Skip to main content
Topic Archive

#އެސްޓީއޯ

357 Stories filed
ކުޅުދުއްފުށީގެ އިތުރުން ހއ. އަތޮޅުގެ ތިން ރަށަކަށް އެމްބިއުލާންސް ފޮނުވަނީ
Raajje

ކުޅުދުއްފުށީގެ އިތުރުން ހއ. އަތޮޅުގެ ތިން ރަށަކަށް އެމްބިއުލާންސް ފޮނުވަނީ

ކުޅުދުއްފުށީ ސިޓީއާއި، ހއ. އަތޮޅުގެ ތިން ރަށެއް ހިމެނޭހެން 15 ރަށަކަށް އެމްބިއުލާންސް ފޮނުވަން ތައްޔާރުވަމުން އަންނަކަމަށް ހެލްތް މިނިސްޓްރީން ހާމަކޮށްފި އެވެ. އަތޮޅު ތެރޭގެ ރަށްތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގެންނަން ސަރުކާރުން ހަވާލު ކުރީ އެސްޓީއޯއާއެވެ. އެކަމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އަދި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކުރީ މިިދިޔަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. މިފަހަރު ރަށްތަކަށް ފޮނުވަން ތައްޔާރުވަމުން ދަނީ އެމްބިއުލާންސްތަކުގެ ތިން ވަނަ ބެޗެވެ....

ދުނިޔޭގެ ބާޒާރުގައި ތެލުގެ އުފުލި، އެސްޓީއޯއިން ވިއްކާ ތެލުގެ އަގުވެސް އުފުލިއްޖެ
Business

ދުނިޔޭގެ ބާޒާރުގައި ތެލުގެ އުފުލި، އެސްޓީއޯއިން ވިއްކާ ތެލުގެ އަގުވެސް އުފުލިއްޖެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހިފެހެއްޓުމެއްނެތި އުފުލެމުންދާތީ އެސްޓީއޯއިން ވިއްކާ ތެލުގެ އަގުވެސް ބޮޑުކޮށްފިއެވެ. އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން، އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގުވެސް އެތައް ގުނައެއް އުފުލިފައިވާ ކަމަށެވެ. އެ ކުންފުނިން ގެންނަ ބަދަލާއެކު މާދަމާއި ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ ސްޓޭޝަންތަކުން ޕެޓްރޯލް ލީޓަރެއް ލިބޭނީ 12.98ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ލިބޭނީ 13.04 ރ. އަށެވެ. […]

އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފި، 40 އިންސައްތައާ ހަމައަށް ޑިސްކައުންޓް
Business

އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފި، 40 އިންސައްތައާ ހަމައަށް ޑިސްކައުންޓް

އެސްޓީއޯއިން ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ފަށާ ރަމަޒާން ބާޒާރު މިއަހަރުވެސް ފަށައިފިއެވެ. އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ސޭލް ފައްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ. ސޭލް ފެށުމުގެ ގޮތުން އަމްރު ވަނީ ކަރައެއް ފަޅުއްވާފައެވެ. އަންނަ އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ސޭލް ކުރިއަށްދާނީ ހޯމް އިމްޕްރޫވްމަންޓާއި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުގައެވެ. އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ލިބެން ހުންނަ ތަކެތިން 40 އިންސައް...

ނޭވާ 2 ގެ ކޯ ސްޕޮންސަރަކަށް އެސްޓީއޯ
Business

ނޭވާ 2 ގެ ކޯ ސްޕޮންސަރަކަށް އެސްޓީއޯ

ރެކޯޑެއް ހެދުމަށް ބާއްވާ، ނޭވާ 2 ގެ ކޯ ސްޕޮންސަރަކަަށް އެސްޓީއޯ ހަމަޖައްސައިފިއެވެ. މިއީ ރާއްޖޭގެ ފުރަތަމަ ލޯކަލް ޑައިވިންސްކޫލް ކަމަށްވާ ފްރީ ޑައިވް މޯލްޑިވްސްއިން, މޫދު އަޑީގައި ނޭވާ ހިފެހެއްޓުމުގެ ދުނިޔޭގެ ރެކޯޑެއް ހެދުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. އެގޮތުން، އެންމެ ގިނަ މީހުން އެއްފަހަރާ ސްޓެޓިކް އެޕްނިއާގެ ރެކޯޑެއް ހެދުމަށް މި ހަރަކާތުގައި މަސައްކަތް ކުރާނެއެވެ. ސްޓެޓިކް އެޕްނިއާއަކީ ނުފީނާ، މޫދު އަޑީގައި ނޭވާ ހިފަހައްޓައިގެން އޮންނަ އުކުޅަށް ކިޔާ ނަމެވެ. އެ ހަރަކާތުގެ […]

އެސްޓީއޯއިން އިތުރު 15 އެމްބިއުލާންސް ގެނެސްފި
Business

އެސްޓީއޯއިން އިތުރު 15 އެމްބިއުލާންސް ގެނެސްފި

ރަށްތަކަށް ފޮނުވަން ނިންމާފައިވާ އެމްބިއުލާންސްތަކުގެ ތެރެއިން އިތުރު 15 އެމްބިއުލާންސް އެސްޓީއޯއިން މިއަދު ރާއްޖެ ގެނެސްފިއެވެ. އަތޮޅު ތެރޭގެ ރަށްތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގެންނަން ސަރުކާރިން ހަވާލު ކުރީ އެސްޓީއޯއާއެވެ. އެކަމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އަދި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކުރީ މިިދިޔަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. އެސްޓިއޯއިން ބުނީ އެމްބިއުލާންސްތައް މިހާރު މާލެ ގެނެސްފައިވާއިރު ވަރަށް އަވަހަށް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާ...

އެސްޓީއޯއިން ކޮމަންޑޫ ސިއްހީ މަރުކަޒަށް ކުލައާއި ދަވާދު ހަދިޔާކޮށްފި
Thiladhunmathi News

އެސްޓީއޯއިން ކޮމަންޑޫ ސިއްހީ މަރުކަޒަށް ކުލައާއި ދަވާދު ހަދިޔާކޮށްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ގެ ސީީއެސްއާރު ގެ ދަށުން ށ. ކޮމަންޑޫ ސިއްޙީ މަރުކަޒަށް ކުލައާއި ދަވާދު ހަދިޔާކޮށްފިއެވެ. އެ މަރުކަޒުން “ތިލަދުން” އަށް މައުލޫމާތު ދީފައިވާ ގޮތުގައި އެމަރުކަޒުގެ އެތެރެއާއި ބޭރުގެ ކުލަ އައު ކުރުމަށް ބޭނުންވާ ކުލައާއި ދޮރުތަކާއި ދޮރުފަތްތަކުގައި ލުމަށް ބޭނުންވާ ދަވާދު އިއްޔެ އެމަރުކަޒަށް ވަނީ ލިބިފައެވެ. އެގޮތުން އަންނަ މާރޗް މަސް ތެރޭގައި ކުލަ ލުމުގެ މަސައްކަތް އެއްކޮށް ނިމިގެންދާނެ ކަމަށްވެސް އެ މަރުކަޒުން ވަނީ ބުނެފައެވެ. އެސްޓީއޯއާއި އާއި […]

އެސްޓީއޯގެ ޑިޖިޓަލް ބޭންކަށް ކިޔަނީ އިވޯލްވް
Business

އެސްޓީއޯގެ ޑިޖިޓަލް ބޭންކަށް ކިޔަނީ އިވޯލްވް

ރާއްޖެއަށް ޑިޖިޓަލް ބޭންކިން ތައާރަފުކުރަން އެސްޓީއޯއިން ފަށާ ބޭންކަށް ކިޔާނީ “އިވޯލްވް” ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ. ރޭ ޑިޖިޓަލް ބޭންކުގެ ނަން ހިއްސާކުރައްވަމުން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޭންކު ހިންގުމުގެ ހުއްދަ އެމްއެމްއޭއިން ވީހާވެސް އަވަހަށް ލިބިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެ ކުންފުނިން މި ހުއްދައަށް އެދިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެސްޓީއޯއިން މަސައްކަތް ކުރަމުން ދަނީ މި އަހަރުގެ [...

އެސްޓީއޯގެ ތާރީޚުގައިވެސް އެންމެ ބޮޑު ފައިދާ، އާމްދަނީ ދިހަ ބިލިއަނުން މަތީގައި
Business

އެސްޓީއޯގެ ތާރީޚުގައިވެސް އެންމެ ބޮޑު ފައިދާ، އާމްދަނީ ދިހަ ބިލިއަނުން މަތީގައި

އެސްޓީއޯއަށް މިދިޔަ އަހަރު 10 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިއްޖެއެވެ. މިއީ 2020 ވަނަ އަހަރާ އަޅާ ބަލާއިރު 41 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު ކުއާޓަރަކަށްފަހު ކުއާޓަރެއް އާމްދަނީ ވަނީ އިތުރުވެފައެވެ. އެސްޓީއޯގެ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގެ ރިޕޯޓު ދައްކާ ގޮތުން އަހަރު ނިމުނު އިރު ތެލުގެ އާމްދަނީގެ ގޮތުގައި ހަތް ބިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބުނެވެ. އަދި އެހެނިހެން ވިޔަފާރިތަކިން ތިން ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެސްޓީއޯއިން ބުނި […]

އެސްޓީއޯއަށް އޭސީސީއޭ އެމްޕްލޯޔާ ސްޓޭޓަސް ލިބިއްޖެ
Business

އެސްޓީއޯއަށް އޭސީސީއޭ އެމްޕްލޯޔާ ސްޓޭޓަސް ލިބިއްޖެ

އޭސީސީއޭ ގަބޫލުކުރާ އެމްޕްލޯޔާ ސްޓޭޓަސް، އެސްޓީއޯ އަށް ލިބިއްޖެއެވެ. އެސްޓީއޯ އިން ބުނީ މި ސްޓޭޓަސް އެކުންފުންޏަށް ލިބުނީ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ލެވަލް އާއި ޓްރެއިނީ ޑިވެލޮޕްމެންޓްގެ ޕްލެޓިނަމް ލެވެލްގައި ކަމަށެވެ. ދަރިވަރުންނާއި، އެފިލިއޭޓުންނާއި އަދި މެންބަރުން ވަޒީފާތަކަށް ހޯދާ، ތަމްރީންކޮށް، ބޭތިއްބުމުގައި އޭސީސީއޭ ގަބޫލުކުރާ އެމްޕްލޯޔާ ސްކީމް މުހިއްމު ދައުރެއް އަދާކުރެއެވެ. އޭސީސީއޭގެ ސްޓޭޓަސް ލިބުމަކީ އެސްޓީއޯގައި ވަޒީފާ އަދާކުރާ އޭސީސީއޭ ދަރިވަރުންނާއި އެފިލިއޭޓުންނަށް ކުންފުނިން ފޯރ...

ތެލުގެ އަގަށް ބަދަލު ގެނެސްފި
Business

ތެލުގެ އަގަށް ބަދަލު ގެނެސްފި

އެސްޓީއޯއިން ރާއްޖޭގައި ވިއްކަމުން އަންނަ ތެލުގެ އަގަށް ބަދަލު ގެނެސްފި އެވެ. އެސްޓީއޯއިން މިރޭ ބުނެފައިވަނީ މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރީ ފާއިތުވި 7 އަހަރު ތެލުގެ އަގު ބޮޑުނުވާ މިންވަރަށް ބޮޑުވެފައިކަމަށެވެ. މިހެންވުމުން، އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގުވެސް ވަނީ ވަރަށް ބޮޑުވެފައިވާކަމަށް ބުނެފައި ވެއެވެ. މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަން ތަކުން ތެޔޮ ލިބޭނެ އަގުތަކަކީ ޕެޓްރޯލް ލީޓަރެއް 12.06 ރ. އަށް އަދި ޑީސަލް […]

އެސްޓީއޯއިން ޒުވާނުން ތަމްރީން ކުރަން ފުރުސަތު ހުޅުވާލައިފި
Business

އެސްޓީއޯއިން ޒުވާނުން ތަމްރީން ކުރަން ފުރުސަތު ހުޅުވާލައިފި

ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން ތަމްރީނުވުމުގެ ފުރުސަތުތަކެއް ހުޅުވައިލައިފިއެވެ. މިއީ ޔޫތު މިނިސްޓްރީއިން ކުރިއަށްގެންދާ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ހުޅުވައިލައިފައިވާ ތަމްރީނުގެ ފުރުސަތުތަކެކެވެ. އެސްޓީއޯއިން ވަނީ ހަ ދާއިރާއަކުން 26 މީހުންނަށް ފުރުސަތު ހުޅުވާލައިފައެވެ. އެއީ އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓަނެންސް އާއި އޮޓޮމޯޓިވް މެއިންޓަނަންސާއި ރީ...

އެސްޓީއޯއިން އެދެނީ އޮންލައިންކޮށް ވިޔަފާރި ކުރަން
Business

އެސްޓީއޯއިން އެދެނީ އޮންލައިންކޮށް ވިޔަފާރި ކުރަން

އޮންލައިންކޮށް ވިޔަފާރި ކުރަން އެސްޓީއޯއިން އެދިއްޖެއެވެ. އެސްޓީއޯއިން މިހެން އެދުނީ ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް އަނެއްކާވެސް އިތުރުވަމުންދާތީއެވެ. އޮންލައިންކޮށް ވިޔަފާރި ކުރުމުން ގޭގައި ތިބެގެން އެއްވެސް ބަޔަކާ ބައްދަލު ނުވެ ވިޔަފާރި ކުރެވޭނެއެވެ. އެސްޓީއޯއިން ވަނީ 2020 ވަނަ އަހަރު ކޯވިޑާ ގުޅިގެން ރައްކާތެރިކަމާއެކު ވިަޔފާރި ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް އޮންލައިން ފިހާރައެއް ހުޅުވާފައެވެ. އެސްޓީއޯ އީ ސްޓޯރުން އެ ކުންފުނީގެ ސުޕަމާޓުންނާއި ހޯމް އިމްޕްރޫވްމަންޓުން ލިބެން ހުންނަ ސާމާނާއ...

އެސްޓީއޯއިން ޔޫތު މިނިސްޓްރީ އާއި ގުޅިގެން 6 ދާއިރާއަކުން މީހުން ތަމްރީނުކުރަނީ
Business

އެސްޓީއޯއިން ޔޫތު މިނިސްޓްރީ އާއި ގުޅިގެން 6 ދާއިރާއަކުން މީހުން ތަމްރީނުކުރަނީ

ޔޫތު މިނިސްޓްރީން ކުރިއަށްގެންދާ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި އެސްޓީއޯ އިން ބައިވެރިވެއްޖެއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޕީޕަލްސް އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މަރިޔަމް ނުޒްލާއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ސްޓޭޓް މިނިސްޓަރ އޮފް ޔޫތް މުހައްމަދު ނާސިހު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މިއީ މަސައ...

އެސްޓީއޯ ހޯލްސޭލް ސެންޓަރު ބަދަލު ކުރަނީ
Business

އެސްޓީއޯ ހޯލްސޭލް ސެންޓަރު ބަދަލު ކުރަނީ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެ ކުންފުނީގެ ހޯލްސޭލް ސެންޓަރު ބަދަލު ކުރަން ނިންމައިފިއެވެ. ހޯލްސޭލް ސެންޓަރު މިހާރު ހުންނަނީ އެސްޓީއޯ ސުޕަމާޓު އިމާރާތުގެ ފަހަތުގައެވެ. މި ސެންޓަރު ބަދަލު ކުރަނީ އެސްޓީއޯގެ އެގްރިސެންޓަރަށެވެ. އެސްޓީއޯއިން ބުނި ގޮތުގައި މި ބަދަލު ގެންނާނީ މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން ކަމަށެވެ. މި ބަދަލު ގެނައި ނަމަވެސް އެގްރިސެންޓަރުން ދެމުން އަންނަ ހިދުމަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން އެސްޓީއޯއިން ދެއެވެ. އެގްރިސެންޓަރަކީ ރާއްޖޭގެ […]

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އޭޖެންޓަކަށް ވާން ހުޅުވާލައިފި
Business

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އޭޖެންޓަކަށް ވާން ހުޅުވާލައިފި

އެސްޓީއޯ އިން ވިއްކާ ޕީޕަލްސް ޗޮއިސްގެ ބްރޭންޑުތައް ރާއްޖޭގެ ރަށްރަށުގައި ވިއްކުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއަދު ހުޅުވާލި މި ފުރުސަތު ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލާފައިވާއިރު އެސްޓީއޯއިން އަބަދުވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ވަރަށް މުހިންމު އިސްކަމެއް ދެއެވެ. އެސްޓީއޯއިން ބުނި ގޮތުގައި އެ ކުންފުނިން ބޭނުންވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފަސޭހަކަމާއެކީގައި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުން ކަމ...