Raajje
20 އަހަރުގެ މާސްޓަޕްލޭނަށް މަޝްވަރާ އާއި ހިޔާލު ހޯދުމަށް ހުރިހާ ރަށަކަށް
ރާއްޖެ ތަރައްގީކުރުމަށް ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ މާސްޓަޕްލޭނަށް މަޝްވަރާ އާއި ހިޔާލު ހޯދުމަށް ރަށްރަށަށް ކުރާ ދަތުރުތައް މިއަދު ފަށައިފި އެވެ. ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި “ވިލުންތެރި ރާއްޖެ” ޓީމުގެ، ފުރަތަމަ މަންޒިލަކީ ކ. ގުރައިދޫ އެވެ. މިދަތުރުގައި، ގުރައިދޫގެ ކައުންސިލާއި ރައްޔިތުންނާ ބައްދަލުކޮށް، ގައުމުގެ ކުރިމަގާއި އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ...