވުޒާރާތަކުގެ ވަޒީރުން މަޤާމުގެ ޤާނޫނީ ހުވައި ކުރައްވައި، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އާ ސަރުކާރުގެ ވުޒާރާތަކާއި އެތަންތަނަށް ޢައްޔަނުކުރެއްވި ވަޒީރުން މިނިސްޓަރ އޮފް ޑިފެންސް ކަމުގެ މަގާމަށް އަލްފާޟިލް...

މާކަނޑުގެ ދިރުންތައް ރައްކާތެރިކުރުމުގެ މުއާހަދާގައި ރާއްޖެ ބައިވަނީ
Raajje

މާކަނޑުގެ ދިރުންތައް ރައްކާތެރިކުރުމުގެ މުއާހަދާގައި ރާއްޖެ ބައިވަނީ

މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި، އަދި ދެމެހެއްޓެނިވިގޮތުގައި ބޭނުން ކުރުމަށް އެކުވެރި ދައުލަތްތައް (އދ) އިން އެކުލަވާލާފައިވާ މުއާހަދާގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ. މި މުއާހަދާ އަކީ “އެގްރީމަންޓް އަންޑަރ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އޮން ދަ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބަލް ޔޫޒް އޮފް މެރިން ބައޮލޮޖިކަލް ޑައިވަރސިޓީ އޮފް އޭރ...

ފެހުރިހި ހިމާޔަތްކުރުން ތިމާވެށީގެ ޤާނޫނުގެ ދަށަށް ބަދަލުކުރަން ނިންމައިފި
Raajje

ފެހުރިހި ހިމާޔަތްކުރުން ތިމާވެށީގެ ޤާނޫނުގެ ދަށަށް ބަދަލުކުރަން ނިންމައިފި

ދިވެހިރާއްޖޭގައި ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ކުރާކަމެއްގެ ގޮތުގައި ބަދަލުކުރައްވަން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ. ރާއްޖޭގައި ފެހުރިހި މިހާރު ހިމާޔަތްކޮށްފައި ވަނީ ދިވެހިރާޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުންނެވެ. ރައީސް ޞާލިޙް، ދިވެހިރާއްޖޭގައި ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ކުރާކަމެއްގެ ގޮތުގައި ބަދަ...

މެނިފެސްޓޯގެ ނުނިމި ހުރި ކަންކަން ނިންމެވުމަށް ރައީސް އެދިވަޑައިގެންފި
Raajje

މެނިފެސްޓޯގެ ނުނިމި ހުރި ކަންކަން ނިންމެވުމަށް ރައީސް އެދިވަޑައިގެންފި

ދައުރުގެ ބާކީ މި އޮތް ދުވަސްތަކުގައިވެސް މެނިފެސްޓޯގެ ނުނިމި ހުރިކަންކަން ނިންމެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ވަޒީތުންގެ މަޖިލީހުގެ މެމްބަރުންނާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. ރައީސް އޮފީހުގައި ކުރިއަަށްދިޔަ މި ބައްދަލުކުރެއްވުމުގައ ވަޒީރުންގެ މަޖިލީހުގެ މެންބަރުން އެއްޓީމެއްގެ ގޮތުގައި މި ފަސް އަހަރު މަސައްކަތް ކުރައްވައިފައިވާކަން ފާހަގަކުރައްވައި، ރައީސް ވަ...