Skip to main content
Topic Archive

#ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް

300 Stories filed
ވޯލްޑް ކަޕް ކާމިޔާބުކުރުމަށްފަހު މޮޅު ކުޅުންތެރިޔާ ރޮޑްރީ ބުރަކަށީގެ އޮޕަރޭޝަނެއް ކުރަނީ
Sports

ވޯލްޑް ކަޕް ކާމިޔާބުކުރުމަށްފަހު މޮޅު ކުޅުންތެރިޔާ ރޮޑްރީ ބުރަކަށީގެ އޮޕަރޭޝަނެއް ކުރަނީ

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މެންޗެސްޓަރ ސިޓީގެ މުހިންމު މިޑްފީލްޑަރު ރޮޑްރީ އަންނަ ހަފުތާގައި ބުރަކަށީގެ އޮޕަރޭޝަނެއް ކުރަން ހަމަޖެހިފައިވާކަން އެ ކްލަބުގެ އާ ކޯޗު އެންޒޯ މަރެސްކާ ކަށަވަރުކޮށްދީފިއެވެ. ސްޕެއިނާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ރޮޑްރީއަކީ 2024 ވަނަ އަހަރު އޭސީއެލް އަށް ލިބުނު އަނިޔާއަކާ ގުޅިގެން މިދިޔަ ސީޒަނުގައި ވެސް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހުނު ކުޅުންތެރިއެކެވެ. މަރެސްކާ ބުނި ގޮތުގައި ކުރީގެ ބެލޮންޑޯ […]

ޖަރުމަނުގެ ކޯޗުކަމާ ކްލޮޕް ހަވާލުވީ އިސްތިއުފާގެ އިންޒާރަކާއެކު
Sports

ޖަރުމަނުގެ ކޯޗުކަމާ ކްލޮޕް ހަވާލުވީ އިސްތިއުފާގެ އިންޒާރަކާއެކު

ލިވަޕޫލްގެ ކުރީގެ ކޯޗު ޔާގަން ކްލޮޕް ޖަރުމަނު ގައުމީ ޓީމުގެ ކޯޗުކަމާ ރަސްމީކޮށް ހަވާލުވެއްޖެއެވެ. މަގާމާ ހަވާލުވުމަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ވަނީ މީޑިއާއިން އޭނާގެ އާއިލީ ކަންކަމުގެ ތެރެއަށް ވަންނަނަމަ މަގާމުން އިސްތިއުފާ ދޭނެ ކަމުގެ އިންޒާރު ދީފައެވެ. ޖަރުމަނު ފެޑެރޭޝަނާއެކު 2030 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް ކޮންޓްރެކްޓްގައި ސޮއިކުރުމަށްފަހު ކްލޮޕް ބުނީ، މިއީ އޭނާގެ ކޯޗިން ކެރިއަރުގެ އެންމެ ފަހު ވަޒީފާއަށް ވުން އެކަށީގެންވާ ކަމަށެވެ. “ޔާގަން ކްލޮޕްގެ […]

ފައިނަލަށްފަހު އާޖެންޓީނާގެ ކުޅުންތެރިންގެ ކިބައިން ފެނުނު ޢަމަލުތައް ބަލައެއްނުގަނެވޭނެ: ސްޕޭން ކޯޗު
Sports

ފައިނަލަށްފަހު އާޖެންޓީނާގެ ކުޅުންތެރިންގެ ކިބައިން ފެނުނު ޢަމަލުތައް ބަލައެއްނުގަނެވޭނެ: ސްޕޭން ކޯޗު

ވޯލްޑް ކަޕް ފައިނަލް މެޗަށްފަހު އާޖެންޓީނާގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ އަމަލުތަކަކީ “ބަލައިގަނެވޭނެ އަދި ކެތްކުރެވޭނެ ފަދަ އަމަލުތަކެއް ނޫން” ކަމަށް ސްޕެއިންގެ ކޯޗު ލުއިސް ޑި ލަ ފުއެންޓޭ ބުނެފިއެވެ. ފީފާއިން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. މިދިޔަ އާދީއްތަ ދުވަހު ކުޅުނު ފައިނަލް މެޗުގައި 1-0 އިން އާޖެންޓީނާ ބަލިކޮށް ސްޕެއިން ތަށި ހޯދި މެޗަށްފަހު، ދަނޑުމަތީގައި ބައެއް ކުރިމަތިލުންތައް ވަނީ ހިނގާފައެވެ. މީގެ ތެރޭގައި އާޖެންޓީނާގެ މިޑްފީލްޑަރު ލިއަންޑްރޯ ޕަރެޑޭސް، […]

ފުޓުބޯޅަ ސިނާއަތް ހަލާކުކުރާތީ އިންފަންޓީނޯ އިސްތިއުފާ ދެއްވަން ޖެހޭ: ޓެބަސް
Sports

ފުޓުބޯޅަ ސިނާއަތް ހަލާކުކުރާތީ އިންފަންޓީނޯ އިސްތިއުފާ ދެއްވަން ޖެހޭ: ޓެބަސް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންދަވަނީ ބައިނަލްއަގުވާމީ މުބާރާތްތައް ފުޅާކޮށް ފުޓުބޯޅަ ސިނާއަތް ހަލާކުކުރަމުންކަމަށާއި، އޭނާ ފީފާގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ލަލީގާގެ ރައީސް ހާވިއޭ ޓެބަސް ވިދާޅުވެއްޖެއެވެ. އަންގާރަ ދުވަހު ވާހަކަދައްކަވަމުން ޓެބަސް ވަނީ މެޗުތައް ގިނަވުމާއި 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ އަދަދު 48 އިން 64 އަށް އިތުރުކުރުމުގެ ހުށަހެޅުމާ މެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ލަ ގައްޒެޓާ ޑެލޯ ސްޕޯޓްސް އަށް ދެއްވި […]

ފޮކްސް އާއި ޓެލެމުންޑޯ މެދުވެރިކޮށް އެކަނިވެސް 60 މިލިއަނަށްވުރެ ގިނަ މީހުން ވޯލްޑް ކަޕް ފައިނަލް ބެލި
Sports

ފޮކްސް އާއި ޓެލެމުންޑޯ މެދުވެރިކޮށް އެކަނިވެސް 60 މިލިއަނަށްވުރެ ގިނަ މީހުން ވޯލްޑް ކަޕް ފައިނަލް ބެލި

މި އަހަރު ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ސްޕެއިން އާއި އާޖެންޓީނާ ބައްދަލުކުރި ފޯރިގަދަ މެޗު، އެމެރިކާގެ ފޮކްސް އަދި ޓެލެމުންޑޯ ނެޓްވޯކް މެދުވެރިކޮށް އެކަނިވެސް 60 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އިތުރު ވަގުތުގެ ތެރޭގައި 1-0 އިން ސްޕެއިން މޮޅުވި މި މެޗަކީ އެމެރިކާގެ ތާރީޚުގައިވެސް އެންމެ ގިނަ ބަޔަކު ބެލި އިނގިރޭސި ބަހުގެ ފުޓްބޯޅަ ޓެލެކާސްޓެވެ. ފޮކްސް ނެޓްވޯކުން ހާމަކުރި ގޮތުގައި، އިނގިރޭސި ބަހުން ދެއްކި މި […]

ފައިނަލްގައި ދަރިފުޅު ކުޅޭތަން ބަލަން ޔަމާލްގެ ބައްޕަ ނުދިޔައީ ކީއްވެ؟
Sports

ފައިނަލްގައި ދަރިފުޅު ކުޅޭތަން ބަލަން ޔަމާލްގެ ބައްޕަ ނުދިޔައީ ކީއްވެ؟

އާދީއްތަ ދުވަހު ކުޅުނު ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ސްޕެއިން އާއި އާޖެންޓީނާ ބައްދަލުކުރި ތާރީޚީ މެޗަށް ލަމީން ނުކުތީ އޭނާގެ ކެރިއަރުގެ އެންމެ މުހިންމު މެޗަށެވެ. އެއީ އޭނާގެ ޅަ އުމުރުގައި ދުނިޔޭގެ ތަށި އުފުލާލަން ނުކުތް ޝަރަފްވެރި މެޗެވެ. އެ މެޗު ކުޅެވެމުން ދިޔަ ވަގުތާއި މެޗަށްފަހު ޔަމާލްގެ ޢާއިލާ ދަނޑުން ވަނީ ފެނިފައެވެ.  ނަމަވެސް އެތަނުން ޔަމާލްގެ ބައްޕައެއް ނުފެނެއެވެ. ދަރިފުޅުގެ މުހިންމު ވަގުތުގައި ކުރިން މިފަދަ ވަގުތުތަކުގައި ފެނުނު ބައްޕަ ކޮބައިތޯ އެއީ […]

މި ހުރީ ވަރަށް ހިތްދަތިވެފައި، މި ފާރުގަނޑު ފަސޭހަވާން ވަގުތު ނަގާނެ: މެސީ
Sports

މި ހުރީ ވަރަށް ހިތްދަތިވެފައި، މި ފާރުގަނޑު ފަސޭހަވާން ވަގުތު ނަގާނެ: މެސީ

ވޯލްޑް ކަޕް ފައިނަލްގައި ސްޕެއިން އަތުން 1-0 އިން އާޖެންޓީނާ ބަލިވި މެޗަށްފަހު، އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އޭނާގެ އިހުސާސްތައް ބަންޑުންކޮށްލައިފިއެވެ. މެސީ ބުނި ގޮތުގައި މި ބަލިވުމުން ލިބުނު “ހިތްދަތިކަން ވަރަށް ބޮޑެވެ.” މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ސްޕެއިންގެ ފެރާން ޓޮރޭޒް ޖެހި ލަނޑާއެކު ސްޕެއިން ވަނީ ދެވަނަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައެވެ. މިއާއެކު […]

އާޖެންޓީނާގެ ކުޅުންތެރިންގެ މާރާމާރީ ހިންގި މައްސަލަ ފީފާއިން ބަލަން ފަށައިފި
Sports

އާޖެންޓީނާގެ ކުޅުންތެރިންގެ މާރާމާރީ ހިންގި މައްސަލަ ފީފާއިން ބަލަން ފަށައިފި

ވޯލްޑް ކަޕް 2026 މުބާރާތުގެ ފައިނަލްގައި ސްޕެއިން އަތުން ބަލިވި މެޗަށްފަހު، ދަނޑުމަތީގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އާޖެންޓީނާގެ ކުޅުންތެރިންގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފީފާއިން ހޯމަ ދުވަހު ބުނެފިއެވެ. އާދިއްތަ ދުވަހު ކުޅުނު ފޯރިގަދަ ފައިނަލް މެޗު 1-0 އިން ކާމިޔާބުކޮށް ސްޕެއިން އިން ތަށި އުފުލާލި ވަގުތު، ދަނޑުމަތީގައި ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ. ވީޑިއޯ ރިޕްލޭތަކުން ފެންނަ ގޮތުގައި މެޗު ނިމުނުކަން އަންގައިދޭ ރެފްރީގެ ފަހު ކަަށިގަނޑު […]

ދުނިޔޭގެ ޗެމްޕިއަން ސްޕޭން ޓީމަށް މަރުޙަބާ ކިޔުމަށް ދެ މިލިއަނެއްހާ މީހުން މެޑްރިޑްގެ މަގުތަކަށް
Sports

ދުނިޔޭގެ ޗެމްޕިއަން ސްޕޭން ޓީމަށް މަރުޙަބާ ކިޔުމަށް ދެ މިލިއަނެއްހާ މީހުން މެޑްރިޑްގެ މަގުތަކަށް

ދުނިޔޭގެ ތަށި ކާމިޔާބުކުރި ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމު އެނބުރި ގައުމަށް ދިއުމުން، އެ ޓީމަށް މަރުޙަބާ ކިޔުމަށް ގާތްގަނޑަކަށް ދެ މިލިއަނެއްހާ މީހުން ސްޕެއިންގެ ވެރިރަށް މެޑްރިޑްގެ މަގުތަކަށް އެއްވެއްޖެއެވެ. ނިއު ޖާޒީގައި ކުޅުނު ފައިނަލް މެޗުގައި އާޖެންޓީނާ 1-0 އިން ބަލިކޮށް ތަށި ހޯދުމަށްފަހު، ހޯމަ ދުވަހު ޓީމު މެޑްރިޑަށް ދިއުމުން އެންމެ ފުރަތަމަ ބައްދަލުކުރީ އެ ގައުމުގެ ޝާހީ އާއިލާއާއެވެ. އޭގެ ފަހުން ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްއާ ބައްދަލުކުރެއްވިއެވެ. ބޮޑުވަޒީރު ވަނީ ޓީމުގެ […]

ފީފާ ރޭންކިންގެ އެއްވަނަ އަށް ސްޕޭން، އެންމެ ފާހަގަކޮށްލެވޭ ކުރިއެރުމެއް މޮރޮކޯ އަށް
Sports

ފީފާ ރޭންކިންގެ އެއްވަނަ އަށް ސްޕޭން، އެންމެ ފާހަގަކޮށްލެވޭ ކުރިއެރުމެއް މޮރޮކޯ އަށް

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށްފަހު އަލަށް އާންމުކުރި ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގެ އެއްވަނަ މަގާމު، މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސްޕެއިނުން ކަށަވަރުކޮށްފިއެވެ. މިއީ މިއަހަރުގެ ޖެނުއަރީ މަހަށްފަހު ސްޕެއިން ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރެވެ. ވޯލްޑް ކަޕް ފައިނަލުގައި އިތުރު ވަގުތު ކުޅެގެން 1-0 އިން އާޖެންޓީނާ ބަލިކޮށް ސްޕެއިނުން ތަށި އުފުލާލުމާ ގުޅިގެން، ކުރިން އެއްވަނައިގައި އޮތް އާޖެންޓީނާ ވަނީ ދެވަނައަށް ސޮއްސާލައިފައެވެ. ރޭންކިންގެ ތިންވަނަ އަދި ހަތަރުވަނައިގައި އެއްވެސް ބަ...

''ސްޕޭންގެ ކާމިޔާބީ މުޅި ރާއްޖޭގައި އުފަލާއެކު ފާހަގަކުރޭ''، ރައީސް މުޢިއްޒުގެ ތަހުނިޔާ
Raajje

''ސްޕޭންގެ ކާމިޔާބީ މުޅި ރާއްޖޭގައި އުފަލާއެކު ފާހަގަކުރޭ''، ރައީސް މުޢިއްޒުގެ ތަހުނިޔާ

ފީފާ ވަރލްޑް ކަޕް 2026 ގެ ތަށި ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމުން ކާމިޔާބުކުރުމާ ގުޅިގެން، އެ ޤައުމުގެ ވެރިންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. މި ކާމިޔާބީ ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްޕެއިންގެ ރަސްގެފާނު ހިޒް މެޖަސްޓީ ފެލީޕޭ 6 ވަނައަށާއި، ސްޕެއިންގެ ބޮޑުވަޒީރު ހިޒް އެކްސެލަންސީ ޕޭދްރޯ ސަންޗެޘް ޕެރޭޘް-ކަސްތޭޚޯނަށް ވަކިވަކިން ތަހުނިޔާގެ މެސެޖު ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސްޕެއިންގެ ޓީމުން ހޯދި މި ބޮޑު ކާމިޔާބީއަކީ އެ ޓީމުގެ ކުޅުންތ...

ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ސްޕޭން ޓީމު ތަށި ހިފައިގެން އެނބުރި ގައުމަށް، ހޫނު މަރުޙަބާއެއް
Sports

ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ސްޕޭން ޓީމު ތަށި ހިފައިގެން އެނބުރި ގައުމަށް، ހޫނު މަރުޙަބާއެއް

ފޯރިގަދަ ކުޅުމަކަށްފަހު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިންގެ ފިރިހެން ފުޓްބޯޅަ ޓީމު އެނބުރި ގައުމަށް އައުމުން، އެ ގައުމުގެ ރަސްކަމުގެ އާއިލާއާއި އާންމު ރައްޔިތުންގެ ފަރާތުން ކުލަގަދަ މަރުޙަބާއެއް ކިޔައިފިއެވެ. ހޯމަ ދުވަހު ސްޕެއިންގެ 26 ކުޅުންތެރިންގެ ސްކޮޑް މެޑްރިޑަށް އައުމުން، އެންމެ ފުރަތަމަ މަރުޙަބާ ދެންނެވީ ރަސްކަމުގެ އާއިލާގެ ބޭފުޅުންނެވެ. އޭގެ ފަހުން ޓީމުގެ ކުޅުންތެރިން ވަނީ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްއާ ބައްދަލުކުރައްވާފައެވެ. މި ކާމިޔާބީ ފާހަގަކުރުމަށްޓަކައި، މަތި ހާމައަށް ހުރި ބަހެއް...

ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕޭނަށް 51 މިލިއަން ޑޮލަރުގެ އިނާމެއް
Sports

ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕޭނަށް 51 މިލިއަން ޑޮލަރުގެ އިނާމެއް

ފީފާ ވޯލްޑް ކަޕް 2026 ކާމިޔާބުކުރާ ގައުމަކަށް، އިނާމު ފައިސާގެ ގޮތުގައި 51 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ފީފާއިން ނިންމާފައިވާއިރު، މިއީ މުބާރާތުގެ ތާރީޚުގައި ވެސް ޗެމްޕިއަން ޓީމަށް ދޭ އެންމެ ބޮޑު އިނާމެވެ. ފޯރި ގަދަ މި މުބާރާތުގެ ތަށި ސްޕޭނުން އުފުލާލާފައިވާއިރު 51 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން ފުރަތަމަ ފަހަރަށް ‘ޗެމްޕިއަންޝިޕް ރިންގް’ ވެސް ވަނީ ދީފައެވެ. މުބާރާތުގެ ދެވަނަ ހޯދާ ޓީމަށް (އާޖެންޓީނާ) 34 މިލިއަން ޑޮލަރު ލިބޭއިރު، ތިންވަނަ ޓީމަށް […]

އެމްބާޕޭއަށް ގައުމީ ޓީމުން ލިބޭ ފައިސާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ހަދިޔާކުރަނީ
Sports

އެމްބާޕޭއަށް ގައުމީ ޓީމުން ލިބޭ ފައިސާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ހަދިޔާކުރަނީ

ފަރަންސޭސިވިލާތުގެ ތަރި ކީލިއަން އެމްބާޕޭ، އެ ގައުމުގެ ގައުމީ ޓީމަށް ކުޅެގެން އޭނާއަށް ލިބޭ މެޗު ފީ އާއި ބޮޑެތި ބޯނަސްތައް އަމިއްލަ ބޭނުމަށް ބޭނުންކުރުމުގެ ބަދަލުގައި، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ހަދިޔާކުރަން ނިންމައިފިއެވެ. ރިޕޯޓްތައް ބުނާގޮތުގައި އެމްބާޕޭ މި ނިންމުން ނިންމާފައިވަނީ ގައުމީ ޓީމަށް ކުޅުމަކީ ޝަރަފެއްގެ ގޮތުގައި ދެކޭތީއާއި، ގައުމަށްޓަކައި ކުރާ މަސައްކަތުން މާލީ މަންފާއެއް ހޯދުމަކީ އޭނާ ބޭނުންވާ ގޮތް ކަމަށް ނުވާތީއެވެ. ރިޕޯޓްތައް ބުނާގޮތުން، ބައިނަލްއަގުވާމީ ފުޓްބޯޅަ...

އާޖެންޓީނާ ކުޅުންތެރިން ސްޕޭން ކުޅުންތެރިންނަށް ހަމަލާދީ ބޮޑު މާރާމާރީއެއް ހިންގައިފި
Sports

އާޖެންޓީނާ ކުޅުންތެރިން ސްޕޭން ކުޅުންތެރިންނަށް ހަމަލާދީ ބޮޑު މާރާމާރީއެއް ހިންގައިފި

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗަށްފަހު، އާޖެންޓީނާގެ ކުޅުންތެރިން ސްޕޭންގެ ކުޅުންތެރިންނާ މާރާމާރީ ހިންގައި ދަނޑުމަތީގައި ބޮޑު ހަމަނުޖެހުމެއް ހިނގައިފިއެވެ. އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ ފައިނަލް މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތަށި އުފުލާލީ ސްޕޭންއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުނީ އިތުރު ވަގުތު ކުޅެގެންނެވެ. ސްޕޭންގެ ހަމައެކަނި ލަނޑު 106 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭޒްއެވެ. މެޗު...