ދިވެހި ސަރުކާރާ ދެކޮޅަށް ނިއު ދެއްލީ ހައިކޯޓަށް އާބިޓްރޭޝަން މައްސަލައެއް
ލަކީ އެކްސްޕޯޓްއިން ދިވެހި ސަރުކާރާ ދެކޮޅަށް އިންޑިއާގެ ނިއު ދެއްލީ ހައިކޯޓަށް ވަގުތީ އަމުރެއް ހޯދުމަށް ދިވެހި ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަން މައްސަލައެއް ހުށަހަޅައިފިއެވެ. އެޓަރނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޅ. ނައިފަރުގައި ފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމްކުރުމަށާއި ތ. ވޭމަންޑޫގައި ނަރުދަމާގެ ނިޒާމެއް ޤާއިމްކުރުމަށް އެމް/ އެސް ލަކީ އެކްސްޕޯޓްސް – ޓްރިވެނި ޖޮއިންޓް ވެންޗަރ (ލަކީ އެކްސްޕޯޓްސް) އާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އަދި މިނިސްޓްރީ އޮފް ނޭޝަނަލް...