މިސްރު ކޯޗުގެ ތަސްވީރު ޣައްޒާގައި ސުންނާފަތިކޮށްލާފައިވާ ގެއެއްގެ ފާރުގައި
ފަލަސްތީނުގެ ކުރެހުންތެރިއެއް ކަމަށްވާ އުބައިދު އަލް-ކަރްޝެލީ، ގައްޒާގައި އިސްރާއީލުން ސުންނާފަތިކޮށްލާފައިވާ ގެއެއްގެ ފާރުގައި މިސްރުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު ހުސާމް ހަސަންގެ ތަސްވީރެއް ކުރަހައިފިއެވެ. މި ކުރެހުން ކުރަހާފައިވަނީ ހުސާމް ހަސަން ފަލަސްތީނުގެ ހައްގުގައި ވޯލްޑް ކަޕްތެރޭ ދައްކާފައިވާ ވާހަކަތަކަށް ޝުކުރު އަދާކުރުމުގެ ގޮތުންނެވެ. މިސްރުން އޮސްޓްރޭލިއާ ބަލިކުރި މެޗަށްފަހު ހަސަން ވަނީ ދަނޑުމަތީ ފަލަސްތީނުގެ ދިދަ ހޫރުވާފައެވެ. އަދި އެ މެޗަށްފަހު ބީއިން ސްޕޯޓްސްއާ ވާހަކަ ދައްކަމު...