އަޔާދީ ތަކާފުލްގެ ކަސްޓަމަރުން ސަރޕްލަސްއަށް އެދި ހުށައެޅުމަށް ހުޅުވާލައިފި
އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން 2021ވަނަ އަހަރުގެ ސަރޕްލަސް ބެހުމަށް ކަނޑައަޅާ، ސަރޕްލަސް ލިބުމަށް ޝަރުތު ހަމަވާ ބައިވެރިން އެކަމަށް އެދި ހުށަޅައެޅުމަށް ހުޅުވާލައިފިއެވެ. ތަކާފުލް ފަންޑުގެ ޖުމްލަ ފައިދާއަށް ބެލުމަށްފަހު، 2021 ވަނަ އަހަރުގެ ސަރޕްލަސް ބަހަން އެލައިޑް އިންޝުއަރަންގެ ބޯޑުން ނިންމާ އެކަން އިއުލާނުކޮށްފައި ވަނީ 22 ނޮވެމްބަރު 2023 ގައެވެ. ސަރޕްލަސް ބެހުމަކީ ކޮބާ؟ އަޔާދީ ތަކާފުލްއިން ފޯރުކޮށްދޭ ޖެނެރަލް ތަކާފުލް ބިނާވެގެންވަނީ ޝަރީޢާ ހުއްދަކުރާ...