އެސްޓީއޯ ކާޑު އެޖެންޓުންނަށް މިހާރު އީ- ސްޓޯރ މެދުވެރިކޮށް ކާޑުގެ ބާވަތްތަކަށް އޯޑަރު ކުރެވޭނެ!
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ކާޑު އެޖެންޓުންނަށް މިހާރު އީ-ސްޓޯރ މެދުވެރިކޯށް ކާޑުގެ ބާވަތްތަކަށް އޯޑަރު ކުރެވޭނެކަމަށް އެސްޓީއޯއިން ބުނެފިއެވެ. މިގޮތަށް ހަމަޖެއްސުމާއި ގުޅިގެން އެ ކުންފުނީގެ ކާޑު އެޖެންޓުންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. މާލެއެކޭ އެއް އަގެއްގައި ރަށްރަށަށްވެސް ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެސްޓީއޯގެ ކާޑު އެޖެންޓުން ތިބޭ ކަމަށް އެކުންފުނިން ބުނެއެވެ. އަދި އެ ކުންފުނިން ދަނީ ރައްޔިތުންނަށް ދަތިނުވާނެހެ...