ވިލާއިން ލަންކާ އަށް އެހީވުމަށް އެއްލައްކަ ޑޮލަރު ހަދިޔާކޮށްފި
ސްރީލަންކާއަށް ކުރިމަތިވި މޫސުމީ ކާރިސާއިން ލިބުނު ގެއްލުންތަކަށް އެހީވުމުގެ ގޮތުން، ރާއްޖޭގެ ވިލާ ގްރޫޕްގެ ފަރާތުން އެއްލައްކަ އެމެރިކާ ޑޮލަރު (100,000 ޑޮލަރު) ހަދިޔާކޮށްފިއެވެ. މި އެހީއާއި ގުޅިގެން ވިލާ ގްރޫޕްގެ ފަރާތުން މިއަދު ބުނެފައިވާ ގޮތުގައި، އެ ގްރޫޕްގެ ފަރާތުން، ސްރީ ލަންކާގެ ގުދުރަތީ ކާރިސާއާ ގުޅިގެން ކުރިއަށްގެންދާ އެހީތެރިކަމުގެ މަސައްކަތްތަކަށް 100,000 އެމެރިކާ ޑޮލަރު ވަނީ ހަދިޔާކޮށްފިއެވެ. މި އެހީއަކީ، ސްރީލަންކާއަށް ކުރި ވިއްސާރަ އާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ދިމާވ...