ސިޓީ ކައުންސިލްގެ އަގުތައް އާދަޔާ ޚިލާފަށް ބޮޑު، މަޝްވަރާކުރަން ތައްޔާރު: ޝަރީފް
މާލޭ ސިޓީ ކައުންސިލާއެކު މަޝްވަރާކުރަން ތައްޔާރު ކަމަށާއި ދެބައެއްގެ އަރާރުމާއި ހެދި އާއްމުންނަށް އުނދަގޫ ވެގެން ނުވާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެމްޑަބްލިއުއެސްސީ، އުރީދޫ، މީޑިއާ ނެޓް، އާރްއޯއެލް އަދި ސްޓެލްކޯ އިން އެ އޮތޯރިޓީ އާއެކު ބޭއްވި މަޝްވަރާގައެވެ. މި ބައްދަލުކުރުމުގައި ޝަރީފް ވިދާޅުވީ އާންމުން އެއަށް އަމަލުކުރަން ލާޒިމުކުރާ އުސޫލެއް ކައުންސިލަކުން ހެދޭނީ އެލްޖީއޭ އާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އެހެންނަމަވެސް މިކަމުގ...